އައްސިދަ: ނަކަތްގެ ފުރަތަމަ ދުވަސްތަކުގައި ކޮޅިގަނޑުތައް އަންނާނެ
10 އޭޕްރީލު 2026 - 16:55

ރާއްޖޭގެ ނަކަތު ކަލަންޑަރު ބުނާ ގޮތުން ހުޅަނގު މޫސުން މިވަނީ ފެށިފައެވެ. އެ ގޮތުން ހިނގަމުން މިދަނީ ހުޅަނގު މޫސުމުގެ ފުރަތަމަ ނަކަތް ކަމުގައިވާ "އައްސިދަ" ނަކަތުގެ ދުވަސްތަކެވެ.
އައްސިދަ ނަކަތް ކުރިއަށްދާނީ އޭޕްރީލް 8 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށެވެ.

Ad by Hajj Corporation
މި ނަކަތް ފެށޭއިރު ކޮޅިގަނޑު އައި ނަމަވެސް އޭގެ ފަހުން މި ނަކަތުގައި ހޫނު ގަދަ ވާނެއެވެ.
މި ނަކަތުގައި އާންމު ގޮތެއްގައި ވައިގެ ބާރުމިން ހުންނާނެ ކަމަށް ލަފާކުރެވެނީ ގަޑިއިރަކު 7 ނޯޓިކަލް މޭލުގައެވެ. އެއީ ގަޑިއަކު 12.96 ކިލޯމީޓަރެވެ. މި ނަކަތުގައި މަސްވެރިކަން ދަށްވާނެއެވެ. މި ނަކަތުގައި އާންމުކޮށް ބޭނޭނީ މިޔަރެވެ.
ހުޅަނގު މޫސުމުގައި ހިމެނެނީ 18 ނަކަތެވެ. އަދި އިރުވައި މޫސުމުގައި ހިމެނެނީ ނުވަ ނަކަތެވެ. އިރުވައި މޫސުން ނިމެނީ 'ރޭވަ' ނަކަތުންނެވެ.
ހުޅަނގު މޫސުމުގެ ނަކަތް ތަކަކީ:
- އައްސިދަ
- ބުރުނު
- ކެތި
- ރޯނު
- މިއަހެލި
- އަދަ
- ފުނޯސް
- ފުސް
- އަހުލިހަ
- މާ
- ފުރަ
- އުތުރަ
- އަތަ
- ހިތަ
- ހެއި
- ވިހާ
- ނޮރަ
- ދޮށަ މިއެވެ.

.gif&w=1920&q=75)
