logo
Bank of Maldives

Bank of Maldives

ޚަބަރު

ފަޅުރަށަކަށް ދަތުރު ދިޔަ ބަޔަކަށް ފެނުނު ފަސް ފޫޓްގެ ކިނބުލެއް ހިފައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
18 އޭޕްރީލު 2026 - 09:52
ކިނބޫ ހިފައިގެން ނައިފަރަށް ގެނެސް ސިފައިންނާ ހަވާލުކުރަން ތައްޔާރުވަނީ، ފޮޓޯ: ސޯޝަލް މީޑިއާ
ކިނބޫ ހިފައިގެން ނައިފަރަށް ގެނެސް ސިފައިންނާ ހަވާލުކުރަން ތައްޔާރުވަނީ، ފޮޓޯ: ސޯޝަލް މީޑިއާ

ޅ. އަތޮޅުގެ ފަޅުރަށަކަށް ދަތުރުދިޔަ ބަޔަކަށް ފެނުނު ފަސް ފޫޓު ދިގު ކިނބުލެއް ހިފައި، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިންނާ ހަވާލުކޮށްފިއެވެ.

އެމްއެންޑީއެފުން މަޢުލޫމާތު ދީފައިވާ ގޮތުގައި މި ކިނބޫ ފެނިފައިވަނީ ޑިންގީއެއްގައި ޅ. އަތޮޅު ދިއްދޫ ނަމަކަށް ކިޔާ ފަޅުރަށަށް ދަތުރުދިޔަ ބަޔަކަށެވެ. މި ކިނބޫ ފެނިފައިވަނީ މިއަދު ހެނދުނު 07:00 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދިގުމިނުގައި 5 ފޫޓު ހުރި މި ކިނބޫ ފެނުމާއެކު، އެ ރަށަށް ދަތުރުދިޔަ މީހުން ވަނީ އެ ހިފައިގެން ޅ. ނައިފަރަށް ގެންގޮސްފައެވެ.

672671200_1004734512217255_6734759545382058161_n.jfif

ކިނބޫ ސިފައިންނާ ހަވާލުކުރަނީ، ފޮޓޯ< ސޯޝަލް މީޑިއާ

 

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ ޅ. ނައިފަރު ޕޮލިސް ސްޓޭޝަންގެ ފަރާތުން މިއަދު ހެނދުނު 10:51 ހާއިރުއެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ވަނީ ހާބަރކްރާފްޓެއްގައި ނައިފަރަށް ގޮސްފައެވެ. އަދި އެ ކިނބޫ މިހާރު ވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެންގޮސް، ޅ. މާފިލާފުއްޓަށް ގެންގޮސްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަޅުރަށަކަށް ދަތުރު ދިޔަ ބަޔަކަށް ފެނުނު ފަސް ފޫޓްގެ ކިނބުލެއް ހިފައިފިޚަބަރު | 2 ގަޑިއިރު ކުރިންވާރޭވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތަށް ސިފައިން ނުކުމެއްޖެޚަބަރު | 2 ދުވަސް ކުރިންހުޅުމާލޭގެ ފޭސް 1 ގެ ވޯޓަރ ޕާކް ތެރޭގައި އަލިފާން ރޯވެއްޖެޚަބަރު | 4 ދުވަސް ކުރިންރިސޯޓެއްގެ ރެސްޓޯރަންޓެއްގައި އަލިފާން ރޯވެއްޖެޚަބަރު | 6 ދުވަސް ކުރިން