logo
Bank of Maldives

Bank of Maldives

ޚަބަރު

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުއުފުލިގެންދިޔުމަކީ ސަރުކާރަށް ކޮންޓްރޯލްކުރެވޭނެ ކަމެއްނޫން: މިނިސްޓަރ ސައީދު

އައިޝަތު ނަޝާ
19 އޭޕްރީލު 2026 - 13:09
ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުއުފުލިގެންދިޔުމަކީ ސަރުކާރަށް ކޮންޓްރޯލްކުރެވޭނެ ކަމެއްނޫން:މިނިސްޓަރ ސައީދު

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުއުފުލިގެން ދާ ދިޔުމަކީ ސަރުކާރަށް ކޮންޓްރޯލްކުރެވޭނެ ކަމެއްނޫންކަމަށާއި،އެހެންނަމަވެސް ރާއްޖެއަށް އާންމުކޮށް އެތެރެކުރާ އެއްވެސް ބާވަތެއްގެ މުދަލެއް ރާއްޖޭން ނުލިބި ނުދާނެކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދުމުޢިއްޒު އުފެއްދެވި ވަޒީރުންގެ ޚާއްޞަ ކޮމިޓީއިން މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ،އަސާސީ ކާބޯތަކެތީގެ ގޮތުގައި ހިމެނޭ ތަކެތީގެ އަގު ސަރުކާރުން މެނޭޖް ކުރާނެ ކަމަށާއި ބާޒާރުގައި އޭގެން އެއްވެސް ބާވަތެއްގެ އަގު އުފުލިގެން ނުދާނެކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ހަނގުރާމަ ފެށުންއިރު ހުރި ފްރެއިޓް ކޯސްޓްތަށް މިހާރު ހިނގައްޖެ އެތައް ގުނައެއް ބޮޑުވެގެން.އަދި ގޮސް އެއްވަރެއްގައި ހިފެހެއްޓިފަ ހުންނަނީ.އެހެންވީމާ އިންސުއަރެންސް އާ ޝިޕިންގ ޗާޖަސް އާ އަދި ފްރައިޓް ކޯސްޓަށް މިއައި ބަދަލުތަކަކީ އަޅުގަނޑުމެންނަށް ވެސް ހަމަ އަންނާނެ ބަދަލުތަކެއް.އެހެންވީމަ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުއުފުލިގެން ދާ ދިޔުމަކީ ސަރުކާރަށް ކޮންޓްރޯލްކުރެވޭނެ ކަމެއްނޫން. ހެންނަމަވެސް ރާއްޖެއަށް އާންމުކޮށް އެތެރެކުރާ އެއްވެސް ބާވަތެއްގެ މުދަލެއް ރާއްޖޭން ނުލިބި ނުދާނެ ކަމުގެ ޔަޤީންކަންދެން" މިނިސްޓަރ މުހައްމަދު ސައީދު

މީގެއިތުރުން ސަރުކާރާ ހަވާލުވިއިރު ރާއްޖޭގެ ފޮރިންގ އެކްސްޗޭންޖްގެ ތެރޭގައި އުފެދިފައިހުި ނުތަނަވަސްކަމަށް މިހާރު ވާނީ އެދެވިގެންވާ ހައްލެއް ގެނެސްފައި ކަމަށް ވެސް މިނިސްޓަރު ސައީދު ވިދާޅުވިއެވެ. މީގެއިތުރުން މިނިސްޓަރު ވިދާޅުވީ، ހޯރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން 88% އާ 100% އާ ދެމެދުގެ ބްލޮކޭޖެއް އައިސްފައިވާ ކަމަށެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުއުފުލިގެންދިޔުމަކީ ސަރުކާރަށް ކޮންޓްރޯލްކުރެވޭނެ ކަމެއްނޫން:މިނިސްޓަރ ސައީދުޚަބަރު | 3 ގަޑިއިރު ކުރިން