logo
Bank of Maldives

Bank of Maldives

ޚަބަރު

ހައްޖު ކޯޕަރޭޝަންގެ އެމްޑީ ނަމުގައި ސްކޭމް ކޯލްތައް ކޮށް ފައިސާ ހޯދަނީ

މަރިޔަމް ޔަނާ އަލީ
11 އޮކްޓޯބަރު 2024 - 16:06
ހައްޖު ކޯޕަރޭޝަން އެމްޑީ މުހައްމަދު ޝަކީލް
ހައްޖު ކޯޕަރޭޝަން އެމްޑީ މުހައްމަދު ޝަކީލް

ހައްޖު ކޯޕަރޭޝަން އެމްޑީ މުހައްމަދު ޝަކީލް ކަމަށްބުނެ މީހުންނަށް ގުޅައިގެން ސްކޭމް ކޯލްތަކެއް ކުރާކަމަށް ޝަކީލް ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ މި ކޯލްތައް ކުރާމީހާ އެކި ފަރާތްތަކަށް ގުޅައި ފައިސާ ހޯދަމުން ދާކަމަށެވެ. ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިކަމަށް ސަމާލުވާން އިލްތިމާސްކޮށް، ގުޅާ މީހާއާއި ނަމްބަރުވެސް ހިއްސާކޮށްފައެވެ.

ޝަކީލްގެ ފަރާތުން ކަމަށްބުނެ އެއްވެސް މީހަކު ފައިސާ ހޯދުމަށް ކުރާ ކޯލްތަކަށް އިޖާބަ ނުދިނުމަށް ޝަކީލް ވަނީ އެދިވަޑައިގެންފައެވެ. މި މައްސަލަ މިހާރު ވަނީ ފުލުހުންނަށްވެސް ހުށައަޅާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

އޮޅުވާލައިގެން ކުރާ ކޯލްތަކާއި، ސިމްތައް ނެގުން ހުއްޓުވުމަށް މި އަހަރުގެ އޭޕްރިލް މަހުގައި ދިރާގުން ވަނީ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ކޮންމެ މީހަކުވެސް ސިމްކާޑެއް ނަގަން ދިއުމުން ނުވަތަ ދިރާގުގެ އެއްވެސް ޚިދުމަތެއް ނަގާނަމަ އެ ފަރާތެއްގެ މަޢުލޫމާތު ޑީ.އެން.އާރު ގައި ހުރި މަޢުލޫމާތު ބޭނުންކޮށްގެން ސައްހަތޯ ޔަގީން ކުރެވޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްކޭމްގެ 55 މައްސަލައެއް މިމަހު ހުށަހަޅާފައިވޭ ޚަބަރު | 4 ގަޑިއިރު ކުރިން ޙައްޖުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް މިހާރަށްވުރެ އެޑްވާންސް ޓެގެއް ބޭނުންކުރަނީޚަބަރު | 5 މަސް ކުރިން'ޝައިން ބްރައިޓް' އަކީ މިހާތަނަށް އެއްވެސް ވިޔަފާރިއެއް ކުރި ކުންފުންޏެއްނޫންޚަބަރު | 7 މަސް ކުރިންރައީސް ޔާމީން މިނިވަންކުރަން އަޑުއުފުލަން ޔާމީންގެ ދަރިކަލުންނެއް ނާދޭޚަބަރު | 7 މަސް ކުރިން