logo
MPL

MPL

ޚަބަރު

ރައީސް އޮފީހުން ނީލަން ކީ ކަތުރުފަނި އެޅި މޭޒެއް، ރައީސުން ބޭނުންކުރެއްވި މޭޒުކޮޅެއް ނޫން

މުހައްމަދު މޫސާމުހައްމަދު މޫސާ
23 އޯގަސްޓު 2026 - 09:52
ރައީސް އޮފީހުން ނީލަން ކީ ކަތުރުފަނި އެޅި މޭޒެއް، ރައީސުން ބޭނުންކުރެއްވި މޭޒުކޮޅެއް ނޫން

ރާއްޖޭގެ ފަސް ރައީސުން ބޭނުންކުރެއްވި ތާރީޚީ މޭޒުކޮޅެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނީލަމުގައި ވިއްކައިލި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައިވާ މޭޒަކީ، ދިވެހިރާއްޖޭގެ އެއްވެސް ރައީސަކު އެއްވެސް ދުވަސްވަރެއްގައި ބޭނުންފުޅުކުރައްވާފައިވާ ރަސްމީ މޭޒުކޮޅެއް ނޫން ކަމަށް ސަރުކާރުން ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މުހައްމަދު ވަހީދު ހަސަން މަނިކާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އިތުރުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ބޭނުންފުޅު ކުރެއްވި މޭޒެއް ނީލަމުގައި ވިއްކާލާފައިވާ ކަމަށް ބުނެ އެ މޭޒުގެ ފޮޓޯއާ އެކު ސޯޝަލް މީޑިއާގައި އަންނަނީ ދައުރުކުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސޯޝަލް މީޑިއާގައި ދައުރުކުރަމުން އަންނަ މި މޭޒު 12500 ރުފިޔާއަށް ނީލަމުގައި ވިއްކާލާފައިވާކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.

އެކަމާ ގުޅިގެން މުންދު މިއަދު ނެރުއްވި ބަޔާނެއްގައި ބުނީ، ދައުރުކުރާ ފޮޓޯގައި ފެންނަ މޭޒު ރައީސް އޮފީހުން ނީލަމަށްލާފައިވަނީ ކަތުރުފަނިއެޅުމުގެ ސަބަބުން ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ، ބަލަހައްޓަން ދަތިވުމުގެ ސަބަބުން، ދައުލަތުގެ މިފަދަ މުދާ ނީލަމަށްލުމަށް އޮންނަ އުސޫލުތަކާއި އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

މީގެއިތުރުން، އެ އޮފީހުން މިފަދަ ފަރުނީޗަރުތައް ނީލަމަށް ލަނީ ދައުލަތުގެ ނިޝާން ހަރުކޮށްފައިވާ ނަމަ، އެ ނިޝާން ނައްޓައިލުމަށް ފަހުގައި ކަން ތަރުޖަމާނު ވިދާޅުވިއެވެ.

ތަރުޖަމާނު ވިދާޅުވީ، ޚަބަރުތަކާއި ފޮޓޯތަކުން ފެންނަ މޭޒަށް ކޮންމެވެސް ފަރާތަކުން ބަދަލުތަކެއް ގެނެސް، އެއީ ކުރީގެ ރައީސުން ބޭނުންކުރެއްވި ރަސްމީ މޭޒުކޮޅެއްގެ ގޮތުގައި ދައްކަން މީޑިއާ މެދުވެރިކޮށް މަސައްކަތް ކޮށްފައިވާ ކަމަށެވެ.

އެ ފަދަ ހަބަރެއް ޝާއިއުކުރުމުގެ ކުރިން ސީދާ ކަމާ ބެހޭ ރަސްމީ އިދާރާތަކުން އެކަމުގެ ސައްހަ މައުލޫމާތު ހޯދައި އަދި ރަސްމީ ގޮތުން ކަށަވަރުކުރުމަކާ ނުލައި ހަގީގަތާ ހިލާފަށް ރައްޔިތުންނަށް އޮޅޭ ގޮތަށް އެފަދަ މައުލޫމާތު އާއްމު ނުކުރެއްވުމަށް މުންދުގެ ބަޔާނުގައި ވަނީ އިލްތިމާސްކުރައްވައިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް އޮފީހުން ނީލަން ކީ ކަތުރުފަނި އެޅި މޭޒެއް، ރައީސުން ބޭނުންކުރެއްވި މޭޒުކޮޅެއް ނޫންޚަބަރު | ގަޑިއިރެއް ކުރިންއިދިކޮޅު ފަރާތްތައް ކުރެހުމުގައި ދެމިތިއްބަވާ، މި ސަރުކާރުން ތަންފީޒުކުރުމުގައި ދެމިތިބޭނަން: އިސް ތަރުޖަމާނުޚަބަރު | މަހެއް ކުރިންމި ސަރުކާރުން ބަހަނާއެއް ނެތި ހުރަސް ފާރުތައް ފަޅާލާފަ ވެސް ވައުދު ފުއްދާނެ: މުންދުޚަބަރު | 2 މަސް ކުރިންސަރުކާރުންވެފައިވާ ގިނަ ވައުދުތަކެއް ފުއްދައިފި، ނުފުއްދި ހުރި ވައުދުތައް ހުރީ ތަންފީޒާ މަރުހަލާގައި: ތަރުޖަމާންޚަބަރު | 2 މަސް ކުރިން