logo
Bank of Maldives

Bank of Maldives

ދުނިޔެ

"ކަންކަން އޮތް ހިސާބާއި، ދެން އަޅާނެ ފިޔަވަޅެއް އެނގޭނީ ހަމައެކަނި ރައީސް ޓްރަމްޕަށް" - ލެވިޓް

މުހައްމަދު މޫސާމުހައްމަދު މޫސާ
7 އޭޕްރީލު 2026 - 20:06
 ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް
ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް

ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް އީރާނަށް ދީފައިވާ މުހުލަތު ހަމަވަމުންދާއިރު، މަސްރަޙު އޮތްގޮތާއި ދެން އަޅުއްވާނެ ފިޔަވަޅެއް އެނގިވަޑައިގަންނަވާނީ ހަމައެކަނި ރައީސް ޑޮނަލްޑް ޓްރަމްޕަށްކަމަށް އެމެރިކާގެ ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓް ވިދާޅުވެއްޖެއެވެ.

ލީވިޓް މިހެން ވިދާޅުވީ، ރައީސް ޓްރަމްޕާއި ނައިބު ރައީސް ޖޭ.ޑީ. ވެންސް ކުރިން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން އިތުރު ތަފްސީލު ހޯދުމަށް މަޝްހޫރު ނޫސް އޭޖެންސީ ބީބީސީން އެދުމުން ދިން ޖަވާބުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅޭގޮތުން ރައީސް ޓްރަމްޕް ކުރިން ވިދާޅުވެފައިވަނީ، ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމާ ބެހޭގޮތުން އީރާނުން އެއްބަސްވުމަކަށް ނައިސްފިނަމަ، "މުޅި ހަޟާރާތެއް މިރޭ ނެތިގެންދާނެ" ކަމަށެވެ. އަދި އެފަދަ ކަމެއް ވާން ބޭނުންފުޅު ނުވި ނަމަވެސް، އެކަން އެގޮތަށް ވުމުގެ ފުރުސަތު ބޮޑު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސް ވެންސް ވިދާޅުވީ، އެމެރިކާގެ އަތުގައި މިހާތަނަށް ބޭނުންކޮށްފައި ނުވާ ވަރުގަދަ ވަސީލަތްތަކެއް އެބަހުރިކަން އީރާނުގެ ސަރުކާރުން ދަންނަންޖެހޭނެ ކަމަށެވެ. އަދި އީރާނުން އެމީހުންގެ އަމަލުތައް އިސްލާހު ނުކޮށްފިނަމަ، އެ ވަސީލަތްތައް ބޭނުންކުރުމުގެ އިޚުތިޔާރު ރައީސަށް އޮންނާނެ ކަމަށާއި، އެމަނިކުފާނު އެގޮތަށް ނިންމަވާނެ ކަމަށްވެސް ވެންސް ވިދާޅުވިއެވެ.

ވެންސްގެ ވާހަކަފުޅަކީ ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމުގެ އިޝާރާތެއް ކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެން ވައިޓް ހައުސްއިން ބުނީ، ވެންސްގެ ވާހަކަފުޅުގައި އެފަދަ އެއްވެސް މާނައެއް ނެތް ކަމަށެވެ.

ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމާ މެދު ގެންގުޅޭ ސިޔާސަތު ސާފުކޮށްދިނުމަށް ބީބީސީން އެދުމުން، ލީވިޓް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، އެމެރިކާއާއެކު އެއްބަސްވުމަކަށް އައުމަށް އީރާނަށް އޮތީ އިރުމަތީ ގަޑިން މިރޭ 8 ޖަހަންދެން ކަމަށެވެ. އަދި މިވަގުތުގެ ހާލަތާއި ރައީސް އަޅުއްވާނެ ފިޔަވަޅެއް އެނގިވަޑައިގަންނަވާނީ ހަމައެކަނި އެމަނިކުފާނަށް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން "ނިމިއްޖެ": ޓްރަމްޕްދުނިޔެ | 3 ދުވަސް ކުރިންޚާމަނާއީގެ ޖަނާޒާގެ ރަސްމިއްޔާތުތައް ފެށުމާއެކު ތެހެރާނަށް އެތައް ހާސް ބަޔަކު ޖަމާވެއްޖެދުނިޔެ | 7 ދުވަސް ކުރިންއެމެރިކާއާއި އީރާނުގެ ސީދާ މަޝްވަރާތައް ޖުލައި މަހުގެ ތިންވަނަ ހަފްތާގައި ދޯހާގައި ބޭއްވުމަށް ތައްޔާރުވަނީދުނިޔެ | 9 ދުވަސް ކުރިންއީރާނާއި އެމެރިކާގެ އެއްބަސްވުމާ ގުޅޭގޮތުން ގަތަރާއެކު މަޝްވަރާކުރަނީދުނިޔެ | 11 ދުވަސް ކުރިން