logo
Bank of Maldives

Bank of Maldives

ދުނިޔެ

ޙައްޖާއި ގުޅޭ ދޮގު އިޝްތިހާރުތަކެއް ފެތުރި މިޞްރުގެ މީހަކު މައްކާގައި ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
15 އޭޕްރީލު 2026 - 13:50
ޙައްޖާއި ގުޅޭ ދޮގު އިސްތިހާރު ކުރި މީހަކު މައްކާ ފުލުހުން ހައްޔަރުކޮށްފައި
ޙައްޖާއި ގުޅޭ ދޮގު އިސްތިހާރު ކުރި މީހަކު މައްކާ ފުލުހުން ހައްޔަރުކޮށްފައި

ސައުދީ އަރަބިއްޔާގެ މައްކާ ފުލުހުން، ޙައްޖުގެ އަޅުކަމާ ގުޅޭގޮތުން އޮޅުވާލައިގެން ދޮގު އިޝްތިހާރުތަކެއް ފެތުރި މިޞްރުގެ ރައްޔިތަކު ހައްޔަރުކޮށްފިއެވެ.

މައްކާ ރީޖަންގެ ފުލުހުން މިޞްރުގެ މި ރައްޔިތަކު ހައްޔަރުކުރީ، އޮޅުވާލައިގެން ޙައްޖުގެ އެކި ޚިދުމަތްތައް ދޭނެކަމަށް ބުނެ އިޝްތިހާރު ކުރުމާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޭނާ ހައްޔަރުކުރީ މުޤައްދަސް ބިނާތަކަށް ވަނުމަށް ބޭނުންވާ ފޭކު ހުއްދަތަކެއް ދޭނެކަމަށް ބުނެ ސޯޝަލް މީޑިއާގައި އިޝްތިހާރު ކުރަމުންދަނިކޮށް ފެނުމާ ގުޅިގެން ކަމަށް ސައުދީގެ ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

މި މައްސަލައިގައި ހައްޔަރުކުރި މީހާއާ މެދު މިހާރު ވަނީ ޤާނޫނީ ފިޔަވަޅު އަޅައި، އިތުރަށް ތަޙުޤީޤު ކުރުމަށްޓަކައި ޕަބްލިކް ޕްރޮސެކިއުޝަނަށް ފޮނުވާފައެވެ.

މިއީ ޙައްޖުގެ މޫސުމާ ދިމާކޮށް އޮޅުވާލައިގެން ފައިސާ ހޯދުމަށް ކުރާ މަސައްކަތްތައް ހުއްޓުވުމަށް ސައުދީ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގި އޮޕަރޭޝަނެކެވެ.

ޖެނެރަލް ޑައިރެކްޓްރޭޓް އޮފް ޕަބްލިކް ސެކިއުރިޓީން ވަނީ ސައުދީ ރައްޔިތުންނާއި އެޤައުމުގައި ދިރިއުޅޭ ބޭރު މީހުން ޙައްޖުގެ ޤަވާއިދުތަކާއި އުޞޫލުތަކަށް ފުރިހަމައަށް ބޯލެނބުމަށް އިލްތިމާސްކޮށްފައެވެ. އަދި ޙައްޖުގެ ޚިދުމަތްތައް ހޯދުމުގައި ރަސްމީ ވަސީލަތްތައް ބޭނުންކުރުމަށް ވަނީ އިރުޝާދު ދީފައެވެ.

މީގެ އިތުރުން، ޤަވާއިދާ ޚިލާފުވާ ފަރާތްތަކުގެ މަޢުލޫމާތު، މައްކާ، ރިޔާޟް، މަދީނާ އަދި އިރުމަތީ ޕްރޮވިންސްގައި ނަމަ 911 އަށް، އަދި ސައުދީގެ އެހެން ސަރަޙައްދުތަކުގައި ނަމަ 999 އަށް ގުޅައި ރިޕޯޓްކުރުމަށް ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ އެދިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަތްކަނޑުން ދަތުރުކުރި ސައުދީގެ އާގުބޯޓަކަށް ހަމަލާދީފިދުނިޔެ | 4 ގަޑިއިރު ކުރިންސަޢޫދީ އަށް ދިން ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިޚަބަރު | 9 ދުވަސް ކުރިން1.5 މިލިއަނަށްވުރެ ގިނަ ހައްޖުވެރިން މިނާއިން އަރަފާތަށް ދިޔުމަށް ތައްޔާރު ވަނީޚަބަރު | 2 މަސް ކުރިންހައްޖުވެރިންގެ އެހީތެރިންނަށް ހާއްސަ ތަމްރީނުތަކެއް ދިނުމަށް ނިންމައިފިޚަބަރު | 3 މަސް ކުރިން