logo
MPL

MPL

ޚަބަރު

ޖިނާއީ ބޮޑެތި ކުށްތައް ކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
17 އޭޕްރީލު 2026 - 16:55
ޖިނާއީ ބޮޑެތި ކުށްތައް ކުރަމުންދިޔަ ބިދޭސީންތަކެއް ހައްޔަރުކޮށްފި

މަސްތުވާތަކެތި ގެންގުޅުމާއި، އޭގެ ބޭނުންކުރުމުގެ އިތުރުން ޖުވާކުޅުން ފަދަ ގާނޫނާ ހިލާފު ޖިނާއީ ބޮޑެތި އަމަލުތަކެއް ހިންގަމުންދިޔަ ގިނަ އަދަދެއްގެ ބިދޭސީންތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި މީހުން އަތުލައިގަނެފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ 2026 އޭޕްރީލް 16 ވަނަ ދުވަހު، ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ޖުމްލަ 38 ފިރިހެނުންނެވެ. މި މީހުންނަކީ ރާއްޖޭގައި ތިބެ ގާނޫނާ ހިލާފު އެކި އަމަލުތައް ހިންގުމުގައި އިސްކޮށް އުޅޭ ބައެއް ކަމަށް ތުހުމަތު ކުރެވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ، މި މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން، އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ރާއްޖެއިން ފޮނުވާލުމަށްޓަކައި (ޑީޕޯޓްކުރުމަށްޓަކައި) މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި، ކުށްތަކަށް އަރައިގަންނަ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، މިފަދަ އޮޕަރޭޝަންތައް ފުލުހުން ދަނީ މާލެއާއި އަތޮޅުތެރޭގައި މެދުނުކެނޑި ހިންގަމުންނެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިސޯޓެއްގެ ފަޅުގައި އޮތް ލޯންޗެއްގައި އަލިފާން ރޯވެ، ކެޕްޓަން ފިހިއްޖެޚަބަރު | 21 ގަޑިއިރު ކުރިންފުލުހުންގެ ކޮންސްޓަބަލްގެ ވަޒީފާއަށް އިއުލާން ކޮށްފި، މުސާރަ އަކީ 15،500ޚަބަރު | 8 ދުވަސް ކުރިންޝާހިދު ބަންދުކުރުން: ބަންދަން 30 ދުވަސް ޖަހައިފިޚަބަރު | 8 ދުވަސް ކުރިންނަޞްރުގެ ދުވަހުގެ ހަރަކާތްތަކަށް ޓްރެފިކް ފްލޯއަށް ބަދަލުތަކެއް: ބައެއް މަގުތައް ބަންދު!ޚަބަރު | 9 ދުވަސް ކުރިން