logo
Bank of Maldives

Bank of Maldives

ޚަބަރު

ހަރުގެ ޖަލްސާ ވާނީ ޕާޓީގެ މެންބަރުންގެ މޫނުމަތީގައި ތަފާލަކުން ޖެހުން ކަހަލަ ކަމަކަށް: ފައްޔާޒް

އައިޝަތު ނަޝާ
1 މޭ 2026 - 16:41
 ހަރުގެ ޖަލްސާވާނީ ޕާޓީގެ މެންބަރުންގެ މޫނުމަތީގައި ތަފާލަކުން ޖެހުން ކަހަލަ ކަމަކަށް: ފައްޔާޒް

އެމްޑީޕީގެ "ކުއްލި ހަރުގެ ޖަލްސާ" ވެގެންދާނީ ޕާޓީގެ މެންބަރުންގެ މޫނުމަތީގައި ތަފާލަކުން ޖެހުން ކަހަލަ ކަމަކަށް ކަމަށް ކުރީގެ އިކޮނުމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއެއްޖެއެވެ.

ފައްޔާޒު މިފަދައިން ވިދާޅުވީ،އެމްޑީޕީގެ "ކުއްލި ހަރުގެ ޖަލްސާ"އެއް މިރޭ ބޭއްވުމަށް ނިންމައި އެކަމާ ގުޅޭ ޕޯސްޓަރެއް އެމްޑިޕީގެ މަޖިލިސް މެމްބަރުން ތިއްބަވާ ގުރޫޕްގައި ހިއްސާކުރުމުން އެ ޕޯސްޓަށް ރިޕްލައި ކުރައްވައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފައްޔާޒު ވިދާޅުވީ،އެމްޑީޕީން މިހާރު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކުން ރައްޔިތުންގެ މަލާމާތް ލިބެމުން އަންނަ ކަމަށާއި އެ މުޒާހަރާތައް ހުއްޓާލަން ޖެހޭ ކަމަށްށެވެ.އަދި ފައްޔާޒު ވަނީ ރައްޔިތުންގެ މަލާމާތް އެމްޑީޕީއަށް ލިބޭނެތީ އެމްޑީޕީގެ މުޒާހަރާ ކުރިއަށް ނުގެންދަން އެދިވަޑައިގަންނަވާ ކަމަށެވެ.

އަދި ޗެއާޕާަސަން އިންތިހާބު ނިމުމުން އަލުން ރޭވުންތެރިކަމާއެކު މުޒަހަރާތައް ހިންގަން ފެނިވަޑައިގަންނަވާ ކަމަށް ވެސް ފައްޔާޒް ވިދާޅުވިއެވެ.

ފައްޔާޒްގެ އެ މަސެޖަށް ރައްދުދެއްވާ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެ ވާހަކަތަކަށް ތާއީދު ކުރައްވާ ކަން ހާމަކުރައްވައިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮންމެފަހަރަކު ޕީއެންސީ އިން ވެރިކަމާ ހަވާލުވާން ޖެހެނީ އެމްޑީޕީ އިން ހޭވި 'ހަޑި' ސާފުކުރަން: ޝުޖާއުޚަބަރު | 9 ދުވަސް ކުރިންސިލްސިލާ މުޒާހަރާތަކާ ގުޅިގެން ޕީއެންސީ އިން މަޖިލީހަށް ގަރާރެއްޚަބަރު | 2 މަސް ކުރިންހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން ހުޅުވާލި މުއްދަތު ހަމަވެއްޖެޚަބަރު | 2 މަސް ކުރިން ހަރުގެ ޖަލްސާވާނީ ޕާޓީގެ މެންބަރުންގެ މޫނުމަތީގައި ތަފާލަކުން ޖެހުން ކަހަލަ ކަމަކަށް: ފައްޔާޒްޚަބަރު | 2 މަސް ކުރިން