logo
MPL

MPL

ޚަބަރު

އައިޕީޔޫގެ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް މަޖިލިސް ރައީސް ތުރުކީ އަށް

މުޙައްމަދު އަފްރާޙް
13 އޭޕްރީލު 2026 - 17:11
އައިޕީޔޫގެ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް މަޖިލިސް ރައީސް ތުރުކީ އަށް

އިންޓަ-ޕާލިމެންޓަރީ ޔުނިއަން (އައިޕީޔޫ) ގެ 152 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ތުރުކީ އަށް ފުރާވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މި ދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ގާނޫނުހަދާ މަޖިލިސްތަކުގެ މަންދޫބުން އެއްތަންވެ، ބައިނަލްއަގްވާމީ މުހިންމު މައްސަލަތަކާ މެދު މަޝްވަރާކުރާ މި ބޮޑު އެސެމްބްލީގައި ދިވެހިރާއްޖެ ތަމްސީލުކުރުން ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތުރުކީވިލާތުގެ ގްރޭންޑް ނޭޝަނަލް އެސެމްބްލީން ހޯސްޓުކޮށްގެން ބާއްވާ އައިޕީޔޫގެ 152 ވަނަ އެސެމްބްލީ ކުރިއަށްދާނީ މި މަހުގެ 15 އިން 19 އާ ހަމައަށް ހިލްޓަން އިސްތަންބޫލް ބޮމޮންޓީ ހޮޓެލް އެންޑް ކޮންފަރެންސް ސެންޓަރުގައެވެ.

މީގެ އިތުރުން، އެހެން ގައުމުތަކުގެ ގާނޫނުހަދާ މަޖިލިސްތަކުގެ އިސްވެރިންނާއެކު ގުޅުން ބަދަހިކުރެއްވުމަކީ ވެސް މި ދަތުރުފުޅުގެ މަގުސަދެއް އަދި އަމާޒެއްކަމަށް ބުނެއެވެ.

މަޖިލީހުގެ ރައީސްގެ އަރިހުގައި ރާއްޖޭގެ ގާނޫނުހަދާ މަޖިލީހުގެ ވަފުދެއް ވެސް މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވައެވެ. މިއަހަރުގެ އެސެމްބްލީގެ މައިގަނޑު ޝިއާރަކީ "މުސްތަގްބަލުގެ ޖީލުތަކަށް އުންމީދު އާލާކޮށް، ސުލްހަ ކަށަވަރުކޮށް އަދި އިންސާފު ގާއިމުކުރުން" މިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮޕް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު ތުރުކީއަށް ފުރާވަޑައިގެންފިޚަބަރު | ގަޑިއިރެއް ކުރިންބަޖެޓް ބަހުސް ފަށައިފިޚަބަރު | 19 ގަޑިއިރު ކުރިންމަރުގެ އަދަބު ކަނޑައެޅުމާއި އަދަބު ތަންފީޒުކުރުމާބެހޭ ބިލް މަޖިލީހަށްޚަބަރު | ދުވަހެއް ކުރިންބަޖެޓް ކޮމިޓީގެ މުގައްރިރަކަށް ސަލީމުޚަބަރު | 6 ދުވަސް ކުރިން