logo
MPL

MPL

ޚަބަރު

ސަރުކާރުންވެފައިވާ ގިނަ ވައުދުތަކެއް ފުއްދައިފި، ނުފުއްދި ހުރި ވައުދުތައް ހުރީ ތަންފީޒާ މަރުހަލާގައި: ތަރުޖަމާން

އަޙުމަދު ރިޝާން
5 ޖުލައި 2026 - 05:05
މެންދުރު ޓީވީގެ މިސްރާބު ޕްރޮގްރާމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވާހަކަފުޅު ދައްކަވަނީ. -ފޮޓޯ/މެންދުރު ޓީވީ
މެންދުރު ޓީވީގެ މިސްރާބު ޕްރޮގްރާމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވާހަކަފުޅު ދައްކަވަނީ. -ފޮޓޯ/މެންދުރު ޓީވީ

 ސަރުކާރަށް ދެ އަހަރާބައި ވެފައިވާއިރު ގިނަ ވައުދުތައް ފުއްދާފައިވާ ކަމަށާއި ނުފުއްދި ހުރި ވައުދުތައް ހުރީ ތަންފީޒީ މަރުހަލާގައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

މުންދު މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ މެންދުރު ޓީވީގެ މިސްރާބު ޕްރޮގްރާމަށް ދެއްވި ހާއްސަ އިންޓަވިއު އެއްގަ އެވެ. މުންދު ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރޭގައި ކުދި އަދި ބޮޑެތި ވައުދުތައް ހިމެނިވަޑައިގަންނަވާ ކަމަށެވެ. ހައުސިން މަޝްރޫއު މިސާލެއްގެ ގޮތުގައި ނަންގަވާ މުންދު ވިދާޅުވީ ބޮޑެތި ވައުދުތަކީ ހިތްވަރެއް ލައިގެން ފަސް އަހަރުގެ ދައުރެއްގައި ނޫނީ ނިންމާ ނުލެވޭނެ ބޮޑެތި ކަންކަން ކަމަށެވެ. އެކަން ކަމަށް ރައްޔިތުންގެ މަޝްވަރާއާއި އިންވެސްޓްމެންޓާއި ބިން ކަނޑައެޅުން ކަހަލަ މަރުހާލާތައް ބޭނުންވާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވެވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުދުނު ވައުދުތަކުގެ ތެރޭގައި ވަތަނީ ހިދުމަތުގެ ވައުދު ހިމެނޭ ކަމަށް މުންދު ވިދާޅުވި އެވެ. އެގޮތުން ކޮންމެ އަހަރަކު 1،000 ޒުވާނުން ލީޑަރުންގެ ގޮތުގައި ތަމްރީނު ކުރުމަށް ނިންމާފައިވާއިރު، ތިން ބުރެއްގެ މަތިން 1،000 ވުރެ ގިނަ ޒުވާނުންނަށް އެ ފުރުސަތުދީފައިވާ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ސަރުކާރުންވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތް އަދި ވެސް ގިނަމަށް ވިދާޅުވެ، ވާހަކަ ދައްކަވަމުން މުންދުވިދާޅުވީ، ރައީސް ކަނޑަ އަޅުއްވާފައިވާ ލަނޑުދަނޑި އަށް ވާސިލްވުމަށްޓަކައި ސަރުކާރުގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާ ކަމަށެވެ. އަދި މިއަހަރާއި މިއަންނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަސްތެރޭގަޔާއި 2028 ވަނަ އަހަރުތެރޭ ގިނަ ވައުތުތަކެއް ފުއްދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް އޮފީހުން ނީލަން ކީ ކަތުރުފަނި އެޅި މޭޒެއް، ރައީސުން ބޭނުންކުރެއްވި މޭޒުކޮޅެއް ނޫންޚަބަރު | 2 ގަޑިއިރު ކުރިންއިދިކޮޅު ފަރާތްތައް ކުރެހުމުގައި ދެމިތިއްބަވާ، މި ސަރުކާރުން ތަންފީޒުކުރުމުގައި ދެމިތިބޭނަން: އިސް ތަރުޖަމާނުޚަބަރު | މަހެއް ކުރިންމި ސަރުކާރުން ބަހަނާއެއް ނެތި ހުރަސް ފާރުތައް ފަޅާލާފަ ވެސް ވައުދު ފުއްދާނެ: މުންދުޚަބަރު | 2 މަސް ކުރިންސަރުކާރުންވެފައިވާ ގިނަ ވައުދުތަކެއް ފުއްދައިފި، ނުފުއްދި ހުރި ވައުދުތައް ހުރީ ތަންފީޒާ މަރުހަލާގައި: ތަރުޖަމާންޚަބަރު | 2 މަސް ކުރިން