މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026" ފަށައިފި
5 އޮކްޓޯބަރު 2026 - 08:29

ވިލާ ނޯޓިކާގައި އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުހައްމަދު ސައީދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މިރަސްމިއްޔާތުގައި ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު، އޮނަރަބަލް ގީލާ އަލީގެ އިތުރުން ދައުލަތުގެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވަޑައިގަތެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވަނީ ރާއްޖޭގެ ޢިޤްތިސާދުގައި އެމް.ޕީ.އެލް އިން އަދާކުރާ މުހިންމު ދައުރަށް އަޅިއަޅުއްވާފައެވެ. އަދި ބަނދަރުގެ ހިދުމަތް ފޯރުކޮށްދިނުމަށް އެމް.ޕީ.އެލްގެ މެނޭޖްމަންޓާއި މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވައި، އެމް.ޕީ.އެލްގެ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވިއެވެ.
މޯލްޑިވްސް މެރިޓައިމް ކޮންފަރެންސަކީ މެރިޓައިމް ދާއިރާގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރުންނާއި، ސްޓޭކްހޯލްޑަރުންނާއި، ދާއިރާއާ ގުޅުންހުރި ފަރާތްތައް އެއްތަނަކުން ބައްދަލުކޮށް، ދާއިރާގެ ކުރިއެރުމާ ގުޅޭގޮތުން މަޝްވަރާކޮށް، ޚިޔާލު ބަދަލުކުރުމުގެ ގޮތުން ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސެކެވެ. މި އަހަރުގެ މެރިޓައިމް ކޮންފަރެންސްގައި ޖުމްލަ 200 ފަރާތަކުން ބައިވެރިވެއެވެ.
މިކޮންފެރެންސްގައި މުހިންމު ފަސް ދާއިރާއަކަށް ކޮންފަރެންސްގައި މަޝްވަރާކޮށް، ހިޔާލު ބަދަލުކުރާނެއެވެ.
މި ކޮންފަރެންސްގެ ސްޕީކަރުންގެ ގޮތުގައި މެރިޓައިމްގެ ދާއިރާގެ ބައިނަލްއަޤްވާމީ އަދި ދިވެހިރާއްޖޭގެ ތަޖުރިބާކާރުން ބައިވެރިވެއެވެ.

-01.jpg&w=3840&q=75)
