logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީގެ ޗެއާޕާސަންކަމުން އަބްދުލްޣަފޫރު ވަކިކުރަން ހުށަހަޅައިފި

ޒިދާން މުޙައްމަދު
8 އޭޕްރީލު 2026 - 10:53
ޗެއާޕާސަން ކަމުން ހަނިމާދޫ ދާއިރާގެ މެމްބަރު ގަފޫރު ވަކިކުރުމަށް އެދި ޕެޓިޝަން އެމްޑީޕީގެ އޮފީހަށް ހުށަހަޅަނީ.-- ފޮޓޯ: ހުސެއިން ޝާފިއު
ޗެއާޕާސަން ކަމުން ހަނިމާދޫ ދާއިރާގެ މެމްބަރު ގަފޫރު ވަކިކުރުމަށް އެދި ޕެޓިޝަން އެމްޑީޕީގެ އޮފީހަށް ހުށަހަޅަނީ.-- ފޮޓޯ: ހުސެއިން ޝާފިއު

އެތެރޭގެ މަސްލަހަތު ގޯސްވެފައިވާ އިދިކޮޅު މައި ޕާޓީ - އެމްޑީޕީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ އެ މަގާމުން ވަކިކުރަން އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ޕެޓިޝަނެއްގައި 55 މެމްބަރުން ސޮއިކޮށް، އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައި ދިނުމަށް އެދި ހުށަހަޅައިފިއެވެެ. 

8 ޑިސެމްބަރު 2025ގައި އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމަށް ގައުމީ މަޖިލިހުގެ 65 މެމްބަރުންގެ ވޯޓުން އިންތިހާބުކުރި އަބްދުލްޣަފޫރުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމަށް 55 މެމްބަރުން ވަނީ ސޮއިކޮށްފައި ގައުމީ މަޖިލީހުގައި 123 މެމްބަރުން ތިއްބަވައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން ގައުމީ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވެނީ 31 މެމްބަރުން ހަމަވެގެންނެވެ. އަދި ގައުމީ މަޖިލިހުގެ 10 މެމްބަރަކު ސޮޔާއެކު ހުށަހަޅައިފި ނަމަ ގައުމީ މަޖިލިހުގެ ޖަލްސާއެއް ބާއްވައިދޭން ގަވާއިދުން ލާޒިމުކުރެއެވެ. 

ގައުމީ މަޖިލީހުގެ 55 މެމްބަރުން ސޮއިކޮށް ހުށަހަޅާފައިވާ ޕެޓިޝަނުގައި ބުނެފައި ވަނީ ލޯކަލް ކަައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް އެ ޕާޓީން ކުރިމަތިލީ ވަރަށް ފޮނި އުއްމީދުތަކަކާއެކު ކަމަށާއި ޕާޓީގެ މެމްބަރުންގެ ކެމްޕެއިން މަސައްކަތުގައި ޕާޓީން ވެދެވެން އޮތް އެހީތެރިކަމަކަށް ނުބަލައި އެ މީހުންގެ އަމިއްލަ ޖީބުން ބޮޑެތި ހަރަދުތަކެއް ކޮށްގެން ކާމިޔާބު ހޯދުމަށް ކަމަށެވެ. އޭގެ ސަބަބުން ޕާޓީއަށް ބޮޑު ކާމިޔާބީއެއް ލިބުނުކަން ވަނީ ފާހަގަކޮށްފައެވެ.

ޕާޓީގެ ވަގުތީ ޗެއާޕާސަންގެ މަގާމު އަބްދުލްޣަފޫރާ ހަވާލުކުރީ ސަރުކާރުން ހިންގަމުންދާ ބޮޑެތި ޖަރީމާތަކާއި ހުދުމުހުތާރު ނިޒާމަށް މުޅި ދައުލަތް އެކުގައި ފުރޮޅާލުމަށް ކުރަމުންދާ މަސައްކަތް ހުއްޓުވުމަށް ޕާޓީން ކުރަންޖެހޭ މަސައްކަތް އިންތިޒާމު ކުރުމަށް ކަމަށް ވެސްވަނީ ބުނެފައެވެ. އަދި މިވަގުތު ދުނިޔޭގައި ބޮޑު ހަނގުރާމައެެއް ކުރަމުން އަންނައިރު އެކަމާ ގުޅިގެން ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ރާއްޖެ އާއި ދިވެހިންނަށް އިންތިހާއަށް ދަތިތަކާ ކުރިމަތިލާންޖެހޭ ގޮތަށް އަމަލުކުރަމުން ކަމަށް އެ ޕެޓިޝަނުގައިވެއެވެ. 

