logo
Bank of Maldives

Bank of Maldives

ދުނިޔެ

އިރާނާއި އެމެރިކާގެ ސުލްހައިގެ ރަސްމީ މަޝްވަރާތައް މިއަދު އިސްލާމްއާބާދުގައި ފަށަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
11 އޭޕްރީލު 2026 - 01:15
އިރާނާއި އެމެރިކާގެ ސުލްހައިގެ ރަސްމީ މަޝްވަރާތައް މިއަދު  ފަށަނީ

އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ މުހިންމު ސުލްހައިގެ މަޝްވަރާތައް ރަސްމީކޮށް މިއަދު، އާދީއްތަ ދުވަހު ޕާކިސްތާނުގެ އިސްލާމްއާބާދުގައި ފެށުމަށް ތާވަލުކޮށްފިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ރޭ ދަންވަރު މިކަން އިޢުލާން ކުރެއްވިއިރު، މިއީ ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުރިން ހުކުރު ދުވަހު ފެށުމަށް ހަމަޖެހިފައި އޮތް މި ބައްދަލުވުން 48 ގަޑިއިރަށް ފަސްކުރަން ޖެހުނީ ލުބުނާނުގެ މައްސަލައިގައި އުފެދުނު ދެބަސްވުންތަކާއި، އީރާނުގެ ވަފުދު ވަޑައިގަތުމާ ގުޅޭގޮތުން ފެތުރުނު ތަފާތު ޚަބަރުތަކުގެ ސަބަބުންނެވެ. ނަމަވެސް ހޮނިހިރު ދުވަހުގެ ހެނދުނާ ހަމައަށް ދެ ޤައުމުގެ މަތީ ފަންތީގެ ވަފުދުތައް ވަނީ ޕާކިސްތާނަށް ވަޑައިގެންފައެވެ.

އެމެރިކާގެ ވަފުދުގެ އެންމެ އިސްބޭފުޅެއްގެ ގޮތުގައި ހުންނެވީ ނައިބު ރައީސް ޖޭ.ޑީ. ވެންސް އެވެ. އީރާނުގެ ވަފުދުގައި އިސްކޮށް ހުންނެވީ މަޖިލީހުގެ ރައީސް މުޙައްމަދު ބާޤިރް ޤާލީބާފް އާއި ޚާރިޖީ ވަޒީރު އައްބާސް އަރާޤްޗީ އެވެ.

މަޝްވަރާތައް ކުރިއަށް ގެންދިއުމަށްޓަކައި އީރާނުގެ މަޖިލީހުގެ ރައީސް ޤާލީބާފް ވަނީ މުހިންމު ޝަރުޠުތަކެއް ކުރިމަތިކުރައްވާފައެވެ. އޭގެ ތެރޭގައި ބައިރޫތާއި ދެކުނު ލުބުނާނަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ވަގުތުން ހުއްޓާލުމާއި، ބައިނަލްއަޤްވާމީ ބޭންކުތަކުގައި ހިފަހައްޓާފައިވާ އީރާނުގެ ފައިސާ އާއި މުދާ ދޫކޮށްލުން ހިމެނެއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ގެންދަވަނީ މި މަޝްވަރާތައް ކާމިޔާބު ކުރުމަށްޓަކައި ރައީސް ޓްރަމްޕް އަދި ބޮޑުވަޒީރު ނަތަންޔާހޫއާ ފޯނުން ގުޅުއްވައި މަޝްވަރާ ކުރައްވަމުންނެވެ. ރިޕޯޓްތައް ބުނާގޮތުގައި، ލުބުނާނަށް ދޭ ހަމަލާތައް ނުހުއްޓައިފިނަމަ އީރާނުގެ ވަފުދު ބައްދަލުވުން ދޫކޮށް ފުރައިގެން ހިނގައިދާނެ ކަމުގެ އިންޒާރު ޕާކިސްތާނުން ވަނީ ދީފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިރާނާއި އެމެރިކާގެ ސުލްހައިގެ ރަސްމީ މަޝްވަރާތައް މިއަދު ފަށަނީދުނިޔެ | 2 ގަޑިއިރު ކުރިންއީރާނާއެކު ކުރެވޭ މަޝްވަރާތައް ނާކާމިޔާބުވެދާނެ ހާލަތަކަށް އެމެރިކާ ތައްޔާރުވާކަމަށް ބުނެފިދުނިޔެ | 8 ގަޑިއިރު ކުރިން40 ދުވަހުގެ ތެރޭގައި އީރާނަށް 18,000 ބޮން އަޅައިފިން: އިސްރާއީލްޚަބަރު | 9 ގަޑިއިރު ކުރިންއެއްބަސްވުމަށްފަހު ވެސް އިސްރާއީލުން ލުބްނާނަށް ހަމަލާދޭތީ އީރާނުން އެމެރިކާ އަށް އިންޒާރުދީފިދުނިޔެ | 2 ދުވަސް ކުރިން