logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންގެ ފުރަތަމަ ފްލައިޓް މޭ 15ގައި

އައިޝަތު ނަޝާ
5 އޭޕްރީލު 2026 - 11:28
މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންގެ ފުރަތަމަ ފްލައިޓް މޭ 15ގައި

ރާއްޖެއިން މިއަހަރު ޙައްޖަށްދާ މީހުން ފުރާ ތާރީޚުތައް ކަނޑައަޅައިފިއެވެ. ރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމަށް 4 ފްލައިޓް ބާއްވައެވެ.

މިދިޔަ އަހަރުން ފަށައިގެން، ރާއްޖެއިން ޙައްޖަށް ދާ މީހުން ގެންދިއުމަށް ނިންމާފައިވަނީ، %50 މީހުން ސައުދީ އަރަބިއްޔާގެ ސައުދިއާ އެއާލައިން އަދި %50 މީހުން ރާއްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓުގައެވެ.

ރާއްޖެއިން ފުރުމަށް ހަމަޖެހިފައިވާ ތާރީޙް ތަކަކީ:

Ad by Hajj Corporation

Ad by Hajj Corporation

ފްލައިޓް 1 - 15 މޭ - 242 މީހުން
ފްލައިޓް 2 - 17 މޭ – 250 މީހުން
ފްލައިޓް 3 - 18 މޭ – 243 މީހުން
ފްލައިޓް 4 - 19 މޭ – 250 މީހުން

މެއި 15 އަދި 18 ގައި ދަތުރުކުރާ މީހުން ދަތުރުކުރާނީ، ސައުދިއާ އެއާލައިންގެ ފްލައިޓުތަކުގައެވެ. އަދި މޭ 17 އަދި 19ވަނަ ދުވަހު ދަތުރުކުރާ މީހުން ކުރާނީ، މޯލްޑިވިއަންގެ ފްލައިޓުގައެވެ.

ރާއްޖެއަށް އެނބުރި އަންނަ ތާރީޚަކީ

ފްލައިޓް 1 - 5 ޖޫން - 242 މީހުން
ފްލައިޓް 2 - 7 ޖޫން – 250 މީހުން
ފްލައިޓް 3 - 8 ޖޫން – 243 މީހުން
ފްލައިޓް 4 - 9 ޖޫން – 250 މީހުން

5 އަދި 8 ޖޫންގައި ދަތުރުކުރާ މީހުން ދަތުރު ކުރާނީ، ސައުދިއާ އެއާލައިންގައެވެ. 7 އަދި 9 ޖޫންގައި ރާއްޖެ އަންނަ މީހުން އަންނާނީ، މޯލްޑިވިއަންގެ ފްލައިޓުގައެވެ. ޙާޖީން ފުރަން ހަމަޖެހިފަވާ ތާރީޚުތައް ޙައްޖު ކޯޕަރޭޝަންއިން އެފަރާތްތަކަށް އަންގަމުންދާނެއެވެ.

ރާއްޖެއިން ޙައްޖަށްގެންދާ ޙައްޖާޖީންގެ %50 ސައުދީ އެއާލައިންގައި ގެންދިއުމަށް އެ އެއާލައިނާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާ ދެމެދު އެއްބަސްވުން ޤާއިމުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، ސަޢުދި ޢަރަބިއްޔާގެ ޖިއްދާގައި ކުރިއަށްދިޔަ ޙައްޖު ކޮންފަރެންސް އެންޑް އެގްޒިބިޝަން 2025ގެ ތެރެއިންނެވެ.

ޙައްޖުގެ ތައްޔާރީތައް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި ޙައްޖު މިޝަން އަދި ކޯޕަރޭޝަން ގުޅިގެން އަންނަނީ، ކުރިއަށް ގެންދަމުންނެވެ. މިއަހަރުގެ އަރަފާތު ދުވަހަކީ، މީލާދީ ތާރީޚުން ބަލާއިރު މޭ މަހުގެ 26ވަނަ ދުވަހެވެ.

ޙައްޖުގެ ފަހުގެ ތައްޔާރީތަކަށް ޙައްޖު މިޝަން ފުރުމަށް ހަމަޖެހިފައިވަނީ، މޭ 4ވަނަ ދުވަހުއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިއަހަރު ރާއްޖެއިން ޙައްޖަށްދާ މީހުންގެ ފުރަތަމަ ފްލައިޓް މޭ 15ގައިޚަބަރު | 4 ގަޑިއިރު ކުރިންހައްޖު ކޯޕަރޭޝަނުން އުމްރާ އަށް ދިޔަ 200 އަށް ވުރެ ގިނަ އުމްރާވެރިން ރާއްޖެ އަތުވެއްޖެޚަބަރު | 8 ދުވަސް ކުރިންއެކި ސަބަބުތަކާހުރެ އުމްރާ އަށް ނުފުރި ތިބި މީހުންނަށް ހާއްސަ އިންތިޒާމުތަކެއް ހައްޖު ކޯޕަރޭޝަނުން ހަމަޖައްސަނީޚަބަރު | މަހެއް ކުރިންގްރޫޕަކަށް ފައިސާ ދެއްކުމަށްފަހު، އުމްރާ އަށް ނުދެވި ތިބި ބަޔަކަށް ހައްޖު ކޯޕަރޭޝަންގެ އެހީތެރިކަންޚަބަރު | މަހެއް ކުރިން