logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ރައްޔިތުންނަށް ޚިދުމަތް ކުރުން މިންކުރަންޖެހޭނީ ހަމައެކަނި ލިބޭ ކާމިޔާބީއަކުން ނޫން: ޑރ. މުއްތަލިބް

މުޙައްމަދު އަފްރާޙް
5 އޭޕްރީލު 2026 - 06:09
ރައްޔިތުންނަށް ޚިދުމަތް ކުރުން މިންކުރަންޖެހޭނީ ހަމައެކަނި ލިބޭ ކާމިޔާބީއަކުން ނޫން: ޑރ. މުއްތަލިބް

ރައްޔިތުންނަށް ޚިދުމަތް ކުރުން މިންކުރަންޖެހޭނީ ހަމައެކަނި ލިބޭ ކާމިޔާބީއަކުން ނޫން ކަަމަށް ހައުސިންގ މިނސްޓަރ ޑރ. ޢަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ މާރޗު 4 ވީ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގެ ނަތީޖާއަށް އިޝާރާތްކުރައްވާ ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ޕޯސްޓުގައި ވިދާޅުވީ ޑިމޮކްރަސީގެ މަގަކީ ސީދާ އެއްކޮޅަށް ދަތުރުކުރާ އަދި އަބަދު އެއްކޮޅަކަށް ވައިޖެހޭނެ މަގެއް ނޫން ކަމަށެވެ. އަދި ބައެއް ފަހަރު ރައްޔިތުން ތިމާގެ ފަހަތުގައި ތިބެ، ވަޔާ އެއްކޮޅަށް ދާން ހިތްވަރުދޭނެ ކަމަށާއި، އަނެއްބައި ފަހަރު ކުރިމަތިން ހުރަސްއަޅައި ވަޔާ ދެކޮޅަށް ދަތުރުކުރަންވެސް ރައްޔިތުން އަންގާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން ކޮންމެ ނަތީޖާއަކީ ނިމުމެއް ނޫންކަމަށާއި ކާމިޔާބީ ލިބުމުން އެކަމާމެދު ހިތްތިރިކުރަން ޖެހޭނެ ކަމަށް ވެސް މިނިސްޓަރު މުއްޠަލިބު ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ޚިދުމަތް ކުރުން މިންކުރަންޖެހޭނީ ހަމައެކަނި ލިބޭ ކާމިޔާބީއަކުން ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރ މުއްތަލިބް ވިދާޅުވީ އެއީ ސާބިތުކަމާއެކު ކަންކަން އިސްލާޙުކޮށް ރައްޔިތުންގެ އިތުބާރު ހޯދަން ކުރާ މަސައްކަތުން މިންކުރެވޭނެ ކަމެއްކަމަށެވެ. ޑިމޮކްރަސީގައި ރައްޔިތުންގެ ކޮންމެ ނިންމުމަކަށްވެސް އިޙްތިރާމްކުރަންޖެހޭނެކަން ވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނަށް ޚިދުމަތްކުރަން ނުކުމެ ހުންނަ ކޮންމެ މީހަކީވެސް ރައްޔިތުންގެ ނިންމުމުން ފިލާވަޅު ލިބިގަނެ، އަބުރުވެރިކަމާއެކު ކުރިއަށްދާން ހިތްވަރުކުރާ މީހަކަށް ވާންޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ތާރީޚަކީ އެންމެ ދުވަހަކުން ލިޔެވޭ އެއްޗެއް ނޫންކަމަށާއި އެ ލިޔެވެނީ ބައިބަޔަށްކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ ޚިދުމަތްކުރުމުގައި ތެދުވެރި މަޤްޞަދެއް އޮތް މީހަކު ތާރީޚުގެ ޞަފްޙާތަކުގެ ދޭތެރެއިން ދުވަހަކުވެސް ގެއްލިގެން ނުދާނެކަމަށް މިނިސްޓަރު މުއްޠަލިބު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައްޔިތުންނަށް ޚިދުމަތް ކުރުން މިންކުރަންޖެހޭނީ ހަމައެކަނި ލިބޭ ކާމިޔާބީއަކުން ނޫން: ޑރ. މުއްތަލިބްޚަބަރު | 6 ގަޑިއިރު ކުރިންމި ސަރުކާރަށް ބޯހިޔާވަހިކަމަކީ ސިޔާސީ ކަމެއް ނޫން: ޑރ. މުއްތަލިބްޚަބަރު | 5 ދުވަސް ކުރިންމިއީ ރައްޔިތުންގެ އަޑު އަހާ، އެކަމަށް މަސައްކަތްކޮށް، ޑެލިވަރ ކުރާ ސަރުކާރެއް: މުއްތަލިބުޚަބަރު | 14 ދުވަސް ކުރިންގޯއްޗާއި ފްލެޓަށް އެދި ބޮޑު ތަރުހީބެއް – 3000 އަށްވުރެ ގިނަ ފޯމުޚަބަރު | 2 މަސް ކުރިން