logo
Bank of Maldives

Bank of Maldives

ޚަބަރު

ކުޑަކުއްޖަކު ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް ފެންމަތިވެއްޖެ!

އައިޝަތު ނަޝާ
17 އޭޕްރީލު 2026 - 14:23
ފުލުހުންގެ މައި މަރުކަޒު
ފުލުހުންގެ މައި މަރުކަޒު

އުމުރުން އެންމެ 8 އަހަރުގެ ކުޑަ އަންހެން ކުއްޖެއް ގަހެއްގައި ބަނދެ އަނިޔާކުރި މައްސަލައެއް ފުލުހުން ތަހުޤީގުކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ، އަޕަރ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި އުމުރުން 8 އަހަރުގެ އަންހެން ކުއްޖަކު ގަހެއްގައި ބަނދެ، އެ ކުއްޖާއަށް ޖިސްމާނީ އަދި ނަފްސާނީ އަނިޔާ ލިބި ކަރާމާތަށް އުނިކަން އަންނާނެފަދަ އަމަލެއް ހިންގި މައްސަލައެއް މިއަދު 13:10 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައާ ގުޅިގެން، ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ތަހުގީގުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މި ހާދިސާ ދައްކުވައިދޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.އެ ވީޑިއޯތަކުން ފެންނަނީ ކުޑަ އަންހެން ކުއްޖަކު ފުރަގަހަށް ދެ އަތްލާފައި، ބަނދެފައި ހުރި މަންޒަރެވެ.

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެއެވެ.

 

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑައިވަރުން ގެއްލުނު ހާދިސާގައި އުޅަނދުގެ އޮޕަރޭޓިންގ ލައިސަންސް ހިފަހައްޓައިފިޚަބަރު | 3 ގަޑިއިރު ކުރިންކަނޑައެޅިފައިވާ ސަރަހައްދުތަކުން ބޭރުގައި، އެއްވުންތައް ބޭއްވުމުގެ ފުރުސަތު ނުދޭނަން: ފުލުހުންޚަބަރު | ދުވަހެއް ކުރިންފުލުހުންގެ މައުލޫމާތުގެ ކުށެއް: ޑައިވިންގ އަށް ދިޔަތަނުން މަރުވީ އެންމެ މީހެއްޚަބަރު | 2 ދުވަސް ކުރިންޑައިވިންއަށް ދިޔަ ފަސް މީހުން މަރުވެފައި އޮއްވައި ފެނިއްޖެ ޚަބަރު | 2 ދުވަސް ކުރިން