logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

މަސްވެރިންގެ ޕާކް ސަރަޙައްދު ފަޅުގައި އޮތް އުޅަނދުތައް ނެގުމަށް އެމްޓީސީސީ އިން އަންގައިފި

މުޙައްމަދު އަފްރާޙް
8 އޭޕްރީލު 2026 - 04:47
މަސްވެރިންގެ ޕާކް ސަރަޙައްދު ފަޅުގައި އޮތް އުޅަނދުތައް ނެގުމަށް އެމްޓީސީސީ އިން އަންގައިފި

މަސްވެރިންގެ ޕާކް ސަރަޙައްދު ފަޅުގައި އޮތް އުޅަނދުތައް ނެގުމަށް އެމްޓީސީސީ އިން އަންގައިފިއެވެ.

އެމްޓީސީސީ އިން މިގޮތަށް އެންގީ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްގެންދަނީ ފޭސް 1 ގައި ހިމެނޭ 4 ސެގެމެންޓްގެ މަސައްކަތް ކަމަށްވެފާ، މި މަސައްކަތުގެ ތެރެއިން ތަރައްޤީކުރަނީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް 700 މީޓަރުގެ ސަރަހައްދު ކަމަށްވާތީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެހެންކަމުން މި ސަރަޙައްދު ތަރައްޤީކުރުމުގެ ގޮތުން ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަން ފާހަގަކޮށް، އެމްޓީސީސީ އިން ބުނީ މިއަދުން ފެށިގެން ޖުލައި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންގެ ޕާކުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްއާ ހަމައަށް އޮންނަ މަގާއި، އެމަގާ އިންވެގެން އޮންނަ ފަޅު ބަންދުކުރާނެކަމަށެވެ.

އެމްޓީސީސީ އިން ވަނީ އެ ސަރަޙައްދުގެ ފަޅުގައި މިވަގުތު އަޅާފައި އޮތް ދޯނިތަކާއި ލޯންޗްތައް ހުސްކުރުމަށް އެތަކެތީގެ ވެރިފަރާތައް އިލްތިމާސްކޮށްފައެވެ.

އެމްޓީސީސީން ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މި ސަރަހައްދުވެސް ފަރުމާކޮށްފައިވަނީ މަގުގެ ޖާގަ ބޮޑު ކުރުމަށް މަގު އިތުރަށް ފުޅާވާނެގޮތަށެވެ. މަގުގެ މި ސަރަހައްދުވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، ކުރިން ނިންމި ދެ ސެގްމެންޓުވެސް ކުރިޔަށްގެންދިޔަ ފަރުމާއަށެވެ. މަގު ތަރައްޤީކުރުމަށް ޝީޓް ޕައިލް ކުރުމުގެ މަސައްކަތާއި، ސައިޑް ވޯކް ޖެހުމުގެ މަސައްކަތްވެސް ކުރިއަށް ދާއިރު މިހާތަނަށް 143 މީޓަރުގެ ސަރަހައްދެއްގައި ސީޓް ޕައިލްކުރުމުގެ މަސައްކަތް ވަނީ ނިންމާލާފައެވެ.

އެމްޓީސީސީން ވިދާޅުވީ، މަގު ތަރައްޤީކުރުމުގެ މި ސެގްމެންޓުގައި ހިމެނޭ 700 މީޓަރުގެ މި ސަރަހައްދު ޒަމާނީ ފެންވަރަށް ތަރައްޤިކުރެވި، ތާރު އެޅުމާއެކު އެ ސަރަހައްދުގައިވެސް ފެން ހިންދާ ނިޒާމު ޤާއިމްކުރުމުގެ އިތުރުން ޕޭމަންޓްހަދައި، ލައިޓް ޖެހުމަށްވެސް ހަމަޖެހިފައިވާކަމަށެވެ. ބޮޑުތަކުރުފާނު މަގުގެ މަސައްކަތުގެ ތެރެއިން މިހާތަނަށްވަނީ، އިއްޒުއްދީން ފާލަމުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތަރައްޤީކޮށްފައެވެ. އެއީ ޖުމުލަ 380 މީޓަރުގެ ސަރަޙައްދެވެ.

އަދި އެ ސަރަޙައްދުތައް ބޭނުންކުރަން ހުޅުވާލާފައިވާއިރު، މަގުގެ ޖާގަ ތަނަވަސްވެ، އެއްގަމު އުޅަނދުތަކާއި ހިނގާބިނގާވެ އުޅޭ މީހުންނަށްވެސް ވަނީ ބޮޑު ލުޔެއް ލިބިގެންގޮސްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްވެރިންގެ ޕާކް ސަރަޙައްދު ފަޅުގައި އޮތް އުޅަނދުތައް ނެގުމަށް އެމްޓީސީސީ އިން އަންގައިފިޚަބަރު | 2 ގަޑިއިރު ކުރިންބޮޑުތަކުރުފާނު މަގުގެ 143 މީޓަރުގެ ސަރަހައްދެއް ޝީޓުޕައިލްކޮށް ނިންމާލައިފިޚަބަރު | 2 ދުވަސް ކުރިންފުރަތަމަ ހަފުތާގައި ޓެކްސީލައިންގެ ދަތުރުތައް ހިލޭ!ޚަބަރު | 5 ދުވަސް ކުރިންމާދަމާ ހައްދުންމަތީގައި އާރްޓީއެލް ފެރީގެ ޚިދުމަތް ފަށަނީޚަބަރު | 9 ދުވަސް ކުރިން