logo
MPL

MPL

ޚަބަރު

ބޮޑުތަކުރުފާނު މަގުގެ 143 މީޓަރުގެ ސަރަހައްދެއް ޝީޓުޕައިލްކޮށް ނިންމާލައިފި

މަރިޔަމް މާޙީ
6 އޭޕްރީލު 2026 - 05:01
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދަނީ--- ފޮޓޯ: އެމްޓީސީސީ
ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް ކުރިއަށްދަނީ--- ފޮޓޯ: އެމްޓީސީސީ

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން، 143 މީޓަރުގެ ސަރަހައްދެއްގައި ޝީޓްޕައިލްކުރުމުގެ މަސައްކަތް ނިންމާލައިިފި އެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ އެމްޓީސީސީއާ ހަވާލުކޮށްގެންނެވެ. މި މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 22ވަނަ ދުވަހު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަޝްރޫޢުގެ އެންމެ ފަހުގެ އަޕްޑޭޓުތައް ހާމަކޮށް އެކްސްގައި ކުރި ޕޯސްޓެއްގައި އެމްޓީސީސީން ބުނީ، ކީވޯލް ޖެހުމުގެ މަސައްކަތް މި ހަފްތާގެ ތެރޭގައި ފެށިގެންދާނެ ކަމަށާއި އެކަމުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ.

އަދި އެންކަރ ބްލޮކުތައް ހަރުކުރުމާއި، ކެނަލް ޓްރެންޗު ހެދުމުގެ އިތުރުން، ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތްތައް ވެސް ބާރު މިނުގައި ކުރިއަށްްދާކަމަށް އެމްޓީސީސީން ވަނީ ބުނެފަ އެވެ.

މީގެއިތުރުން އެމްޓީސީސީން ބުނީ ބޮޑުތަކުރުފާނުމަގުގެ ޖާގަ ބޮޑު ކުރުމަށް މަގު އިތުރަށް ފުޅާވާނެގޮތަށް މި މަގުގެ މަސައްކަތްތައްް ފަރުމާކޮށްފައިވާކަމަށެވެ.

އަދި، މަގުގައި ޒަމާނީ ފެންވަރަށް ތާރުއަޅައި ތަރައްޤީ ކުރުމާއެކު، އެ ސަރަޙައްދުގައި ފެން ހިންދާ ނިޒާމު ޤާއިމްކުރުމުގެ އިތުރުން ޕޭމަންޓު ހަދައި، ލައިޓް ޖެހުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީ ކުރުމަށް ހަަމަޖެހިފައިވެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިއްދޫ ފުޓްސެލް ދަނޑުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަނީޚަބަރު | 9 ދުވަސް ކުރިންތުލުސްދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތުގެ 23 އިންސައްތަ ނިމިއްޖެ: އެމްޓީސީސީޚަބަރު | 15 ދުވަސް ކުރިންދެ ކުންފުނި އެއްކޮށްލުމުން ފަންނީ މުވައްޒަފުންގެ ފުރިހަމަ ބޭނުން ފެނިގެންދާނެ: މުބީންޚަބަރު | 19 ދުވަސް ކުރިން މާލޭ އުތުރު ފަރާތު ބަނދަރުގައި ޖެޓީތަކުގެ ކޮންކުރިޓުގެ މަސައްކަތް އަންނަ ހަފުތާއަށް ފަށަނީޚަބަރު | 19 ދުވަސް ކުރިން