logo
Bank of Maldives

Bank of Maldives

ޚަބަރު

ދިހަ ވަޒީރަކު އިސްތިއުފާ ދެއްވީ ސަރުކާރުން ގެންނަން ބޭނުންވާ އިސްލާހުތަކަށް މަގުފަހިކޮށްދިނުމުގެ ހެޔޮ ނިޔަތުގައި: ތަރުޖަމާނު

މުހައްމަދު މޫސާމުހައްމަދު މޫސާ
17 އޭޕްރީލު 2026 - 19:27
މުންދު، ފޮޓޯ: ޕީއެސްއެމް
މުންދު، ފޮޓޯ: ޕީއެސްއެމް

ސަރުކާރުގެ 10 ވަޒީރަކު މަގާމުން އިސްތިއުފާ ދެއްވީ ސަރުކާރުން ގެންނަން ބޭނުންވާ އިސްލާހުތަކަށް މަގުފަހިކޮށްދިނުމުގެ ހެޔޮ ނިޔަތުގައި ކަމަށް ރައީސް އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ހުކުރު ދުވަހުގެ ރޭ ވާހަކަދައްކަވަމުން މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވީ، ވަޒީރުންގެ މަޖިލީހަށް މި ގެނައި ބަދަލުތަކާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުންދިޔަ ނަމަވެސް، އެ ބޭފުޅުން އިސްތިއުފާ ދެއްވީ ސަރުކާރުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. މިއީ ސަރުކާރުގެ މަޝްރޫޢުތަކުގެ ދުވެލި ހަލުވިކޮށް، ރައްޔިތުން ބޭނުންވާ ކަންތައްތަކުގައި އަމަލީ ކުލަ ޖެއްސުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވި ގޮތުގައި، ދައުރުގެ މެދުތެރެއިން މިފަދަ ވަރުގަދަ ނިންމެވުމެއް ނިންމެވުމަކީ ވަރަށް މަދު ވެރިޔަކަށް ނޫނީ ނަންގަވަން ކެރިވަޑައިނުގަންނަވާނެ ފަދަ ނިންމެވުމެކެވެ. މިއީ ރައްޔިތުންގެ އަޑުއަހައި، ކަންކަން އިސްލާހު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ކުރެއްވި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ވަރަށް މަދު ސަރުކާރެއް ނުވަތަ ވަރަށް މަދު ވެރިންނަށް ނޫނިއްޔާމު ކެރިވަޑައިނުގަންނަވާނެ ނުވަތަ އެހާ ފަސޭހަފުޅެއް ނުވާނެ ދައުރުގެ މެދުތެރެއިން ނަންގަވަންޖެހޭ ވަރަށް ވަރުގަދަ ވަރަށް ކެރޭ ޑިޒިޝަންތަކެއް ނަންގަވާފަ، ރައްޔިތުންނޭ މުހިންމީ، އަޑުއައްސަވާފީމޭ، އިސްލާހުތަކެއް ގެންނަންޖެހޭ، ބަދަލުތަކެއް ގެންނަންޖެހޭ، ކަންތައްތަކެއް އެބަޖެހޭ ރަނގަޅުކުރަން،" މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ ހުރިހާ ނިންމެވުންތަކެއްވެސް ބިނާވެފައިވަނީ ގާނޫނުއަސާސީއަށް އިހުތިރާމްކުރުމާއި، ދެފުށް ފެންނަ އުސޫލުތަކުގެ މައްޗަށް ކަމަށްވެސް ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ. މި ބަދަލުތަކާއެކު ސަރުކާރުގެ ހިންގުމުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މި ސަރުކާރުން ބަހަނާއެއް ނެތި ހުރަސް ފާރުތައް ފަޅާލާފަ ވެސް ވައުދު ފުއްދާނެ: މުންދުޚަބަރު | 20 ދުވަސް ކުރިންސަރުކާރުންވެފައިވާ ގިނަ ވައުދުތަކެއް ފުއްދައިފި، ނުފުއްދި ހުރި ވައުދުތައް ހުރީ ތަންފީޒާ މަރުހަލާގައި: ތަރުޖަމާންޚަބަރު | 20 ދުވަސް ކުރިންރައީސް އޮފީހުގެ މުޝީރުކަމުން އާދަމް ނަސީރު އިސްތިއުފާދެއްވައިފިޚަބަރު | 2 މަސް ކުރިންމަހުގެ ޓެރިފް ކަނޑާލުުމުން މާކެޓްގެ ތެރެއަށް އިތުރު ދިވެހި ކުންފުނިތައް ވަންނާނެކަމުގެ ޔަގީންކަން އެބައޮތް: ތަރުޖަމާނުޚަބަރު | 2 މަސް ކުރިން