logo
Bank of Maldives

Bank of Maldives

ޚަބަރު

ނަޝީދާއި ފައްޔާޒު ބޭނުންފުޅުވީ ދައުލަތުގެ ވެރިޔާއާއި ސަރުކާރުގެ ވެރިޔާ ވަކިކުރަން!

އައިޝަތު ނަޝާ
19 އޭޕްރީލު 2026 - 15:08
ނަޝީދާއި ފައްޔާޒު ބޭނުންފުޅުވީ ދައުލަތުގެ ވެރިޔާއާއި ސަރުކާރުގެ ވެރިޔާ ވަކިކުރަން!

ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރުގެ ވެރިޔާއަކީ ތަފާތު ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުން ހިމެނޭހެން، ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާޢީލް ގާނޫނުއަސާސީއަށާއި ވެރިކަން ހިންގުމުގެ ނިޒާމަށް ގެންނަން ފެނިވަޑައިގަންނަވާ ބޮޑެތި ބަދަލުތަކެއް މިއަދު ހުށަހަޅުއްވައިފިއެވެ.

ބޮޑު ބަދަލު" ގެ ނަމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފައްޔާޒާއި ރައީސް ނަޝީދު ވަނީ ގާނޫނުއަސާސީއަށާއި، ވެރިކަމުގެ ވައްޓަފާޅިއަށާއި، ރައްޔިތުންގެ މަޖިލީހަށާއި، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށާއި، އިގުތިޞާދީ ފުދުންތެރިކަން އިތުރުކުރުމަށް ގެންނަން ފެނިވަޑައިގަންނަވާ ބަދަލުތައް ހުށަހަޅުއްވައިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ބަދަލުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެއް ބަދަލަކީ ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރުގެ ވެރިޔާއަކީ ތަފާތު ދެ މަގާމެއްގެ ގޮތުގައި ކަނޑައެޅުމެވެ. އޭގެ އިތުރުން ސަރުކާރުގެ ވެރިޔާ މަޖިލީހަށް ޖަވާބުދާރީކުރުވޭނެ ގޮތަކަށް ނިޒާމު ބައްޓަންކުރުމާއި، ދައުލަތުގެ ވެރިޔާއަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ކަނޑައެޅުން ހިމެނެއެވެ.

މި ބަދަލުތައް ތަފުސީލުކޮށްދެއްވަމުން ފައްޔާޒް ވަނީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމުގައި އަބަދުވެސް މައްސަލަ އުޅޭ ވާހަކަ ދެކެވޭކަން ފާހަގަކުރައްވައިފައެވެ. ރައީސުލްޖުމްހޫރިއްޔާ އަކީ އަބަދުވެސް މަޖިލީހަށް ޖަވާބުދާރީކުރުވަނިވި ބޭފުޅަކަށް ވާންޖެހޭކަމަށް ވާހަކަދެކެވޭކަން ވެސް ފައްޔާޒް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ދައުލަތުގެ ވެރިޔާގެ މަގާމު ބައްޓަންކުރެވިފައި އޮންނަން ވާނީ ސިޔާސީ ކަންކަމުން އެއްކިބާވެފައި ހުންނަ، ގައުމުގެ މުހިންމު ކަންކަމުގައި ބަސް ކިޔައި، ކަންކަންކުރާ ގޮތަށެވެ. އަދި ޚާއްސަކޮށް ރައްޔިތުންގެ ބާރުވެރިކަން، ގާނޫނުއަސާސީގެ ބާރުވެރިކަން ހިމާޔަތްކުރުމުގެ ރޯލެއް ދައުލަތުގެ ވެރިޔާއަށް އޮތުމަކީ ރަނގަޅު ބަދަލަކަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.އަދި ދައުލަތުގެ ވެރިފަރާތް އައްޔަންކުރާނީ ކައުންސިލާއި މަޖިލީހުން އެކުވެގެން ކަމަށްވެސް، ފައްޔާޒް ވިދާޅުވިއެވެ.

ގާނޫނުއަސާސީއަށް ފައްޔާޒާއި ނަޝީދުގެ ފަރާތުން ހުށަހެޅުއްވި ބަދަލުތަކުގެ ތެރޭ ހިމެނެނީ، މިނިވަން މުއައްސަސާތައް ޒިންމާދާރުކުރުވަން އޯވަސައިޓް ކޮމިޝަނެއް ގާއިމްކުރުމާއި، އާންމު ވޯޓަކުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރެވޭނެ ގޮތް ހެދުމާއި، ބޮޑެތި އަދި މުހިއްމު ބަދަލުތައް ކައުންސިލަރުންނާއި މަޖިލިސް އެކުވެގެން ގެނެވޭ ގޮތަށް ހެދުމެވެ.

ފައްޔާޒް ވިދާޅުވީ، ގާނޫނުއަސާސީ ތަފްސީލުކޮށްދީފައި ނެތުމުން، ގާނޫނުތަކާއި ޑިމޮކްރަސީ ގަބޫލުނުކުރާ، ގައުމަށް އިޚުލާސްތެރިނޫން ވެރިންނަށް، ރައްޔިތުންގެ ހައްގުތައް ބަދަލުކުރުމުގެ ފުރުސަތު ލިބޭ ކަމަށެވެ.

މީގެ އިތުރުން، މަޖިލީހުގެ އަދަދު ހިފަހައްޓައި އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމަށާއި، އަންހެނުންނަށް މަޖިލީހުން ފުރުސަތު ފަހިކޮށްދިނުމާއި، މެންބަރުން ވަކިކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމަށްވެސް، ދެ ބޭފުޅުންގެ ފަރާތުން ހުށަހެޅުއްވިއެވެ.

އަދި އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓުތައް އިތުރުކުރުމަށާއި، ދައުލަތުގެ އެންމެ މަތީ ވެރިޔާ ވަކިކުރުމުގެ ބާރު ސީދާ ރައްޔިތުންނަށް ދިނުމާއި، ގުދުރަތީ ވަސީލަތްތައް ފަނާކޮށް ދައުލަތުން ކުރަމުންދާ އިސްރާފު ހުއްޓުވުމާއި، ދައުލަތުން ވިޔަފާރިތަކާއެކު އެކުލަވައިލާ އެއްބަސްވުންތަކާ އެއްގޮތަށް އަމަލުކުރާކަން ކަށަވަރުކުރުން، މި ބަދަލުތަކުގެ ތެރޭ ހިމެނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަޝީދާއި ފައްޔާޒު ބޭނުންފުޅުވީ ދައުލަތުގެ ވެރިޔާއާއި ސަރުކާރުގެ ވެރިޔާ ވަކިކުރަން!ޚަބަރު | 2 ގަޑިއިރު ކުރިންނަޝީދަށް އީރާނުން ވަރުގަދަ ރައްދެއް!ޚަބަރު | 3 މަސް ކުރިންއެމްޑީޕީގެ ޗެއަރޕާރސަން ފައްޔާޒު އިސްތިއުފާ ދެއްވައިފިޚަބަރު | 5 މަސް ކުރިންފައްޔާޒު އޭސީސީއަށް ހާޒިރުކުރަނީ ޚަބަރު | 6 މަސް ކުރިން