އެމްޕީއެލްގެ އެމްޑީ ރިޝްވާން މަޤާމުން ވަކިކޮށްފި
6 އޭޕްރީލު 2026 - 17:21

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް)ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި ބޯޑު މެންބަރުކަމުގެ މަޤާމުން ހ. ހަބަރުގެ، ޑީ.ސީ.ޕީ (ރިޓަޔާރޑް) މުޙައްމަދު ރިޝްވާން އެމަޤާމުން ވަކިކޮށްފިއެވެ.
ސަރުކާރު ކުންފުނިތައް ބަލަހައްޓާ ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ވަނީ، ހުސެއިން ދީދީ މިއަދުން ފެށިގެން މަގާމުން ވަކިކޮށްފައިވާ ކަމަށް ބުނެފައެވެ.

Ad by Hajj Corporation
ރިޝްވާން މަޤާމުން ވަކިކޮށްފައިވަނީ 6 އެޕްރީލް 2026 ގައި އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އިސްތިއުފާ ޤަބޫލު ކުުރުމަށްފަހު މިއަދުގެ ވަގުތެއްގައި ކަމަށް ޕްރަވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން އިން އެކްސްގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މިއަދު ސަރުކާރުގެ އިތުރު މަގާމުތަކުން ވެސް އިސް ބޭފުޅުންތަކެއް ވަކިކޮށްފައިވެއެވެ. އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ނަޖާޙް އާއި، އެގްރޯ ނެޝެނަލް ކޯޕަރޭޝަން ލިމިޓެޑް (އިގްރޯނެޓް)ގެ މެނޭޖިންގ ޑިރެކްޓަރުގެ ހުސެއިން ދީދީ ހިމެނެއެވެ.
މި ބަދަލު ގެނެސްފައިވަނީ ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ކަމަށް ބެލެވެއެވެ. ނަމަވެސް، މަގާމުން ވަކިކުރި ވަކި ޚާއްސަ ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.

.jpg&w=3840&q=75)
