logo
Bank of Maldives

Bank of Maldives

ޚަބަރު

އަޅުގަނޑުމެންވެސް މިދިޔަ ސަރުކާރުގައި މަޝްވަރާގެ މޭޒަށް އައުމަށް އެދުނިން، އަޑު އިވުނުތޯ؟ : މިނިސްޓަރު ސައީދު

އައިޝަތު އިނާޝާ
24 އޭޕްރީލު 2026 - 06:04
އަޅުގަނޑުމެންވެސް މިދިޔަ ސަރުކާރުގައި މަޝްވަރާގެ މޭޒަށް އައުމަށް އެދުނިން، އަޑު އިވުނުތޯ؟ : މިނިސްޓަރު ސައީދު

ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި، މިހާރު ސަރުކާރު ހިންގާ ޕީއެންސީ އިދިކޮޅުގައި އޮވެ، އެތައް ކަމަކާ ގުޅިގެން މަޝްވަރާގެ މޭޒަށް އައުމަށް އެދުނު ކަމަށާއި އޭރު ބޭފުޅުންނަށް އަޑު އިވުނުތޯ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ސުވާލުކުރައްވައިފިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުހައްމަދު މުއިއްޒު އެމްޑީޕީއާއެކު މަޝްވަރާގެ މޭޒު ދޮށަށް ވަޑައިގެންނެވުމަށް އެދިވަޑައިގެންފައެވެ. އަދި އެމަނިކުފާނު މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަންދެން އެމްޑީޕީން ކޮންމެ ރެއަކު ބާއްވާ ސިލްސިލާ އިހުތިޖާޖުކުރުމުގައި ދެމިތިއްބަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިނިސްޓަރު ސައީދު ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި ޕީއެންސީ އިދިކޮޅުގައި އޮވެ، އެބޭފުޅުންވެސް މަޝްވަރާ ކުރުމަށް އެދުނު ކަމަށާއި ނަމަވެސް އޭރުގެ ސަރުކާރުން މަޝްވަރާގެ މޭޒަށް އައުމަށް ދެކޮޅު ހެއްދެވި ކަމަށެވެ.

އަޅުގަޑުމެން އިދިކޮޅުގައި އޮތް އިރުގައި، ފުލުހުން ފޮނުވައިގެން އަޅުގަޑުމެންގެ ޕާޓީގެ ދޮރުގައި ތަންޑު އަޅުވައިގެން ތިބީ ކޮންބައެއްތޯ؟ ތިބޭފުޅުންގެ ހިތްޕުޅަށް އަސަރެއް ނުކުރޭތޯ؟ މިކަމަށް އަމުރު ކުރީ މިއަދު އިދިކޮޅުގައި ތިބި ބޭފުޅުންނޭ! : މިނިސްޓަރު ސައީދު

އޭރުގެ އިދިކޮޅު ލީޑަރު 5 އަހަރު ވަންދެން ޖަލުގައި ގެންގުޅުނީ، އަޅުގަނޑުމެން ބުނިން މަޝްވަރާކޮށްލަން، އަޑު އިވުނުތޯ؟ ބަހެއް އެހި މީހަކު ހުރިތޯ؟

މިނިސްޓަރު ވަނީ އެމްޑީޕީ ސަރުކާރުގައި ރާއްޖޭގެ ކަނޑުން ބޮޑު ބައެއް އެއްވެސް ބަޔަކާ އެއްވެސް މަޝްވަރާ ކުރުމެއް ނެތި ވިއްކާލި ކަމަށާއި މަޝްވަރާ ކުރުމަށް އެދުމުން މަޝްވަރާގެ މޭޒަށް އައިތޯ ސުވާލު ކުރައްވާފައެވެ. މިދިޔަ ސަރުކާރުގައި ފެނިގެންދިޔައީ ކޮވިޑް-19ގެ ދަތި އުނދަގޫ ދުވަސްވަރު ވެސް އޭރުގެ ރައީސުލްޖުމްހޫރިއްޔާ "ރި އެކްޓް" ނުކޮށް ހުންނެވި މަންޒަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވަރަށް ގާތް ބޭފުޅުން ވިދާާޅުވަމުންގެންދެވި އޭރުގެ ރައީސް ކަންކަމަކާ " ރި އެކްޓް " ނުކުރައްވާނެއޭ! ފެނިގެންދިޔައީ ޗާޕު މެޝިނަކާއި ކަރުދާހާ ވައްދައިގެން ފައިސާ ޗާޕު ކުރި މަންޒަރު! : މިނިސްޓަރު ސައީދު

މިދިޔަ ސަރުކާރުގައި 8000 ބިލިއަން ޗާޕު ކުރިކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާަޅުވީ އެ ފައިސާ ޗާޕު ކުރީ އޭރު އެބޭފުޅުންގެ އަތުގައި އޮތް މަޖިލީހުގެ މެޖޯރިޓީ ބޭނުންކޮށްގެން ގާނޫނު ތަޅުލާފައި ކަމަށެވެ.

އޭރު އިދިކޮޅުގައި އޮތް އަޅުގަނޑުމެން ޕީއެންސީގެ 6 ވަރަކަށް މެންބަރުގެ އަނގައިގައި ޓޭޕު އަޅާފައި، އަތް ފައި ލޮކޮ އަޅުވާފައި، ޕާޓީގެ ދޮރުގައި ތަޅުއަޅާފައި އެބޭފުޅުން އެކަން ކުރީ: މިނިސްޓަރު ސައީދު

މިނިސްޓަރު ވިދާޅުވިގޮތުގައި ދުނިއޭގެ މާލީ އިދާރާތަކާ ވެސް ދެކޮޅަށް އެބޭފޫޅުން ފައިސާ ޗާޕު ކުރީ އިންތިހާބާ ދިމާކޮށް ވޯޓު ހޯދުމަށް ކަމަށެވެ. އަދި މިއަދު ދިވެހި ރައްޔިތުން ތަހައްމަލު ކުރަމުންދާ ނިކަމެތިކަމަކީ މިދިޔަ ސަރުކާރުގައި އެމްޑީޕީ ބޭފުޅުން މިގޮތައް ކުރި އެތައް ކަމެއްގެ ނަތީޖާ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަޅުގަނޑުމެންވެސް މިދިޔަ ސަރުކާރުގައި މަޝްވަރާގެ މޭޒަށް އައުމަށް އެދުނިން، އަޑު އިވުނުތޯ؟ : މިނިސްޓަރު ސައީދުޚަބަރު | 3 ގަޑިއިރު ކުރިންދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުއުފުލިގެންދިޔުމަކީ ސަރުކާރަށް ކޮންޓްރޯލްކުރެވޭނެ ކަމެއްނޫން:މިނިސްޓަރ ސައީދުޚަބަރު | 5 ދުވަސް ކުރިން