logo
Bank of Maldives

Bank of Maldives

ދުނިޔެ

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓާނުލައިފިނަމަ ސުލްހައިގެ ވާހަކަތަކުން ވަކިވެދާނެކަމުގެ އިންޒާރު އީރާނުން ދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ
8 އޭޕްރީލު 2026 - 18:23
އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓާނުލައިފިނަމަ ސުލްހައިގެ ވާހަކަތަކުން ވަކިވެދާނެކަމުގެ އިންޒާރު އީރާނުން ދީފި

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ކުރިއަށްދާނަމަ، އެމެރިކާއާއެކު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުން އީރާނުން ވަކިވެދާނެކަމުގެ އިންޒާރު އީރާނުގެ މީޑިއާތަކުން ދީފިއެވެ.

އީރާނުގެ ތަސްނީމް ނިއުސް އެޖެންސީއަށް މައުލޫމާތު ދިން އިތުބާރު ހުރި މަސްދަރަކުން ބުނި ގޮތުގައި، ޒަޔަނިސްޓު އިސްރާއީލުން ލުބުނާނަށް ހަމަލާދީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ތަކުރާރުކޮށް ޚިލާފުވަމުންދާނަމަ، އީރާނުން އެ އެއްބަސްވުމަށް އަމަލުކުރުން ހުއްޓާލާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކަކީ އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފު އަމަލުތަކެއްކަން ފާހަގަކުރަމުން، ތެހެރާނުން މިހާރު ދަނީ މަސްރަހު ދިރާސާކުރަމުން ކަމަށްވެސް އެ މަސްދަރުން ބުނެފައިވެއެވެ.

އެ މަސްދަރުން އިތުރަށް ހާމަކުރި ގޮތުގައި، ދެ ހަފުތާގެ މުއްދަތަށް ހުށަހެޅިފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، ލުބުނާނުގެ އިސްލާމީ މުގާވިމަތާ ދެކޮޅަށް ކުރާ ހަނގުރާމަ ހިމެނޭހެން، ހުރިހާ ދިމާއަކުން ހަމަލާތައް ހުއްޓާލުމަށް އެމެރިކާއިން އޮތީ އެއްބަސްވެފައެވެ.

ނަމަވެސް، ބުދަ ދުވަހުގެ ކުރީކޮޅުން ފެށިގެން އިސްރާއީލުން ދަނީ ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދީ، އެއްބަސްވުމާ ކަނޑައެޅިގެން ޚިލާފުވަމުންނެވެ. އިސްރާއީލު ސިފައިން ބުނެފައިވާ ގޮތުގައި، ބޭރޫތާއި ބިޤާޢު ވާދީގެ އިތުރުން ލުބުނާނުގެ ދެކުނުގެ އެކި ސަރަހައްދުތަކުގައި ހިމެނޭ 100 އަށްވުރެ ގިނަ ތަނަކަށް 10 މިނެޓު ތެރޭގައި ވަނީ ހަމަލާދީފައެވެ. މިއީ މިހާރު ކުރިއަށްދާ އަސްކަރީ އޮޕަރޭޝަން ފެށިފަހުން އެއް ފަހަރާ ދެވުނު އެންމެ ވަރުގަދަ ހަމަލާތަކެވެ.

2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރެވުނު ނަމަވެސް، މާރިޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ދަނީ ވައިގެ މަގުންނާއި އެއްގަމު މަގުން ލުބުނާނަށް ހަމަލާދެމުންނެވެ.

ލުބުނާނުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިސްރާއީލުގެ މި ހަމަލާތަކުގައި މިހާތަނަށް މަދުވެގެން 1,530 މީހުން ޝަހީދުވެ، 4,812 މީހުން ވަނީ ޒަޚަމްވެފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓާނުލައިފިނަމަ ސުލްހައިގެ ވާހަކަތަކުން ވަކިވެދާނެކަމުގެ އިންޒާރު އީރާނުން ދީފިދުނިޔެ | 2 ގަޑިއިރު ކުރިންލުބުނާނަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާ ގުޅިގެން ހޮރްމުޒް ކަނޑުއޮޅިން ތެޔޮ އުފުލާ ބޯޓުފަހަރު ދަތުރުކުރުން އީރާނުން މެދުކަނޑާލައިފިދުނިޔެ | 2 ގަޑިއިރު ކުރިންހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިސްރާއީލުން ބަހެއް ނުބުނިދުނިޔެ | 17 ގަޑިއިރު ކުރިންއީރާނާއި އެމެރިކާއިން ހަނގުރާމަ މެދުކަނޑާލަން އެއްބަސްވެއްޖެދުނިޔެ | 18 ގަޑިއިރު ކުރިން