logo
Bank of Maldives

Bank of Maldives

ޚަބަރު

ޑެންގީ އިތުރުވާތީ ސަމާލުވުމަށް އަންގައިފި!

އައިޝަތު ނަޝާ
16 އޭޕްރީލު 2026 - 13:46
ޑެންގީ އިތުރުވާތީ ސަމާލުވުމަށް އަންގައިފި!

ރާއްޖޭގެ އެކި ހިސާބުތަކުން ޑެންގީ ޖެހިގެން ރިޕޯޓް ކުރާ މީހުންގެ އަދަދު މި ދުވަސްވަރު އިތުރުވެފައިވާތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިފިއެވެ.

ރާޢްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާ ގުޅިގެން ޑެންގީ، ޗިކުންގުންޔާ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކުރިއަށް އޮތް މަސްތަކުގައި ޚާއްސަކޮށް އެޕްރީލްއިން ޖުލައިއަށް އިތުރު ވެގެންދާނެ ކަމަށް އެޗްޕީއޭއިން ވަނީ ލަފާކޮށްފައެވެ. އެހެންކަމުން މިފަދަ ބަލިތައް މަދުކުރުމަށް ދައުލަތުގެ މުއައްސަސާތަކާއި، ސިޓީ/ރަށު ކައުންސިލްތަކާއި، ކުންފުނިތަކާއި، އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކާއި، ވަކިވަކި ފަރުދުން ގުޅިގެން ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމެއް ކަމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

މިގޮތުން ޞިއްޙީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކުން ޑެންގީގެ އަލާމާތްތައް އަވަހަށް ދެނެގަނެ ފަރުވާ ދިނުމަށާއި، ބަލި މީހުންގެ ހާލަތު ގާތުން ބަލާ ފޮލޯ-އަޕްކޮށް، ރަށުގައި ބަލި އުޅޭ މިންވަރު ގާތުން މޮނިޓަރ ކުރުމަށްފަހު އެޗް.ޕީ.އޭއަށް ޤަވާއިދުން ރިޕޯރޓް ކުރުމަށް ވަނީ އަންގާފައެވެ.

އަދި ކައުންސިލްތަކުން ޑެންގީ ކޮންޓްރޯލް ކުރުމަށް ޓާސްކްފޯސް އެލުލަވާލައި ރަށް ސާފުކުރުމަށާއި، އާންމުން ހޭލުންތެރިކުރުން ފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަކީ މުހިންމު ކަމެއް ކަމަށް ބުނެފައިވެއެވެ. މީގެއިތުރުން ސްކޫލްތަކުން ކޮންމެ ހަފުތާއަކު 1 ފަހަރު ސްކޫލުގެ ގޯތިތެރެ ބަލައި ފާސްކޮށް، މަދިރި އާލާވާ ތަންތަން ނައްތާލުމާއި، ޑެންގީ އިން ރައްކާތެރިވުމާއި ގުޅޭގޮތުން ދަރިވަރުން ހޭލުންތެރިކުރުން މުހިންމު ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ވަނީ، ރިސޯޓުތަކާއި ކޮންސްޓްރަކްޝަން ސައިޓު އަދި އިންޑަސްޓްރިއަލް ރަށްތަކުން ހަފުތާއަކު 1 ފަހަރު ރަށުގެ އެކި ސަރަހައްދުތައް ބަލައި ފާސްކޮށް، މަދިރި އާލާވާގޮތަށް ހުންނަ ތަންތަނާއި، ތަކެތި ނައްތާލައި ސާފުކުރުމަށް އެދިފައެވެ. އަދި ކުންފުނިތަކާއި، ޖަމިއްޔާ ޖަމާޢަތްތަކުންވެސް މަދިރި އުފެދޭ ތަންތަން ނައްތާލައި، މިމަސައްކަތް ކުރުމަށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، ހޭލުންތެރި ކުރުމުގެ މަސައްކަތްތައް ކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން އާންމު ފަރުދުންވެސް މަދުވެގެން ހަފުތާއަކު 1 ފަހަރު ގެއާއި ގޯތިތެރޭގައި ފެންހަރުލާ ގޮތަށް ހުންނަ ތަކެތި ބަލައި ފަސްކޮށް، މަދިރި އާލާނުވާނެ ގޮތަށް ސާފުކޮށް، މަދިރި ހެފުމުން ރައްކާތެރިވުމުގެ އިތުރުން ޑެންގީ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޞިއްޙީ ފަރުވާ ހޯދުމަށްވެސް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްޕީއޭއިން ބުނީ، ޑެންގީ ކޮންޓްރޯލް ކުރުމަށް ކަމާއި ގުޅުންހުރި އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މި ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމު ކަމަކީ، މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމާއި، މަދިރި ހެފުމުން ރައްކާތެރިވުމާއި، ޑެންގީ ޖެހިއްޖެނަމަ ޞިއްޙީ ޚިދުމަތްތެރިއެއްގެ އިރުޝާދުގެ މަތިން އަވަހަށް ފަރުވާ ހޯދުން ކަމަށްވާތީ މިކަން ކަމަށް އިތުރަށް ސަމާލުވުމަށްވެސް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑެންގީ އިތުރުވާތީ ސަމާލުވުމަށް އަންގައިފި!ޚަބަރު | 2 ގަޑިއިރު ކުރިންޑެންގީ ހުން ޖެހިގެން މިދިޔަ މަހު އެކަނި 535 މީހަކު ރިޕޯޓުކޮށްފައިވޭ!ޚަބަރު | 3 ދުވަސް ކުރިންޑެންގީހުމާއި ރޯގާ އިތުރުވާތީ ސަމާލުވުމަށް އެދިއްޖެޚަބަރު | 3 މަސް ކުރިންދުންފުހުގެ ސަބަބުން، މަތިންދާ ބޯޓު ދަތުރުކުރާ ޤަވާއިދަށް ބަދަލުތަކެއް ގެނެސްފިޚަބަރު | 3 މަސް ކުރިން