logo
ސަފާރީއެއްގައި އަލިފާން ރޯވެގެން ސިފައިން ހަރަކާތްތެރިވަނީBank of Maldives

Bank of Maldives

ކުޅިވަރު

ޤައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަނަކަށް ކުޑަކާއްޓޭ

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
11 އޮކްޓޯބަރު 2024 - 10:14
ޤައުމީ ވޮލީބޯޅަ ޓީމުގެ ކެޕްޓަނަކަށް ކުޑަކާއްޓޭ

މި މަހު ފަށާ ކާވާ މެންސް ވޮލީ ބޯޅަ މުބާރާތުގެ ރާއްޖޭގެ ޤައުމީ ޓީމުގެ ކެޕްޓަނަކަށް ހުނަރުވެރި އެތްލީޓް އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ހަމަޖައްސައިފި އެވެ.

ކުޑަ ކާއްޓޭ، ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސައިފައިވަނީ ވޮލީގެ ފިރިހެން ޓީމަށް ޖާޒީ ހަވާލުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ. އެގޮތުން އެ ރަސްމިއްޔާތުގައި އެ ޖާޒީތައް ޓީމާ ހަވާލުކޮށްދެއްވީ ކުޅިވަރާއި ހަށިހެޔޮ ކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއުއެވެ. އަދި އެ ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ސްޕޯޓްސް މުޙައްމަދު ޠަލާލްގެ އިތުރުން، ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުޙައްމަދު ލަތީފް އަދި އިސްވެރިން ވަނީ ބައިވެރިވެވަޑައިގަންނަވައިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

2021 ވަނަ އަހަަރު ވެސް ޤައުމީ ޓީމުގެ ކެޕްޓަންކަން ކުރި ކުޑަ ކާއްޓޭ އަކީ ރާއްޖޭގައި ވޮލީއިން އުފެދުނު އެންމެ ކާމިޔާބު އަދި އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ.

މި ފަހަރުގެ ކާވާ މެންސް ވޮލީ މުބާރާތް އޮންނާނީ މި މަހުގެ 18 އިން 24 ގެ ނިޔަލަށް އުޒްބަކިސްތާނުގައެވެ. އެ މުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރާނީ، ތުރުކެމިނިސްތާން، ތަޖަކިސްތާން، ނޭޕާލް، އަފްޣާނިސްތާން، އަދި މުބާރާތް ބާއްވާ ޤައުމު އުޒްބަކިސްތާންއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހީން ހެއްވާލައި ޤައުމީ އަންހެން ވޮލީ ޓީމު ފައިނަލަށް!ކުޅިވަރު | 5 ގަޑިއިރު ކުރިންތިން މުބާރާތެއްގައި ބައިވެރިވާ ޤައުމީ ވޮލީ ސްކޮޑް އެކުލަވާލައިފިކުޅިވަރު | 2 މަސް ކުރިން23 އަހަރުން ދަށުގެ ވޮލީ ޤައުމީ ޓީމުގެ ކޯޗަކަށް އިރާނުގެ ތަޖުރިބާކާރު ކުޅުންތެރިޔާ ނަޒާރީ އަޝްރަފްކުޅިވަރު | 3 މަސް ކުރިންވީއޭއެމް ކަޕް: ވެމްކޯއިން ފަސްވަނަ ފަހަރަށް ތަށި ހޯދައިފިކުޅިވަރު | 8 މަސް ކުރިން