logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހީން ބާނާ ކަނޑުމަސް ޗައިނާގެ ސީޗުއަންއަށް އެކްސްޕޯޓްކުރުމަށް މަޝްވަރާކޮށްފި

ޒިދާން މުޙައްމަދު
24 އޭޕްރީލު 2026 - 18:32
ދިވެހީން ބާނާ ކަނޑުމަސް ޗައިނާގެ ސީޗުއަންއަށް އެކްސްޕޯޓްކުރުމަށް މަޝްވަރާކޮށްފި

ދިވެހީން ބާނާ ކަނޑުމަސް ޗައިނާގެ ސީޗުއަންއަށް އެކްސްޕޯޓްކުރުމަށް މަޝްވަރާކޮށްފިއެވެ.

މިކަމާ ގުޅޭ މަޝްވަރާތައް ކުރިއަށްގެންދިޔައީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގައި ޗައިނާގެ ސީޗުއަން ޕްރޮވިންސްގެ މަތީ ފަންތީގެ ވަފުދަކާއެކު ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުކުރެއްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑައިގެންނެވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދުއެވެ. ޗައިނާގެ ވަފުދުގައި އިސްކޮށް ބައިވެރިވެވަޑައިގަތީ ސީޗުއަންގެ ވައިސް ގަވަރުނަރު ރެން ޖިންޑޮންގްއެވެ. މީގެ އިތުރުން ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ ވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ ދެ ގައުމުގެ ދެމެދުގައި ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ (އެފްޓީއޭ) ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހިފައި، ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ޗައިނާގެ ބޮޑު މާކެޓަކުން ޖާގަ ހޯދުމެވެ.

މިނިސްޓަރ ސައީދު ވިދާޅުވި ގޮތުގައި، މި މަޝްވަރާތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ދެ ގައުމުގެ ލީޑަރުން އެއްބަސްވެވަޑައިގަންނަވާފައިވާ ކަންކަން ތަންފީޒުކުރުމަށް ކުރެވޭ މަސައްކަތެކެވެ. ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި، އެކްސްޕޯޓް އިތުރުކުރުމުގެ އިތުރުން، ޗައިނާގެ އިންވެސްޓްމަންޓްތައް ރާއްޖެއަށް ގެނައުމާ ގުޅޭގޮތުން ވެސް ބިނާކުރަނިވި ވާހަކަތަކެއް ވަނީ ދައްކަވާފައެވެ. މިނިސްޓަރ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ތަރައްގީގެ މުހިންމު ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޗައިނާ އޮތީ ތައްޔާރަށެވެ.

ޗައިނާގެ ސަފީރު ކޮންގް ޒިއަންހުއާ ވިދާޅުވި ގޮތުގައި، ސީޗުއަން ޕްރޮވިންސަކީ ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތަކަށް ފުރުސަތު ބޮޑު ސަރަހައްދެކެވެ. މަސްވެރިކަމުގެ އިތުރުން ދަނޑުވެރިކަމާއި ސިނާއީ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމަށާއި، ސީޗުއަންގެ ކުންފުނިތަކުން ރާއްޖޭގެ އިގްތިސާދީ މަޝްރޫއުތަކުގައި އިންވެސްޓްކުރުމަށް ޝައުގުވެރިކަން ހުރިކަން ސަފީރު ފާހަގަކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހީން ބާނާ ކަނޑުމަސް ޗައިނާގެ ސީޗުއަންއަށް އެކްސްޕޯޓްކުރުމަށް މަޝްވަރާކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންއަޅުގަނޑުމެންވެސް މިދިޔަ ސަރުކާރުގައި މަޝްވަރާގެ މޭޒަށް އައުމަށް އެދުނިން، އަޑު އިވުނުތޯ؟ : މިނިސްޓަރު ސައީދުޚަބަރު | 14 ގަޑިއިރު ކުރިންދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުއުފުލިގެންދިޔުމަކީ ސަރުކާރަށް ކޮންޓްރޯލްކުރެވޭނެ ކަމެއްނޫން:މިނިސްޓަރ ސައީދުޚަބަރު | 5 ދުވަސް ކުރިން