logo
ދިވެހިރާއްޖެއާއި ފޯޅަވައްސާ ދެމެދުގައިވާ ކަނޑުގެ ސަރަޙައްދު - ރާއްޖެއިން ޢަމަލުކުރި ގޮތް ތަޙުޤީޤުކުރަން ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ކޮމިޝަނެއް އުފައްދަވައިފިMPL

MPL

ޚަބަރު

ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ބޭރުގެ ދަރަނިތައް އަދާކުރުމަށް: ތަރުޖަމާން

ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ބޭރުގެ ދަރަނިތައް އަދާކުރުމަށް: ތަރުޖަމާން

އިޤްތިޞާދީ ދާއިރާއިން ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ބޭރުގެ ދަރަނިތައް އަދާކުރުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު މުޙައްމަދު ހުސައިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.

"ޕްރެސަރ ވިތު ދަ ސްޕޮކްސް" ސީރީޒްގައި ވާހަކަދައްކަވަމުން ތަރުޖަމާނު ވިދާޅުވީ، ބޭރުގެ ދަރަންޏެއް ނުދެއްކި، ދަރަނި ޑީފޯލްޓްވެއްޖެ ނަމަ އެކަމުގެ ނޭދެވޭ އަސަރު މުޅި ޤައުމަށް ކުރާނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ އިޤްތިޞާދީ ހާލަތަކީ ނާޒުކު ހާލަތެއްގެ ގޮތުގައި ސިފަކުރައްވަމުން، އެތެރޭގެ ދަރަނި މިވަގުތު އޮތީ ސަރުކާރުން އެންމެ ހިތްހަމަޖެހޭ މިންވަރުގައި ނޫންކަމަށް މުންދު ފާހަގަކުރެއްވިއެވެ. ނަމަވެސް، ރާއްޖެއަށް ބޭނުންވާ ތެޔޮ އެތެރެކުރުމާއި، މުވައްޒަފުންގެ މުސާރަ އަދި ބޭސްފަރުވާ ފަދަ އަސާސީ ކަންކަން ފުރިހަމަ ނުކޮށް އިޤްތިޞާދު ރަނގަޅުކުރުމަކީ ސަރުކާރުގެ ވިސްނުމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އެތެރޭގެ ދަރަނީގެ މައްސަލައާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުންދު ވިދާޅުވީ، "އަޅުގަނޑުމެންގެ ޑޮމެސްޓިކް ޑެޓް އަޅުގަނޑުމެން ހިތްހަމަ ޖެހޭ ވަރަށްވުރެ މާ ހައި. ރޭޖުއަލީ އިން ސްޓޭޖަސް އެ މެނޭޖްކުރެވޭނެ. އެކްސްޓާނަލް ޑެޓް ކުރިން އޮތް ހިސާބުން ޑޮމެސްޓިކް ޑެޓަށް ޗޭންޖެސް ގެނެސްގެން ކުރިޔަށް ގެންދަން އުދަގޫވީސް." މި މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނީ މަރުހަލާތަކަކަށް ބަހާލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ބައިނަލްއަޤްވާމީ މާލީ އިދާރާތަކުން ޚަރަދުކުޑަކުރުމަށް އިރުޝާދު ދީފައިވީ ނަމަވެސް، ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަން ހުއްޓާލުމުގެ ވިސްނުމެއް ސަރުކާރުގެ ނެތްކަން ތަރުޖަމާނު ހާމަކުރެއްވިއެވެ. އަދި މިއަހަރުގެ ސެޕްޓެންބަރު މަހު ދައްކަންޖެހޭ ދަރަނީގެ ޕޭމަންޓް ދެއްކޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި މި ސަރުކާރުން ވަނީ 1.29 ބިލިޔަން ޑޮލަރުގެ ދަރަނި އަދާކޮށްފައެވެ. މީގެ އިތުރުން، ޖީޑީޕީގެ ނިސްބަތުން ރާއްޖޭގެ ޖުމްލަ ބޭރު ދަރަނި މިއަހަރުގެ މެއި މަހުގެ ނިޔަލަށް ވަނީ 44.5 އިންސައްތައަށް ދަށްކުރެވިފައެވެ. ބައިނަލްއަޤުވާމީ މާލީ އިދާރާތަކުންވެސް ދަނީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުވަމުން އަންނަކަން ފާހަގަކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސްގެ މާލީ ބަޔާން ދޫނުކުރާ ކަމަށް ބުނެ 'އަދަދު' ނޫހުން ސިޔާސީ ބޭނުމުގައި ހެދީ ބޮޑު ދޮގެއް: ތަރުޖަމާނުޚަބަރު | 25 ދުވަސް ކުރިންރިސޯޓުތަކުގެ އާމްދަނީގެ %40 މާރުކުރަން ނިންމި ނިންމުމަކީ މަޓީއަށް ސަޕްރައިޒެއް ނޫން: ތަރުޖަމާނުޚަބަރު | 2 މަސް ކުރިންރައީސް އޮފީހުން ނީލަން ކީ ކަތުރުފަނި އެޅި މޭޒެއް، ރައީސުން ބޭނުންކުރެއްވި މޭޒުކޮޅެއް ނޫންޚަބަރު | 2 މަސް ކުރިންސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ބޭރުގެ ދަރަނިތައް އަދާކުރުމަށް: ތަރުޖަމާންޚަބަރު | 4 މަސް ކުރިން