ގުޅީފަޅުން 160 އަށްވުރެ ގިނަ ބިން ހަވާލުކޮށްފި
19 އޭޕްރީލު 2026 - 06:51

ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް ބިން ހަވާލުކުރުމުގެ މަސައްކަތުގެދަށުން މިހާތަނަށް 160 އަށްވުރެ ގިނަ ބިން ހަވާލުކޮށްފައިވާކަމަށް ހައުސިންގ މިނިސްޓްރީން ބުނެފިއެވެ.
ގުޅިފަޅުން އަލުން ބިން ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ، އެތަނުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުގެ ދަށުންނެވެ. ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައީ، އެތަނުގައި ދިރިއުޅޭނެ އާބާދީއަށް އެކަށީގެންވާ ޚިދުމަތްތައް ޤާއިމުކުރުމަށް ބޮޑެތި ބަދަލުތައް ގެނައުމަށެވެ. އެތަނުން ބިން ލިބުނު މީހުންނަށް ގޯތި ލިބޭ ސަރަޙައްދާއި ޕްލޮޓް ކަނޑައެޅުމަށް، އައު ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ވަނީ ގުރުއަތު ނަގާފައެވެ.
އެއްބަސްވުމުގައި ސޮއިކުރުމާއި ރަޖިސްޓްރީ ހަވާލުކުރުމުގެ އިތުރުން ބިން ހަވާލުކުރުމުގެ މަސައްކަތް ވެސް މިހާރުވެސް ކުރިއަށްދާއިރު، މިހާތަނަށް 2972 މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށް، ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓްރީން ބުނެއެވެ. އަދި 169 މީހުންނާ ވަނީ ބިން ހަވާލުކޮށްފައެވެ.
ގުޅިފަޅުން 7 ސައިޒެއްގެ ބިން ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. މީގެތެރޭގައި 1250 އަކަފޫޓާއި 3650 އަކަފޫޓާއި ދެމެދުގެ ސައިޒުގެ ގޯތި ހިމެނެއެވެ.

Ad by Hajj Corporation
ގުޅިފަޅުން ދޫކުރާ ގޯތީގެ ތަފްސީލް:
1250 އަކަފޫޓުގެ 669 ގޯތި
1650 އަކަފޫޓުގެ 1234 ގޯތި
2050 އަކަފޫޓުގެ 916 ގޯތި
2450 އަކަފޫޓުގެ 473 ގޯތި
2850 އަކަފޫޓުގެ 158 ގޯތި
3250 އަކަފޫޓުގެ 49 ގޯތި
3650 އަކަފޫޓުގެ 21 ގޯތި


