logo
ދިވެހިރާއްޖެއާއި ފޯޅަވައްސާ ދެމެދުގައިވާ ކަނޑުގެ ސަރަޙައްދު - ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޝަނެއް އުފައްދަވައިފިMPL

MPL

ޚަބަރު

މަހުގެ ޓެރިފް ކަނޑާލުުމުން މާކެޓްގެ ތެރެއަށް އިތުރު ދިވެހި ކުންފުނިތައް ވަންނާނެކަމުގެ ޔަގީންކަން އެބައޮތް: ތަރުޖަމާނު

މުހައްމަދު މޫސާމުހައްމަދު މޫސާ
23 މޭ 2026 - 20:08
މަހުގެ ޓެރިފް ކަނޑާލުުމުން މާކެޓްގެ ތެރެއަށް އިތުރު ދިވެހި ކުންފުނިތައް ވަންނާނެކަމުގެ ޔަގީންކަން އެބައޮތް: ތަރުޖަމާނު

އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ ދިވެހި މަހުގެ އުފެއްދުންތަކުން ނަގާ ޓެރިފް ކަނޑާލުމާއެކު، މާކެޓްގެ ތެރެއަށް ދިވެހި އަމިއްލަ ކުންފުނިތައް ވަންނާނެކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތްކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވިދާޅުވެއްޖެއެވެ.

ތަރުޖަމާނު މިހެން ވިދާޅުވީ "ޕްރެސަރ ވިތު ދަ ސްޕޮކްސް" ސިލްސިލާގެ ދަށުން މިއަދު ބޭއްވި މިސިލްސިލާގެ 4 ވަނަ ބައްދަލުކުރެއްވުމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ ދިވެހި މަހުގެ އުފެއްދުންތަކުން މިހާރު ނަގަމުންދާ 20 އިންސައްތައިގެ ޓެރިފް، 2026 މޭ 20 އިން ފެށިގެން ދެ އަހަރު ދުވަހުގެ މުއްދަތަށް ކަނޑާލުމަށް ވަނީ ނިންމާފައެވެ. މި މުހިންމު ލުޔަކީ ރައީސުލްޖުމްހޫރިއްޔާ އިނގިރޭސި ސަރުކާރާއެކު ކުރެއްވި މުހިންމު މަޝްވަރާތަކުގެ ނަތީޖާއެއްކަން ތަރުޖަމާނު ފާހަގަކުރެއްވިއެވެ.

މި ބަދަލާއެކު ރާއްޖެއިން އިނގިރޭސިވިލާތަށް މަސް އެކްސްޕޯޓްކުރާ މިންވަރު 25 މިލިއަން ޑޮލަރުން 50 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ސަރުކާރުން އުއްމީދުކުރެއެވެ.

ތަރުޖަމާނު ވިދާޅުވި ގޮތުގައި، މި ޙާލަތުގައި ސަރުކާރުން ބަރޯސާވާނީ ހަމައެކަނި ދައުލަތުގެ ކުންފުންޏަށް ނޫން ކަމަށާއި، އަމިއްލަ ކުންފުނިތަކުގެ ދައުރު މި ސިނާއަތުގައި ބޮޑުވެގެންދާނެއެވެ.

މިހާރު އިނގިރޭސިވިލާތަށް ކަޅުބިލަމަސް އެކްސްޕޯޓްކުރާ ޤައުމުތަކުގެ ތެރެއިން ރާއްޖެ އޮތީ 9 ވަނައިގައެވެ. ނަމަވެސް، ޓެރިފް ކަނޑާލުމުން ލިބޭ ފުރުޞަތުގެ ބޭނުން ހިފައި، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެކްސްޕޯޓްގެ އަދަދު ދެގުނަވެގެންދިއުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރިޔަށް އަންނަ ރިއަލް އެސްޓޭޓް މަޝްރޫއުތައް ރާއްޖޭގެ އެކި ސަރައްހައްދުތަކަށް ބަހާލައިގެން ކުރިޔަށް ގެންދާނަން: މުންދުޚަބަރު | 6 ގަޑިއިރު ކުރިންރައީސްގެ މާލީ ބަޔާން ދޫނުކުރާ ކަމަށް ބުނެ 'އަދަދު' ނޫހުން ސިޔާސީ ބޭނުމުގައި ހެދީ ބޮޑު ދޮގެއް: ތަރުޖަމާނުޚަބަރު | 25 ދުވަސް ކުރިން“ ޕީއެންސީންގެ މަތީ މަޖިލީހަކީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި ބޭއްވޭ އެންމެ ތަފާތު އެއް ބައްދަލުވުން”ޚަބަރު | 2 މަސް ކުރިންރިސޯޓުތަކުގެ އާމްދަނީގެ %40 މާރުކުރަން ނިންމި ނިންމުމަކީ މަޓީއަށް ސަޕްރައިޒެއް ނޫން: ތަރުޖަމާނުޚަބަރު | 2 މަސް ކުރިން