logo
Bank of Maldives

Bank of Maldives

ޚަބަރު

ރިސޯޓުތަކުގެ އާމްދަނީގެ %40 މާރުކުރަން ނިންމި ނިންމުމަކީ މަޓީއަށް ސަޕްރައިޒެއް ނޫން: ތަރުޖަމާނު

މުހައްމަދު މޫސާމުހައްމަދު މޫސާ
6 ސެޕްޓެމްބަރު 2026 - 18:51
މުންދު، ފޮޓޯ: ޕީއެސްއެމް
މުންދު، ފޮޓޯ: ޕީއެސްއެމް

ރިސޯޓްތަކުގެ އާމްދަނީގެ %40 ކޮންމެ މަހަކު މާރުކުރަން ޖެހޭ ގޮތަށް ޤާނޫނަށް ގެނައި ބަދަލަކީ ޓޫރިޒަމް ސިނާއަތާ މަޝްވަރާކޮށްގެން ނިންމި ނިންމުމެއް ކަމަށް ވިދާޅުވެފައިވާ ވާހަކައާ ގުޅުވައިގެން، ބައެއް މީޑިއާތަކުގައި ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފާ މެދު ކޮށްފައިވާ ތުހުމަތުތަކަކީ ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިކަމާ ގުޅިގެން ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ދައުރު ނޫހުގައި "ބުހުތާނު ދޮގެއް: އާމްދަނީގެ %40 މާރުކުރުވަނީ ޓޫރިޒަމާ މަޝްވަރާކޮށްފައި ކަމަށް ބުނުން" މި ސުރުޚީގެ ދަށުން ޝާއިއުކޮށްފައިވާ ޚަބަރުގައި އެއީ ސަރުކާރުން މަޝްވަރާނުކޮށް ނިންމި "ސަޕްރައިޒެއް" ކަމަށާއި ތަރުޖަމާނު ހެއްދެވީ ދޮގެއް ކަމަށް ކޮށްފައިވާ ތުހުމަތުތަކަކީ އެއްވެސް ހަޤީޤަތެއް ނެތް ތުހުމަތުތަކެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބޭރު ފައިސާއާބެހޭ ޤާނޫނަށް ގެނެވުނު އިޞްލާޙު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިދިޔަ އޮގަސްޓް މަހުގެ 31 ގައި ތަޞްދީޤުކުރެއްވިއިރު، ކެޓެގަރީ އޭ ގެ ޓޫރިޒަމް އެސްޓެބްލިޝްމަންޓްތަކުން ގްރޮސް ސޭލްސްގެ %40 މާރުކުރަން ޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ. އަދި ކެޓެގަރީ ބީ ގެ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރު ނުވަތަ ގްރޮސް ސޭލްސްގެ %20 މާރުކުރަންޖެހޭ ގޮތަށް ވަނީ ކަނޑައަޅައިފައެވެ. ސަރުކާރުން ވިދާޅުވީ ޤާނޫނަށް މި ގެނެވުނު ބަދަލުތަކާ ގުޅޭގޮތުން މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އާއެކު އެއްފަހަރަށްވުރެ ގިނަ ފަހަރު އަދި ވަކިވަކި ވެރިންނާވެސް މަޝްވަރާކުރެވިފައިވާ ކަމަށެވެ.

އެގޮތުން، ފާއިތުވި އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ފުޅާ ދާއިރާއެއްގެ މަޝްވަރާ ބައްދަލުވުމެއްގައި، ކެބިނެޓްގެ ވަޒީރުން ކަމަށްވާ ޢަލީ އިޙްސާނާއި، ޙަސަން ޒަރީރާއި، މުޙައްމަދު ސަޢީދާއި، މުޙައްމަދު އަމީންގެ އިތުރުން ބަންޑާރަނައިބު އަޙްމަދު އުޝާމާއި އެމްއެމްއޭގެ ގަވަރުނަރު އަޙްމަދު މުނައްވަރު ބައިވެރިވެވަޑައިގެންނެވި ކަމަށް ބަޔާނުގައިވެއެވެ. އަދި މަޓީގެ ފަރާތުން ވައިސް ޗެއަރމަނާއި، ސެކްރެޓަރީ ޖެނެރަލް އަދި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ހިމެނޭހެން 6 އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވި ކަމަށާއި، މި ބައްދަލުވުން ހިނގައިދިޔަކަން މަޓީގެ ޕްރެސް ރިލީޒުންވެސް އެނގެން އޮތް ކަމަށް ފާހަގަކުރެއްވިއެވެ.

ވީމާ، މަޓީއާ މަޝްވަރާކޮށްފައި ނުވާ ކަމަށާއި އަދި މި ނިންމުމަކީ މަޓީއަށް ލިބުނު ކުއްލި ސަޕްރައިޒެއް ކަމަށް ބުނެ ފަތުރަމުންދަނީ ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށާއި، ބައެއް މީޑިއާތަކަށް މިކަން ސާފުވެފައި ނުވާތީ މި ހަޤީޤަތްތައް ހާމަކުރެއްވީ ކަމަށް ތަރުޖަމާނު ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިސޯޓުތަކުގެ އާމްދަނީގެ %40 މާރުކުރަން ނިންމި ނިންމުމަކީ މަޓީއަށް ސަޕްރައިޒެއް ނޫން: ތަރުޖަމާނުޚަބަރު | 44 މިނިޓު ކުރިންރައީސް އޮފީހުން ނީލަން ކީ ކަތުރުފަނި އެޅި މޭޒެއް، ރައީސުން ބޭނުންކުރެއްވި މޭޒުކޮޅެއް ނޫންޚަބަރު | 14 ދުވަސް ކުރިންސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ބޭރުގެ ދަރަނިތައް އަދާކުރުމަށް: ތަރުޖަމާންޚަބަރު | 2 މަސް ކުރިންހަރަދު ކުޑަކުރަން ލަފާ ދިނަސް، ރައްޔިތުންނާ ސީދާ ގުޅުންހުރި ކަންކަން ހުއްޓާނުލެވޭނެ: ތަރުޖަމާންޚަބަރު | 2 މަސް ކުރިން