logo
MPL

MPL

ޚަބަރު

މި ސަރުކާރުން ބަހަނާއެއް ނެތި ހުރަސް ފާރުތައް ފަޅާލާފަ ވެސް ވައުދު ފުއްދާނެ: މުންދު

އައިޝަތު ނަޝާ
5 ޖުލައި 2026 - 05:52
މެންދުރު ޓީވީގެ މިސްރާބު ޕްރޮގްރާމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވާހަކަފުޅު ދައްކަވަނީ. -ފޮޓޯ/މެންދުރު ޓީވީ
މެންދުރު ޓީވީގެ މިސްރާބު ޕްރޮގްރާމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވާހަކަފުޅު ދައްކަވަނީ. -ފޮޓޯ/މެންދުރު ޓީވީ

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަކީ ކަންކަން ނުވާނޭ ބުނެ ބަހަނާ ދައްކާނެ ވެރިއެއް ނޫންކަމަށާއި،ހުރަސް ފާރުތައް ފަޅާލާފަ ނަމަވެސް ރައްޔިތުންނަށް ވެފައިވާ ވައުދުތަށް އެމްނިކުފާނު ފުއްދަވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

މެންދުރު ޓީވީން ގެނެސްދޭ "މިސްރާބު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، ރައިސް ޑރ. މުހައްމދު މުއިއްޒު އަށް އެންމެ މުހިންމީ ރައްޔިތުންގެ އިތުބާރު ކަމަށާއި،އެހެންކަމުން ރެޔާދުވާލު މަސަައްކަތްކޮށްގެން ވެސް އެމަނިކުފާނުވީ ވައުދުތައް ހަޤީގަތަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށްށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"މި ދައުރު ނިމުމުގެ ކުރިން އެންމެ ބޮޑު އިސްކަމެއް ދީގެން މަސައްކަތްތަށް ނިންމަން މަސައްކަތްކުރާނީ.އަޅުގަނޑުމެން އިޤްތިސާދު އޮތީ މިހެންނޭ ނުވަތަ ދުނިޔޭގެ ހަނގުރާމައޭ ބުނުމުން ގިނަބޭފުޅުން އަޑުއައްސަވާނީ އެއީ ބަހަނާގެ ގޮތުގައި.މީ ބަހަނާ ދައްކާނެ ސަރުކާރެއް ނޫން.މިއީ އެސްކިއުސް ދައްކަވާފަ މިވަނި ކަމެއް ނުވާނޭވިދާޅުވާނެ ރައީސް އެއް ވެސް ނޫން.އެސްކިއުސް ހުރިނަމަވެސް އަޅުގަނޑުމެން ފާރެއް އިނަސް އެ ފާރު ފަޅާލާފަ ފާރު ތެރެއިން ގޮއްސަ ވެސް އަޅުގަނޑުމެން ދެންނެވި ކަމެއް ވެއްޖެއްވާ އިރާދަކުރެއްވިއްޔާ ކުރާނަން" މުންދު

މުންދު ވިދާޅުވީ ރައީސްގެ މި ދައުރު ނިންމާ ހިސާބަށް ދާއިރު ،ނުވަތަ ދެ ވަނަ ދައުރު ފަށާއިރު އަމާޒަކީ، ފުރަތަމަ ދައުރުގައިކޮށްފައި ހުރި ހުރިހާ މަސައްކަތްތަކެއްގެ އަލީގައި ރާއްޖޭގެ ތަރައްޤީ އިތުރު ހިސާބަކަށް ގެންދިއުމަށް ކަމަށެވެ.އަދި ނިންމާފައި ހުރި މަސައްކަތްކާއި،ލިބިފައިހުރި ތަޖުރިބާއަކާއި، އަދި ހާސިލް ކޮށްފައިވާ ކާމިޔާބީތަކުގެ އަލީގައި، ރައީސް ޑރ.މުއިއްޒު ގެ ތަސައްވަރުގެ 2.0 ގެ ހުށަހަޅާނެ ކަމަށް ވެސް މުންދު ވިދާޅުވިއެވެ.

ސަރުކާރުންވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތް އަދި ވެސް ގިނަމަށް ވިދާޅުވެ، މުންދުވިދާޅުވީ، ރައީސް ކަނޑަ އަޅުއްވާފައިވާ ލަނޑުދަނޑި އަށް ވާސިލްވުމަށްޓަކައި ސަރުކާރުގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށެވެ. އަދި މިއަހަރާއި މިއަންނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަސްތެރޭގަޔާއި 2028 ވަނަ އަހަރުތެރޭ ގިނަ ވައުތުތަކެއް ފުއްދޭނެ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވެވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް އޮފީހުން ނީލަން ކީ ކަތުރުފަނި އެޅި މޭޒެއް، ރައީސުން ބޭނުންކުރެއްވި މޭޒުކޮޅެއް ނޫންޚަބަރު | 2 ގަޑިއިރު ކުރިންއިދިކޮޅު ފަރާތްތައް ކުރެހުމުގައި ދެމިތިއްބަވާ، މި ސަރުކާރުން ތަންފީޒުކުރުމުގައި ދެމިތިބޭނަން: އިސް ތަރުޖަމާނުޚަބަރު | މަހެއް ކުރިންމި ސަރުކާރުން ބަހަނާއެއް ނެތި ހުރަސް ފާރުތައް ފަޅާލާފަ ވެސް ވައުދު ފުއްދާނެ: މުންދުޚަބަރު | 2 މަސް ކުރިންސަރުކާރުންވެފައިވާ ގިނަ ވައުދުތަކެއް ފުއްދައިފި، ނުފުއްދި ހުރި ވައުދުތައް ހުރީ ތަންފީޒާ މަރުހަލާގައި: ތަރުޖަމާންޚަބަރު | 2 މަސް ކުރިން