logo
Bank of Maldives

Bank of Maldives

ދުނިޔެ

އީރާނާއެކު ކުރެވޭ މަޝްވަރާތައް ނާކާމިޔާބުވެދާނެ ހާލަތަކަށް އެމެރިކާގެ އަސްކަރިއްޔާއިން ތައްޔާރުވާކަމަށް ބުނެފި

މުހައްމަދު މޫސާމުހައްމަދު މޫސާ
10 އޭޕްރީލު 2026 - 19:08
ދުޝްމަނުން ތެހެރާނަށް ބޮން އަޅާފައި،
ދުޝްމަނުން ތެހެރާނަށް ބޮން އަޅާފައި،

ޕާކިސްތާނުގެ އިސްލާމްއާބާދުގައި މިއަދު ފެށުމަށް ހަމަޖެހިފައިވާ ސަމިޓުގެ މަޝްވަރާތައް ނާކާމިޔާބުވެދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން، އެމެރިކާގެ ޕެންޓަގަނުން އެ ގައުމުގެ އަސްކަރިއްޔާ "ކޮންޓިންޖެންސީ ރެޑިނަސް" ނުވަތަ ކުއްލި ހާލަތަކަށް ތައްޔާރުވުމުގެ މަގާމަކަށް ބަދަލުކޮށްފިއެވެ.

އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވެންސް ޑިޕްލޮމެޓިކް މަސައްކަތްތަކަށް ޕާކިސްތާނަށް ވަޑައިގެންފައިވީ ނަމަވެސް، އަސްކަރިއްޔާއިން ދެކެނީ މިހާރު އޮތް 14 ދުވަހުގެ ހަނގުރާމަ ހުއްޓާލުމަކީ ޝަރުތުތަކަކާއެކު ދެވުނު ވަގުތީ މެދުކެނޑުމެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސެކްރެޓަރީ އޮފް ވޯ ޕީޓް ހެގްސެތް އާއި ޖޮއިންޓް ޗީފްސް އޮފް ސްޓާފުން ވަނީ "އޮޕަރޭޝަން އެޕިކް ފިއުރީ" ގެ ދަށުން ހަމަލާދޭނެ އަމާޒުތައް ކަނޑައަޅައި، އެ މައުލޫމާތުތައް ކުރީ ސަފުގެ ފައުޖުތަކާ ހިއްސާކޮށްފައެވެ. މަޝްވަރާތައް ނާކާމިޔާބުވެއްޖެނަމަ އީރާނުގެ ބާރު ކަނޑުވާލުމަށް ދެ އޮޕަރޭޝަނެއް ހިންގުމަށް ވަނީ ރާވާފައެވެ. އޭގެ ތެރޭގައި ހިމެނޭ "ޕަވަރ ޕްލާންޓް ޑޭ" އަކީ އީރާނުގެ ހަކަތައިގެ ނިޒާމަށް އަމާޒުކޮށް، މުޅި ގައުމުން ކަރަންޓު ކަނޑާލުމަށް ހިންގާ އޮޕަރޭޝަނެކެވެ. އަދި "ބްރިޖް ޑޭ" އޮޕަރޭޝަންގެ ދަށުން އާންމުންނާއި އަސްކަރިއްޔާއިން ބޭނުންކުރާ ބޮޑެތި ބްރިޖުތައް ހަލާކުކޮށްލައި، އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) ގެ ބާރު ކަނޑުވާލެވޭތޯ ބަލަން ވަނީ ނިންމާފައެވެ.

