ޑެންގީ ހުން ޖެހިގެން މިދިޔަ މަހު އެކަނި 535 މީހަކު ރިޕޯޓުކޮށްފައިވޭ!
13 އޭޕްރީލު 2026 - 07:00

މަދިރީގެ ޒަރިއްޔާއިން ޖެހޭ ބައްޔެއް ކަމަށްވާ ޑެންގީ ހުން ޖެހިގެން މިދިޔަ މަހު އެކަނި 535 މީހަކު ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން މި މަހުގެ ނުވަވަނަ ދުވަހު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން މިދިޔަ ފެބުރުވަރީ މަހާ އަޅާބަލާއިރު މިދިޔަ މަހު ޑެންގީ ހުން ޖެހިގެން ރިޕޯޓްކުރި އަދަދު ވަނީ އިތުރުވެފައެވެ. ނަމަވެސް، އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކުރި އަދަދު ވަނީ ދަށަށް ގޮސްފައެވެ.

Ad by Hajj Corporation
އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހު 535 މީހަކަށް ވަނީ ޑެންގީ ހުން ޖެހިފައެވެ. ފެބްރުއަރީ މަހު ޑެންގީ ހުން ޖެހިފައިވަނީ 428 މީހުންނަށެވެ.
މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓް ކޮށްފައިވާ މީހުންގެ އަދަދު ދަށްވެފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކައެވެ.
ފެބްރުއަރީ މަހު 25،010 އަރިދަފުސް ރޯގާގެ ވޭދަނަ ރިޕޯޓްކޮށްފައި ވާއިރު،މާރިޗު މަހު 20،761 ވޭދަނަ ވަނީ ރިޕޯޓްކޮށްފައެވެ.
އިންފްލުއެންޒާގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ މާރިޗު މަހު އެ ބައްޔަށް ފަސް މީހަކު ވަނީ ފައްސިވެފައެވެ. ފެބްރުއަރީ މަހު އަށް މީހަކު އިންފްލުއެންޒާއަށް ވަނީ ފައްސިވެފައެވެ. މިއަހަރު މިހާތަނަށް 1،030 މީހަކު ވަނީ އިންޕްލުއެންޒާއަށް ޓެސްޓުކޮށްފައެވެ. އަދި 112 މީހުން ވަނީ އެ ބައްޔަށް ފައްސިވެފައެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފެބްރުއަރީ މަހާ އަޅާބަލާއިރު މާރިޗު މަހުގެ މިހާތަނަށް ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކޮށްފައިވާ މީހުންގެ އަދަދު ވަނީ ދަށްވެފައެވެ. ފެބްރުއަރީ މަހު 8،629 މީހަކު ބޭރަށް ހިންގާ ހޮޑު ލެވޭތީ ޑޮކްޓަރަށް ދައްކާފައިވެއެވެ. އަދި މެއި މަހު 44 މީހުން ވަނީ ޑޮކްޓަރަށް ދައްކާފައެވެ.

.gif&w=1920&q=75)
