logo
MPL

MPL

ދުނިޔެ

ރަތްކަނޑުން ދަތުރުކުރި ސައުދީގެ އާގުބޯޓަކަށް ހަމަލާދީފި

މުހައްމަދު މޫސާމުހައްމަދު މޫސާ
23 ޖުލައި 2026 - 07:50
ރަތްކަނޑުން ދަތުރުކުރި ސައުދީގެ އާގުބޯޓަކަށް ހަމަލާދީފި

ސައުދީ އަރަބިއްޔާގެ ކުންފުންޏަކުން އޮޕަރޭޓްކުރާ އާގުބޯޓަކަށް ރަތްކަނޑުން ދަތުރުކުރަނިކޮށް ހަމަލާއެއް ދީފިއެވެ.

ސައުދީގެ ޖެނެރަލް އޮތޯރިޓީ ފޯ ޓްރާންސްޕޯޓުން ހާމަކޮށްފައިވާ ގޮތުގައި، މި ހަމަލާގެ ސަބަބުން ބޯޓުގެ ކުރީކޮޅުގައި އަލިފާން ރޯވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ އޮތޯރިޓީގެ މަސްއޫލުވެރި މަސްދަރަކުން މައުލޫމާތު ދިން ގޮތުގައި، ހަމަލާ އަމާޒުވެފައިވަނީ "އެންސެލިއާ" ނަމަކަށް ކިޔާ ބޯޓަކަށެވެ. ބޯޓަށް ހަމަލާދިން ވަގުތު އޭގައި ތިބި ހުރިހާ ފަޅުވެރިންގެ ހާލު ރަނގަޅު ކަމަށާއި، އެންމެން ސަލާމަތްވެފައިވާ ކަމަށް އެ އިދާރާއިން ކަށަވަރުކޮށްދެއެވެ.

މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ވަނީ ބޯޓާއި އޭގެ ފަޅުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ކަނޑުގެ މާހައުލަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅާފައެވެ.

ސައުދީ ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފައިވަނީ، ވިޔަފާރި ކުރާ އާގުބޯޓުފަހަރަށާއި އެ ތަކެތީގައި މަސައްކަތްކުރާ ފަޅުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭ ބައިނަލްއަގުވާމީ ގާނޫނުތަކާ މިފަދަ ހަމަލާތައް ކަނޑައެޅިގެން ޚިލާފު ކަމަށެވެ. މި ހަމަލާއަކީ ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ ނިޒާމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި އެ ފަރާތުން ސިފަކުރެއެވެ.

ސައޫދީގެ ދެ ބޯޓަކަށް ހަމަލާދީފައިވާކަމަށް ޔަމަނުގެ ހޫތީން ވަނީ ބުނެފައެވެ. ޔަމަނުގެ ހޫތީންނާއި ސައޫދީ އާއި ދެމެދު އޮތް ހަނގުރާމަ ބަދަލުކުރުމުގެ އެއްބަސްވުމަށް ސައޫދީން ނިމުންގެނެސް ހޫތީންގެ އަމާޒުތަކަށް ދިން ހަމަލާއާއި ގުޅިގެން ދެ ފަރާތުގެ މަޝްރަޙް ވަނީ ގޯސްވެ ކުރިމަތިލުންތަކަކަށް ބަދަލުވެފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރާއްޖެއާއެކު އޮތީ އަޚްވަންތަކަމުގެ މިސާލީ ގުޅުމެއް، ތަރައްޤީއަށް ސަޢޫދީގެ ފުރިހަމަ އެހީ ލިބޭނެ: ސަފީރުޚަބަރު | މަހެއް ކުރިން''ރާއްޖެއާއި ސައުދީގެ ގުޅުން އައު ބާބަކަށް, އިންވެސްޓްމަންޓްތަކަށް ބޮޑެތި ފުރުސަތުތަކެއް''ޚަބަރު | މަހެއް ކުރިންރަތްކަނޑުން ދަތުރުކުރި ސައުދީގެ އާގުބޯޓަކަށް ހަމަލާދީފިދުނިޔެ | 3 މަސް ކުރިންސަޢޫދީ އަށް ދިން ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިޚަބަރު | 3 މަސް ކުރިން