އެމެރިކާގެ ކަނޑުގެ ބާރުތައްވެސް ވަނީ މިހާރު ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ. ޔޫ.އެސް.އެސް ޖޯޖް އެޗް.ޑަބްލިޔު ބުޝް މަނަވަރު މިހާރު ވަނީ ޔޫ.އެސް.އެސް ޖެރަލްޑް އާރް ފޯޑްގެ ބަދަލުގައި އެ ސަރަހައްދުގައި މަގާމު ހޯދާފައެވެ. މީގެ އިތުރުން، ސިއްރުކުރެވިފައިވާ ތިންވަނަ މަނަވަރު ގްރޫޕަކާއެކު، ފާރިސީ ކަނޑުއޮޅީގެ މަތިން 24 ގަޑިއިރު މެދުނުކެނޑި ވައިގެ އޮޕަރޭޝަންތައް ހިންގުމުގެ ގާބިލުކަން އެމެރިކާއިން ވަނީ އިތުރުކޮށްފައެވެ.

ޑިއޭގޯ ގާސިއާގައި ހުރި އެމެރިކާގެ ބޮންއަޅާ ބޯޓުތައް ވެސް ވަނީ ހައި-އެލާޓަށް ގެނެސްފައެވެ. ހުކުރު ދުވަހުގެ ރޭގެ ފްލައިޓް ޑޭޓާތަކުން ދައްކާގޮތުގައި، ދުރު ރާސްތާގެ މި އުޅަނދުތަކަށް ތެޔޮ އެޅުމުގެ ތަމްރީނުތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއީ މަޝްވަރާތައް ރޫޅިއްޖެނަމަ، މަދު ގަޑިއިރުތަކެއްގެ ތެރޭގައި އީރާނުގެ އެތެރޭގެ ސަރަހައްދުތަކަށް ހަމަލާދެވިދާނެ ކަމުގެ އިންޒާރެކެވެ. އަދި ބައެއް މަނަވަރުތައް ދަތުރުކުރަމުންދަނީ ރާޑަރަށް ނުފެންނާނެހެން މުއާސަލާތީ ނިޒާމުތައް ކަނޑާލައިގެން ކަމަށް މައުލޫމާތު ލިބެއެވެ.

އިސްލާމްއާބާދަށް ވަޑައިގަތުމުގެ ކުރިން ނައިބު ރައީސް ޖޭ.ޑީ ވެންސް ވިދާޅުވީ، "އީރާނުން އިހުލާސްތެރިކަމާއެކު މަޝްވަރާކުރަން ބޭނުންނަމަ އެ ފުރުސަތު އެބައޮތް ކަމަށާއި، ނަމަވެސް އޮޅުވާލަން އުޅެފިނަމަ އެމެރިކާގެ މަޝްވަރާ ޓީމުން އެއްވެސް ދުލެއް ނުދޭނެ" ކަމަށެވެ. މީގެ އިތުރުން ރައީސް ޓްރަމްޕް ވަނީ އީރާނުން ނިއުކްލިއަރ އެއްބަސްވުމަށް އަމަލުނުކޮށްފިނަމަ، މީގެ ކުރިން ދުވަހަކުވެސް ފެނިފައިނުވާ ފަދަ ވަރުގަދަ ފިޔަވަޅުތަކެއް ކުރިމަތިވާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނާއެކު ކުރެވޭ މަޝްވަރާތައް ނާކާމިޔާބުވެދާނެ ހާލަތަކަށް އެމެރިކާ ތައްޔާރުވާކަމަށް ބުނެފިދުނިޔެ | 2 ގަޑިއިރު ކުރިން40 ދުވަހުގެ ތެރޭގައި އީރާނަށް 18,000 ބޮން އަޅައިފިން: އިސްރާއީލްޚަބަރު | 3 ގަޑިއިރު ކުރިންއެއްބަސްވުމަށްފަހު ވެސް އިސްރާއީލުން ލުބްނާނަށް ހަމަލާދޭތީ އީރާނުން އެމެރިކާ އަށް އިންޒާރުދީފިދުނިޔެ | 2 ދުވަސް ކުރިންއިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓާނުލައިފިނަމަ ސުލްހައިގެ ވާހަކަތަކުން ވަކިވެދާނެކަމުގެ އިންޒާރު އީރާނުން ދީފިދުނިޔެ | 2 ދުވަސް ކުރިން