logo
Bank of Maldives

Bank of Maldives

ދުނިޔެ

ލުބުނާނަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާ ގުޅިގެން ހޮރްމުޒް ކަނޑުއޮޅިން ތެޔޮ އުފުލާ ބޯޓުފަހަރު ދަތުރުކުރުން އީރާނުން މެދުކަނޑާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
8 އޭޕްރީލު 2026 - 18:17
ލުބުނާނަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާ ގުޅިގެން ހޮރްމުޒް ކަނޑުއޮޅިން ތެޔޮ އުފުލާ ބޯޓުފަހަރު ދަތުރުކުރުން އީރާނުން މެދުކަނޑާލައިފި

ލުބުނާނަށް އިސްރާއީލުން ދެމުންދާ ވަރުގަދަ ހަމަލާތަކާ ގުޅިގެން، ދުނިޔޭގެ ތެލުގެ ވިޔަފާރީގައި މުހިންމު ދައުރެއް އަދާކުރާ ހޮރްމުޒް ކަނޑުއޮޅިން ތެޔޮ އުފުލާ ބޯޓުފަހަރު ދަތުރުކުރުން އީރާނުން ހުއްޓާލާފައިވާ ކަމަށް އެ ގައުމުގެ ފާރްސް ނިއުސް އެޖެންސީން ބުދަ ދުވަހު ރިޕޯޓުކޮށްފިއެވެ.

ފާރްސް ނިއުސް އެޖެންސީން ބުނި ގޮތުގައި، އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކާ އެކު ތެޔޮ ބޯޓުފަހަރުގެ ދަތުރުތައް މިހާރު ވަނީ މެދުކަނޑާލާފައެވެ. ނަމަވެސް، މިކަމާ ގުޅޭ އިތުރު ތަފްސީލެއް އެ އެޖެންސީން ހާމަކޮށްފައެއް ނުވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ނިއުސް އެޖެންސީން އިތުރަށް ބުނެފައިވާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނުގެ ޝަރުތުތައް ގަބޫލުކުރައްވައި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމާ ގުޅިގެން، ބުދަ ދުވަހުގެ ކުރީކޮޅު ދެ ތެޔޮ ބޯޓަކަށް އެ ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ ދީފައިވެއެވެ.

އިސްރާއީލު ސިފައިން ބުނި ގޮތުގައި، ބުދަ ދުވަހު އެ ގައުމުން ވަނީ ލުބުނާނުގެ ބެއިރޫތު، ބިގާ ވާދީ އަދި ދެކުނުގެ އެކި ސަރަހައްދުތަކުގައިވާ 100 އަށްވުރެ ގިނަ އަމާޒުތަކަށް އެންމެ 10 މިނެޓުގެ ތެރޭގައި ހަމަލާދީފައެވެ. މިއީ މިހާރު ކުރިއަށްދާ ހަމަލާ ބަދަލުކުރުންތަކުގައި އެއްފަހަރާ ދިން އެންމެ ވަރުގަދަ އަދި އެންމެ ބޮޑު ހަމަލާތައް ކަމަށްވެސް އިސްރާއީލުން ބުނެއެވެ.

އަންގާރަ ދުވަހު ރައީސް ޓްރަމްޕް ވަނީ އީރާނާއެކު ދެ ހަފުތާގެ މުއްދަތަށް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައިވާކަން އިއުލާނުކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވީ އީރާނުން މަޝްވަރާތަކަށް ހުށަހެޅި 10 ނުކުތާގެ ހުށަހެޅުމަކީ އަމަލީ ގޮތުން ތަންފީޒުކުރެވިދާނެ ހުށަހެޅުމެއް ކަމަށެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ މި އިއުލާނު އައިސްފައިވަނީ، ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވައި އެއްބަސްވުމަކަށް އައުމަށް އީރާނަށް ޓްރަމްޕް ދެއްވި މުއްދަތު ހަމަވާން ދެ ގަޑިއިރަށް ވެފައި ވަނިކޮށެވެ. މީގެ ކުރިން ޓްރަމްޕް ވަނީ އެއްބަސްވުމަކަށް ނައިސްފިނަމަ މުޅި އީރާނުގެ "ސިވިލައިޒޭޝަން" ނުވަތަ ތަހުޒީބު ފަނާކޮށްލާނެ ކަމުގެ އިންޒާރު ދެއްވައި، އެ މުއްދަތު އެތައް ފަހަރަކު އިތުރުކޮށްދެއްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނުން ހޯރްމޫޒް ކަނޑުއޮޅި ވިޔަފާރި އުޅަނދުފަހަރަށް ހުޅުވާލައިފިދުނިޔެ | 7 މިނިޓު ކުރިން އެމެރިކާގެ ބްލޮކޭޑަށް ބެލުމެއްނެތި އީރާނުން ތެޔޮ ބޭރުކުރުމުގައި ކާމިޔާބު ހޯދާފައިވާކަން ހާމަވެއްޖެދުނިޔެ | ގަޑިއިރެއް ކުރިންއެމެރިކާއާ ނުލައި ހޯރްމޫޒް އަލުން ހުޅުވާލުމުގެ މަޝްރޫއެއް ޔޫރަޕްގެ ގައުމުތަކުން ފަށަނީދުނިޔެ | 2 ދުވަސް ކުރިންހަނގުރާމަ މިއޮތީ ނިމުމާއި ވަރަށް ގާތްވެފައި: ޓްރަމްޕްދުނިޔެ | 3 ދުވަސް ކުރިން