ގޭބިސީގެ އާމްދަނީ އާއި ޚަރަދުތަށް ސަރވޭ ކުރުމަށް އެނިއުމަރޭޓަރުން ހޯދަނީ
11 އޭޕްރީލު 2026 - 12:24

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން މާލެއާއި އަތޮޅުތެރޭގައި ކުރުމަށް ހަމަޖެހިފައިވާ "ގޭބިސީގެ އާމްދަނީ އާއި ޚަރަދުކުރުން ހުރިގޮތުގެ ސަރވޭ 2026" ގައި،މާލޭގައި ހަރަކާތްތެރިވުމަށް 22 އެނިއުމަރޭޓަރުން ހޯދުމަށް އެ ބިއުރޯއިން އިއުލާންކޮށްފިއެވެ.
މިސަރވޭގައި ބައިވެރިވެވޭނީ ޖީ.ސީ.އީ އޯ ލެވަލް ފެންވަރަށް ތައުލީމް ހާސިލް ކޮށްފައިވާ، އުމުރުން 18 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި ބޯހިމެނުން ނުވަތަ މިފަދަ ސަރވޭއެއްގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ މީހުންނަށާއި އަތޮޅުތެރެއަށް ގޮސް މަސައްކަތް ކުރެވޭ މީހުންނަށް އިސްކަންދެވޭނެ ކަމަށް އެ އިއުލާނުގައި ބުނެފައިވެއެވެ.

Ad by Hajj Corporation
. އަދި އެނިއުމަރޭޓަރުންގެ ގޮތުގައިހޮވޭ މީހުންނަށް 5 ދުވަހުގެ ތަމްރީނެއް ދިނުމަށްވަނީ ހަމަޖެހިފައިއެވެ.
މި ސަރވޭގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވާ އިނާޔަތްތަކުގެ ތަފްޞީލް:
- ތަމްރީނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް -/150 ރުފިޔާ (ތަމްރީނު ފުރިހަމަކޮށް ފީލްޑް މަސައްކަތުގައި ބައިވެރިވާ ފަރާތްތަކަށް)
- ފީލްޑް މަސައްކަތުގައި ހަރަކާތްތެރިވާ ކޮންމެ ދުވަހަކަށް -/500 ރުފިޔާ
- ފުޑް އެލަވަންސް -/300 ރުފިޔާ
- ފޯނު އެލަވަންސް ގެ ގޮތުގައި ދުވާލަކަށް -/30 ރުފިޔާ
އެހެންކަމުން މިސަރވޭގައި ބައިވެރިވުމަށް އެދޭ ފަރާތްތައް https://forms.gle/NrXCxVdAAziaXWu6A އިން އޮންލައިންކޮށް އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް 16 އޭޕްރީލް 2026 ގެ 14:00ގެ ކުރިން ހުށައެޅޭނެއެވެ.
ސަރވޭއާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 3008400 ނުވަތަ 3008408 ނަންބަރު ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އެދިލައްވައެވެ

.gif&w=1920&q=75)
