logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް ދެއްވީ ރަހުނުކުރި 4 ބިމެއް ސަލާމަތްކުރެއްވިކަމުގެ އުފާވެރި ޚަބަރު!

ޒިދާން މުޙައްމަދު
19 އޭޕްރީލު 2026 - 05:33
ރައީސް ދެއްވީ ރަހުނުކުރި 4 ބިމެއް ސަލާމަތްކުރެއްވިކަމުގެ އުފާވެރި ޚަބަރު!

ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙްގެ ސަރުކާރުން ސްކޫކް ނަގާފައިވަނީ ސަރުކާރުގެ ހަތަރު ބިމެއް ރަހުނުކޮށްފައި ކަމަށާއި މި ސަރުކާރުން މިހާރު އެ ތަންތަން ސަލާމަތްކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިމް ވިދާޅުވީ، ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އއ. އަތޮޅުން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އއ. ރަސްދޫގައި ބޭއްވި ޖަލްސާއަށް ވަޑައިގެން އެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުން ނަގާފައިވާ 524 މިލިޔަން ޑޮލަރުގެ ސްކޫކް، ގައުމު ބަނގުރޫޓުވިޔަނުދީ ދައްކާ ޚަލާސްކޮށްފައިވާ ކަމަށެވެ. ރައީސް ވިދާޅުވީ، މި ސްކޫކް ދައްކާފައިވަނީ ސަރުކާރުގެ ހަކަތައިން ގައުމުގެ އިތުރު އެއްވެސް ހަރުމުދަލެއް ނުވިއްކައި އިތުރު އެއްވެސް ދަރަންޏެއް ނުނަގައި ކަމަށެވެ.

ސަރުކާރާ ދެކޮޅު ފަރާތްތަކުން މި ސްކޫކް ނުދައްކައޭ ބުނި ނަމަވެސް އެކަމުގެ ލިޔެކިޔުންތައް އެމްއެމްއޭއާއި މާލީ ވުޒާރާގައި ހުންނާނެކަން ފާހަގަކުރައްވަމުން، ރައީސް ވިދާޅުވީ، މި ސްކޫކް ކުރީ ސަރުކާރުން ނަގާފައިވަނީ ސަރުކާރުގެ މުހިންމު ހަތަރު ބިމެއް ރަހުނުކޮށްފައި ކަމަށެވެ.

އެއީ ދަރުމަވަންތަ ހޮސްޕިޓަލް އިމާރާތާއި، އިސްކަންދަރު ސްކޫލްގެ ބިމާއި، އައިޖީއެމްއެޗްގެ ބިމާއި، ފިނޭންސް މިނިސްޓްރީ ބިމެވެ.

އެމަނިކުފާނު ވިދާޅުވީ، އިތުރު ތަންތަންވެސް މިގޮތަށް ރަހުނުކޮށްފައި އެބަހުރި ކަމަށާއި އެތަންތަންވެސް ސަލާމާތްކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި މިދިޔަ ދެ އަހަރުގެ ތެރޭގައި ގިނަ ދަރަނި ތަނެއް ދައްކާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އަތޮޅުތަކުގެ ރަށްރަށުގެ ތަރައްގީއަށް ހަތަރު ބިލިޔަން ރުފިޔާގެ މަޝްރޫއު އެތައް ސަތޭކަ ދިވެހި ކުންފުނިތަކާއި ހަވާލުކޮށްފައި ކަމަށާއި، އެ މަޝްރޫޢުތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް ސަރުކާރުގެ މަސައްކަތްތައް އިތުރު ބާރުމިނެއްގައި ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ދިވެހި ސަރުކާރުން 2021ވަނަ އަހަރު ބައިނަލްއަގުވާމީ މާލީ ބާޒާރަށް ދޫކޮށްފައިވާ 500 މިލިޔަން އެމެރިކާ ޑޮލަރުގެ ސުކޫކު ދައްކައި މުޅިން ޚަލާސްކޮށްފައި ވަނީ މިމަހުގެ 2 ވަނަ ދުވަހުއެވެ. މި ސުކޫކަކީ 2021 ވަނަ އަހަރު އޭރުގެ ސަރުކާރުން، އޭގެ ކުރީގެ ސަރުކާރުން ނަގާފައިވާ 250 މިލިޔަން ޑޮލަރުގެ "ސަނީ ސައިޑް" ބޮންޑު އަދާކުރުމަށް ވިއްކި ސުކޫކެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ދެއްވީ ރަހުނުކުރި 4 ބިމެއް ސަލާމަތްކުރެއްވިކަމުގެ އުފާވެރި ޚަބަރު!ޚަބަރު | 2 ގަޑިއިރު ކުރިން ވޯޓު ދިން މީހެކޭ ނުދޭ މީހެކޭ ތަފާތުކޮށްގެން ނުވާނެ، އެންމެން ހަމަހަމަވާންޖެހޭނެ: ރައީސްޚަބަރު | 15 ގަޑިއިރު ކުރިންރައީސަކަށް ރަސްދޫއިން ދެންނެވި އެންމެ ހޫނު މަރުހަބާ ރައީސް ޑރ. މުޢިއްޒުއަށް!ޚަބަރު | 18 ގަޑިއިރު ކުރިންރައްޔިތުންގެ ވިންދަން ފަސްޖެހުމެއްނެތް ޚިދުމަތްތަކުގެ އައު ބާބެއްރިޕޯޓް | 2 ދުވަސް ކުރިން