އިންތިހާބުގެ ދާއިމީ ނަތީޖާ: ޕީއެންސީއަށް 584 ގޮނޑި، އެމްޑީޕީއަށް 563 ގޮނޑި
19 އޭޕްރީލު 2026 - 11:04

މި މަހުގެ ހަތަރުވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީއަށް 584 ގޮނޑި ލިބިފައިވާއިރު، އިދިކޮޅު އެމްޑީޕީއަށް ލިބިފައިވަނީ 563 ގޮނޑި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ދާއިމީ ނަތީޖާއިން ދައްކައިފިއެވެ.
މި އިންތިހާބުގައި އެއްވަރުވި ގޮނޑިތަކަށް އަލުން މީހުން އިންތިހާބު ކުރުމަށް އިއްޔެ ވަނީ ދެވަނަ ބުރު ބާއްވާފައެވެ. ދެ ބުރުގެ ވޯޓުލުން ނިމި ދާއިމީ ނަތީޖާ މިއަދު އީސީ އިން ވަނީ އިއުލަނުކޮށްފައެވެ.

Ad by Hajj Corporation
މި އިންތިޚާބުގައި 1346 ކެންޑިޑޭޓުން އިންތިޚާބު ކޮށްފައިވާއިރު، އޭގެ ތެރެއިން ފަސް ސިޓީ ފިޔަވާ އެހެން ހުރިހާ ދާއިރާތަކަކުން ގިނަ ގޮނޑި ކާމިޔާބުކުރީ ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީ އިންނެވެ. ޕީއެންސީ އިން 584 (ޖުމްލަ ގޮނޑިން އެއްވަނަ) ކާމިޔާބުކުރި އިރު، މައި އިދިކޮޅު ޕާޓީ އެމްޑީޕީން ވަނީ 563 ގޮނޑި ކާމިޔާބު ކޮށްފައެވެ. މިނިވަން ފިކުރުގެ ކެނޑިޑޭޓުން 169 ގޮނޑި ކާމިޔާބު ކުރި އިރު، ކޯލިޝަން ބައިވެރިންނާއި ކުދި ޕާޓީތަކުން 35 ގޮނޑި ކާމިޔާބު ކުރިއެވެ.
ޕީއެންސީން ކައުންސިލް ރައީސްގެ 75 ގޮނޑި ޕީއެންސީން ކާމިޔާބުކުރި އިރު، އެމްޑީޕީއަށް ލިބުނީ 73 ގޮނޑި އެވެ. ކައުންސިލްތަކުގައި އަންހެނުންނަށް ޚާއްސަކުރި ގޮނޑިތަކުން 101 ގޮނޑި ޕީއެންސީގެ ކެންޑިޑޭޓުން ކާމިޔާބު ކުރި އިރު، އެމްޑީޕީގެ ކެންޑިޑޭޓުންނަށް ކާމިޔާބު ކުރެވުނީ 88 ގޮނޑި އެވެ. އަދި މިނިވަން ފިކުރުގެ ކެނޑިޑޭޓުން ވަނީ 30 ގޮނޑި ކާމިޔާބުކޮށްފައެވެ. ކައުންސިލް މެންބަރު ކަމުގެ 99 ގޮނޑި ޕީއެންސީ އިން ހޯދިއިރު، އެމްޑީޕީއަށް ލިބިފައި ވަނީ 82 ގޮނޑި އެވެ. އަދި މިނިވަން ފިކުރުގެ ކެނޑިޑޭޓުން ވަނީ 36 ގޮނޑި ކާމިޔާބުކޮށްފައެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސާ އިންގެ 84 ގޮނޑި ޕީއެންސީ އަށް ލިބިފައިވާއިރު، އެމްޑީޕީއަށް ލިބުނީ 60 ގޮނޑި އެވެ. މިނިވަން ފިކުރުގެ ކެނޑިޑޭޓުންނަށް ލިބުނީ 26 ގޮނޑިއެވެ. ކޮމެޓީތަކުގެ މެންބަރުންގެ 216 ގޮނޑި ޕީއެންސީއަށް ލިބުނު އިރު، އެމްޑީޕީއަށް ލިބުނީ 167 ގޮނޑި އެވެ. އަދި މިނިވަން ފިކުރުގެ ކެނޑިޑޭޓުންނަށް ލިބުނީ 51 ގޮނޑިއެވެ.
ސިޓީތަކުގެ ނަތީޖާއިން އެމްޑީޕީވީ ވަނީ ކުރި ހޯދާފައެވެ. އެގޮތުން ސިޓީތަކުގެ 45 ގޮނޑި އެމްޑީޕީން ހޯދިއިރު ޕީއެންސީއަށް ލިބުނީ ފަސް ގޮނޑި އެވެ. ސިޓީތަކުގެ ކޮމެޓީތަކުން އެމްޑީޕީން 42 ގޮނޑި ހޯދި އެވެ. ޕީއެންސީއަށް ލިބުނީ 4 ގޮނޑި އެވެ.
އިންތިހާބުގައި އެކި ދާއިރާތަކަށް އިންތިހާބުވި ކައުންސިލަރުން ހުވާކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ.


