މާލޭގެ މަގެއްގެ މަތިން އަނގައިން ލޭ އައިސް ހޭނެތިފައި އޮތް ބިދޭސީއަކު ފެނިއްޖެ
6 އޭޕްރީލު 2026 - 15:01

މާލޭގެ މަގެއްގެ މަތީގައި އަނގައިން ލޭ އައިސް، ހަބަރު ހުސްވެފައި އޮތް ބިދޭސީއަކު ފެނިގެން ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މާލޭގެ ހެންވޭރު އަވަށުގައެވެ.

Ad by Hajj Corporation
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، ހެންވޭރު ކަޅުހުރާ މަގުގައި ހުރި ގެއެއްގެ ދޮރުމަތީގައި އަނގައިން ލޭ އައިސް ހަބަރު ހުސްވެފައި އޮތް މީހަކު އޮތް ކަމުގެ މައުލޫމާތު ލިބިފައިވަނީ 2026 އޭޕްރީލް 6 ވާ އާދިއްތަ ދުވަހުގެ އިރުއޮއްސި 18:18 އެހައިކަންހާއިރުއެވެ.
މި ހާދިސާގައި ހަބަރު ހުސްވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެކެވެ.
އެ މީހާ ފެނުމާއެކު، ފުލުހުންގެ އެހީތެރިކަމާއެކު ވަނީ ވަގުތުން އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފަށާފައެވެ.
މި މީހާގެ ހާލަތާ ގުޅޭ އިތުރު ތަފްސީލެއް އަދި ހޮސްޕިޓަލުންނާއި ފުލުހުންގެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް، މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

.jpg&w=3840&q=75)
