"މިއީ އެންމެ ފެންވަރު ރަނގަޅު ހައްޖަށް ހެދުމަކީ އަމާޒެއް"
8 އޭޕްރީލު 2026 - 15:47

މިއަހަރުގެ ހައްޖުގެ ހުރިހާ އިންތިޒާމުތަކެއް ފުރިހަމަ ކުރެވިފައިވާ ކަމަށާއި، މިއީ މިހާތަނަށް އެންމެ ފެންވަރު ރަނގަޅު ހިދުމަތްދެވޭ ހައްޖަށް ހެދުމަކީ އަމާޒެއް ކަމަށް، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
މިއަހަރުގެ ހައްޖުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތާމެދު މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ޝަކީލް ވިދާޅުވީ، ހައްޖުވެރިންނަށް ބޭނުންވާ ވިސާއާއި، އެކޮމޮޑޭޝަން ފަދަ ހުރިހާ އިންތިޒާމުތަކެއް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން، މިދިޔަ އަހަރުގެ އިންތިޒާމުތަކާ އަޅާބަލާއިރު، މިއަހަރު ޚިދުމަތްތައް ލުއިފަސޭހަކޮށް ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި މިކަންކަން ވަރަށް ގާތުން ބައްލަވާ، ޚިދުމަތްތައް ފުރިހަމަ ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ އިރުޝާދުވެސް ލިބެމުންދާ ކަމަށް ޝަކީލް ވިދާޅުވިއެވެ.
އެހެން ނަމަވެސް، ދިވެހީންނަށް ހައްޖުގެ އަޅުކަން ވީހާވެސް ލުއިފަސޭހަކަމާއެކު އަދާކުރުމުގެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން، މިދިޔަ އަހަރުގެ ހައްޖަކީ ދިވެހި ހާޖީންނަށް ފޯރުކޮށްދެވޭ ހިދުމަތްތަކަށް އިންގިލާބީ ބަދަލެއް ގެނެވުނު ހައްޖެއްކަން ޝަކީލް ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation
އެގޮތުން މައްކާ ރޫޓު އިނީޝިއޭޓިވްގެ ވާހަކަ ހާއްސަކޮށް ފާހަގަކުރައްވާ، މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ނުސުކް ހައްޖު ކާޑު، ދިވެހި ހާޖީންނަށް ލިބޭނެކަމަށް ޝަކީލް ވިދާޅުވިއެވެ. އަދި މިކަމަށް ހާއްސަ ޓީމެއް ރާއްޖެ އައުމަށްވެސް ހަމަޖިފައިވާކަމަށް ޝަކީލް ވިދާޅުވިއެވެ.
ދިވެހި ހާޖީންނަށް ލުއިގޮތްތައް ހޯދައިދިނުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދޭ ކަމެއް ކަމަށާއި، އެކަމަށް ސައުދީ ސަރުކާރުން ފަހިކޮށްދޭކަން ފާހަގަކުރައްވާ، މީގެއިތުރުން ގުޅިގެން ކުރާ މަސައްކަތުން ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަކަން ޝަކީލް ފާހަގަކުރެއްވިއެވެ.
ޙައްޖުގެ އިންތިޒާމްތަކަށް ޙައްޖު މިޝަންއާއި އެޑްވާންސް ޓީމް ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ، މެއި މަހުގެ 4 ވަނަ ދުވަހުއެވެ. އަދި ޙައްޖުވެރިންގެ ފުރަތަމަ ފުލައިޓް އޮންނާނީ، މެއި މަހުގެ 15 ވަނަ ދުވަހުއެވެ.

.jpg&w=3840&q=75)
