logo
Bank of Maldives

Bank of Maldives

ޚަބަރު

ބަންދުގައި ހުއްޓާ ނިޔާވި މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި

މަރިޔަމް މާޙީ
16 އޭޕްރީލު 2026 - 04:31
ބަންދުގައި ހުއްޓާ ނިޔާވި މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފި

މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބަންދުގައި ހުއްޓާ ނިޔާވި މީހާގެ ހަށިގަނޑު، އޭނާ ނިޔާވި ސަބަބު ދެނެގަތުމަށްޓަކައި ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ނިންމައިފި އެވެ.

މި ހާދިސާގައި ނިޔާވެފައި ވަނީ މ. ރޭއަލިވާގެއާގެ، އަޙްމަދު ނަވްޝާދު (41އ) އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި، ނަވްޝާދު ބަންދު ގޮޅީގެ ތެރޭގައި ވެއްޓިފައި އޮއްވާ ފެނިގެން 2026 އޭޕްރީލް 15 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ވަނީ އައި.ޖީ.އެމް.އެޗް ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. ނަމަވެސް، ހޮސްޕިޓަލުން މަޢުލޫމާތު ދީފައިވާ ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވަނީ ނިޔާވެފަ އެވެ.

ފުލުހުން ބުނީ، އޭނާ ނިޔާވީ ފުލުހުންގެ ބަންދުގައި ހުއްޓާ ކަމަށްވާތީ، މަރުގެ ސަބަބު ކަށަވަރުކުރުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި، ފުލުހުން ވަނީ މި ހާދިސާގެ މަޢުލޫމާތު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރު.ސީ.އެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެން.އައި.ސީ) އަށް ވެސް ހިއްސާކޮށްފަ އެވެ. މިފަދަ ހާދިސާތަކުގައި އަމަލުކުރާ އުސޫލުގެ ދަށުން، މި މައްސަލަ މިހާރު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަންދުގައި ހުއްޓާ ނިޔާވި މީހާގެ ޕޯސްޓްމޯޓަމް ހަދަން ނިންމައިފިޚަބަރު | 2 ގަޑިއިރު ކުރިންމިޔަރެއްގެ ހަމަލާއިން ދިރިއުޅުމަށް ބަނަކަން، ފައިބުރިކޮށްލި ސްޕޭންގެ ޑޮކްޓަރު މަރާ ހަނގުރާމަކުރަނީޚަބަރު | 4 ގަޑިއިރު ކުރިންހަނީމޫނަށް ރާއްޖެއަށް އައި ފަތުރުވެރިއަކަށް މިޔަރެއް ހަމަލާދީގެން ފައި ބުރިކޮށްލަން ޖެހިއްޖެޚަބަރު | 12 ގަޑިއިރު ކުރިން17 އަހަރުގެ ކުއްޖަކު ބަލިވެ އިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިޚަބަރު | 15 ގަޑިއިރު ކުރިން