logo
ލ. އޮޅުވެލި ކައިރިން ބޯޓެއް އަޑިއަށްގޮސް ގެއްލުނު މީހަކު ހޯދަނީBank of Maldives

Bank of Maldives

ދުނިޔެ

އެއްބަސްވުމަށްފަހު ވެސް އިސްރާއީލުން ލުބްނާނަށް ހަމަލާދޭތީ އީރާނުން އެމެރިކާ އަށް އިންޒާރުދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ
9 އޭޕްރީލު 2026 - 02:50
Abbas Araghchi
Abbas Araghchi

އިސްރާއީލް މެދުވެރިކޮށް ހަނގުރާމަ ކުރިއަށް ގެންދިއުމާއި، ހަމަލާބަދަލުކުރުން ހުއްޓާލުމާ ދެމެދު އެމެރިކާއިން ގޮތެއް ނިންމަންޖެހޭނެ ކަމަށް ބުނެ އީރާނުން އިންޒާރު ދީފިއެވެ.

"އެކްސް" މެދުވެރިކޮށް ވިދާޅުވީ، އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވެފައިވާ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ ޝަރުތުތައް ވަރަށް ސާފު ކަމަށެވެ. އަދި އިސްރާއީލް މެދުވެރިކޮށް ހަނގުރާމަ ކުރިއަށް ގެންދިއުމާއި، ސުލްހަ ގާއިމުކުރުމާ މި ދެކަންތައް އެއްފަހަރާ އެމެރިކާއަށް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ލުބުނާނުގައި ހިންގަމުންދާ ގަތުލުއާންމުތައް މުޅި ދުނިޔެއަށް ފެނޭ. މިހާރު މިކަމުގައި ގޮތެއް ނިންމަން އޮތީ އެމެރިކާގެ އަތްމަތީގައި. އެމެރިކާއިން ވެފައިވާ އިގުރާރުތަކާ އެއްގޮތަށް އަމަލުކުރޭތޯ މުޅި ދުނިޔެ ބަލަމުން އެބަދޭ،" އަރަގްޗީ ވިދާޅުވިއެވެ.

އީރާނުގެ ތަސްނީމް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓާނުލާ ނަމަ، އެމެރިކާއާއެކު ވެފައިވާ ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުން އީރާނުން ވަކިވާނެއެވެ.

އިސްރާއީލް ސިފައިން ބުނެފައިވާ ގޮތުގައި، ލުބުނާނުގެ ބައިރޫތާއި، ބިގާއު ވާދީ އަދި ދެކުނުގެ ސަރަހައްދުތަކުގައިވާ 100 އަށްވުރެ ގިނަ އަމާޒުތަކަށް 10 މިނެޓުގެ ތެރޭގައި ވަރުގަދަ ހަމަލާތަކެއް ވަނީ ދީފައެވެ. މިއީ މިހާރު ކުރިއަށްދާ އަސްކަރީ ހަރަކާތްތަކުގެ ތެރެއިން ދެވުނު އެންމެ ބޮޑު ހަމަލާއެވެ.

2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އާދެވިފައި އޮތް ނަމަވެސް، އިސްރާއީލުން ދަނީ ލުބުނާނަށް ވައިގެ މަގުންނާއި އެއްގަމު މަގުން ހަމަލާދެމުންނެވެ.

ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކުރުމާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާއެކު ދެ ހަފުތާގެ މުއްދަތަށް ހަމަލާބަދަލުކުރުން ހުއްޓާލުމަށް އަންގާރަ ދުވަހު އިއުލާންކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އީރާނުން ވަނީ މަޝްވަރާކުރުމަށްޓަކައި 10 ނުކުތާގެ މައްޗަށް އެކުލެވޭ ފުރިހަމަ ހުށަހެޅުމެއް ހުށަހަޅާފައެވެ.

މި އިއުލާން ކުރައްވާފައިވަނީ އީރާނުން ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށާއި އެއްބަސްވުމެއް ގަބޫލުކުރުމަށް ޓްރަމްޕް ދެއްވާފައިވާ މުއްދަތު ހަމަވާން ދެ ގަޑިއިރަށް ވެފައި ވަނިކޮށެވެ. އޭގެ ކުރިން ޓްރަމްޕް ވަނީ އެއްބަސްވުމަކަށް ނައިސްފިނަމަ "މުޅި ހަޟާރާތެއް ސުންނާފަތިކޮށްލާނެ" ކަމުގެ އިންޒާރު ދެއްވާފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެއްބަސްވުމަށްފަހު ވެސް އިސްރާއީލުން ލުބްނާނަށް ހަމަލާދޭތީ އީރާނުން އެމެރިކާ އަށް އިންޒާރުދީފިދުނިޔެ | 2 ގަޑިއިރު ކުރިންއިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓާނުލައިފިނަމަ ސުލްހައިގެ ވާހަކަތަކުން ވަކިވެދާނެކަމުގެ އިންޒާރު އީރާނުން ދީފިދުނިޔެ | 10 ގަޑިއިރު ކުރިންލުބުނާނަށް އިސްރާއީލުން ދެމުންދާ ހަމަލާތަކާ ގުޅިގެން ހޮރްމުޒް ކަނޑުއޮޅިން ތެޔޮ އުފުލާ ބޯޓުފަހަރު ދަތުރުކުރުން އީރާނުން މެދުކަނޑާލައިފިދުނިޔެ | 10 ގަޑިއިރު ކުރިންހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިސްރާއީލުން ބަހެއް ނުބުނިދުނިޔެ | ދުވަހެއް ކުރިން