ޕެޓީޝަނުގައި ބުނީ، އެމްޑީޕީގެ ކިބައިން އެތައް ބަޔަކު ކުރާ އުއްމީދަކީ ރާއްޖެ އާއި ދިވެހިން ސަލާމަތުގެ އައްސޭރިއަށް ގެންގޮސް ދިނުން ކަމަށާއި ރައްޔިތުންގެ އުއްމީދާ އެއްގޮތަށް އެކަންކަން ހާސިލުކުރެވޭނީ ޕާޓީގެ މަސްލަހަތު ހިފަހައްޓައި ޕާޓީއަށް ތާއީދު އިތުރުކޮށް އާންމު މެމްބަރުން ޕާޓީގެ ލީޑަރުންގެ ގޮތުގައި ބަލާ އެއްވެސް ފަރާތެއް ބާކީ ނުކޮށް، އާންމު މެމްބަރުންގެ އިހްތިސާސްތައް ދެނެގަނެ، ޗެއާޕާސަންގެ މަސްއޫލިއްޔަތުތައް އަދާކޮށްގެން ކަމަށެވެ. 

އެކަމަކު ފެންނަމުންދަނީ ޕާޓީގެ ވަގުތީ ޗެއާޕާސަންގެ މަސްއޫލިއްޔަތު އަދާކުރުމާއި ޕާޓީގެ އަސާސީ ގަވާއިދު ކަނޑައެޅިގެން ހިލާފަށް އަމަލުކުރަން ފަށާފައިވާ މަންޒަރު ކަމަށް ޕެޓިޝަނުގައި ވެއެވެ. އެ ޕެޓިޝަނުގައި ވަނީ އެއީ ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދާއި ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް މަގާމުން ކުއްލި ގޮތުން ވަކިކުރުން ކަމަށް ޕެޓިޝަނުގައިވެއެވެ. 

އެ ބޭފުޅުން ވަކިކުރުމުގެ އެއްވެސް ސަބަބެއް ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރަށް ދެއްކިފައިނުވާ ކަމަށާއި މިއީ މިދިޔަ އިންތިހާބާ ގުޅޭ ގޮތުން އަދި އެހެނިހެން ކަންކަމާ ގުޅޭ ގޮތުން ޕާޓީގެ ފަރާތުން ދައުލަތުގެ އެކި މުއައްސަސާތަކަށް މައްސަލަ ހުށަހަޅައި، އެ މައްސަލަތަކާ ގުޅޭގޮތުން އެތައް މަސައްކަތްތަކެއް ކުރަމުން އަންނަ ވަގުތެއް ކަމަށް ވެސް ޕެޓިޝަނުގައި ފާހަގަކޮށްފައި ވެއެވެ. މިފަދަ ވަގުތެއްގައި ކުއްލި ގޮތަކަށް އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އެއްވެސް ސަބަބެއް އެންގުމަކާ ނުލާ ވަކިކުރުމަކީ ޕާޓީގެ މެމްބަރުންގެ މެދުގައި ހިތް ނުތަނަވަސްކަން އުފެދޭނެ ކަމެއް ކަމަށް ވެސް ޕެޓިޝަނުގައިވެއެވެ. 

ޕެޓިޝަނުގައި ބުނީ އެފަދަ ކަންކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ޕާޓީއަށް އިތުރުވާން ފަށާފައިވާ ތާއީދާއި އިތުބާރު ގެއްލިދިއުމުގެ ފުރުސަތު ފުޅާވާނެ ކަމަށާއި ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި ފިތުނަވެރިކަން އުފެދި ޕާޓީ ބައިބައިވުމަށް މަގުފަހިވާނެ ކަމަށެވެ. 

އެހެންވެ އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުން ގަޕޯ ވަކިކޮށް ދިނުމަށް އެދިފައިވާ މައްސަލާގައި ގައުމީ މަޖިލީހުގެ ޖަލްސާއެއް އެޑެންޑާކޮށްދިނުމަށް ޕެޓިޝަނުގައި އެދިފައިވެއެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިލްސިލާ މުޒާހަރާތަކާ ގުޅިގެން ޕީއެންސީ އިން މަޖިލީހަށް ގަރާރެއްޚަބަރު | 25 ދުވަސް ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ހުޅުވާލި މުއްދަތު ހަމަވެއްޖެޚަބަރު | މަހެއް ކުރިން ހަރުގެ ޖަލްސާވާނީ ޕާޓީގެ މެންބަރުންގެ މޫނުމަތީގައި ތަފާލަކުން ޖެހުން ކަހަލަ ކަމަކަށް: ފައްޔާޒްޚަބަރު | މަހެއް ކުރިންދެ އިންތިހާބު ވެސް ރިޔާސީ ޕްރައިމަރީއަށް ފަހު ބޭއްވުމަށް ގަޕޯ ހުށަހަޅައިފިޚަބަރު | މަހެއް ކުރިން