logo
MPL - Maldives Maritime Conference

MPL - Maldives Maritime Conference

ޚަބަރު

ހުރިހާ ޤައުމަކާއި ގުޅުން ބަދަހި ކުރުމާއެކު ރައީސް ގެންގުޅުއްވަނީ ހަރުދަނާ ޚާރިޖީ ސިޔާސަތުތަކެއް: މަމްދޫހް

މުހައްމަދު މޫސާމުހައްމަދު މޫސާ
12 އޮކްޓޯބަރު 2024 - 05:14
ހުރިހާ ޤައުމަކާއި ގުޅުން ބަދަހި ކުރުމާއެކު ރައީސް ގެންގުޅުއްވަނީ  ހަރުދަނާ ޚާރިޖީ ސިޔާސަތުތަކެއް: މަމްދޫހް

ހުރިހާ ޤައުމަކާއި ގުޅުން ބަދަހިކޮށް، ވަރުގަދަ ކުރުމާއެކު ރައީސް ޑރ. މުހައްމަދު މުޢިއްޒު ގެންގުޅުއްވަނީ ހަރުދަނާ ޚާރިޖީ ސިޔާސަތުތަކެއްކަމަށް ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް މިއަދު ވިދާޅުވެއްޖެއެވެ.

ބޭރުގެ ސިފައިން ރާއްޖެއިން ފޮނުވާލަން ނިންމަވައި، އެކަން މި ސަރުކާރުން ތަންފީޒުކޮށްފައިވާއިރު މެންބަރު މަމްދޫހް މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެމްބަރު މަމްދޫހް ވިދާޅުވެފައިވާ ގޮތުގައި ރަޢީސް ޑރ. މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތައް، މަޝްވަރާގެ ރިވެތި އުސޫލުތައް އިސްކޮށް، ބޭރުގެ ސިފައިން މިޤަޢުމުގައި ޤާއިމުވެ ތިބި ތިބުން، ނިމި ދިޔަ މެއި މަހު އެވަނީ ނިމުމަކަށް ގެންނަވާފައެވެ.

''ކުރިއަށް އޮތްތާގައިވެސް އެފުރުސަތު އެއްވެސް ބަޔަކަށް ނުދެއްވާނެ. އަދި ހަމަ އެހެންމެ، ހަރުދަނާ ޚާރިޖީ ސިޔާސަތުތަކާއެކު، ހުރިހާ ޤަޢުމުތަކަކާ ދާނީ ގުޅުންތައް ބަދަހިކޮށް ވަރުގަދަކުރަމުން. އެކަމަކަށް، މިޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލާއި އަމިއްލަވަންތަކަން، އެހެން އެއްވެސް ބައެއްގެ އަތްމައްޗަށް އެމަނިކުފާނު ދޫކޮށް ނުލައްވާނެ.'' މަމްދޫހް ވިދާޅުވެފަވެއެވެ.

އޭނާ ފާހަގަކުރަށްވާފައިވާގޮތުގައި ދިވެހީންގެ ކަންކަން ނިންމާނީ ފުރިހަމަ މިނިވަންކަމާއި ބާރުވެރިކަމުގައި، އަބަދުވެސް ދިވެހީންނެވެ.

މިސަރުކާރު ހުރިހާ ޚަރިޖީ ސިޔާސަތުތަކެއް ބިނާވެ ބައްޓަންވެގެންދަނީ، އަދި ދާނީވެސް، ‘މޯލްޑިވްސް ފަސްޓް’ ޕޮލިސީގެ މައްޗަށްކަމަށް މަމްދޫހް ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮމަންޑޫ މޫސާ ރަމީޒް އަވަހާރަވުމާ ގުޅިގެން ރައީސްގެ ތައުޒިޔާޚަބަރު | 11 ގަޑިއިރު ކުރިންހޯމަ ދުވަހު ރައީސްގެ ދެކަނބަލުން ޢުމްރާގެ އަޅުކަމަށް ފުރާވަޑައިގަންނަވަނީ ޚަބަރު | 14 ގަޑިއިރު ކުރިންއިންތިޚާބުތަކުގެ ނަތީޖާއާއެކުވެސް ރައީސް ދެއްކެވީ ޑިމޮކްރަސީގެ ރިވެތި ނަމޫނާ: ޝިޔާމްޚަބަރު | 16 ގަޑިއިރު ކުރިންވޯޓުގެ ނަތީޖާ އިޙްތިރާމާއެކު ބަލައިގަންނަން: ރައީސްޚަބަރު | ދުވަހެއް ކުރިން