logo
Bank of Maldives

Bank of Maldives

ޚަބަރު

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ އަންނަ ހޮނިހިރު ދުވަހު

އައިޝަތު އިނާޝާ
20 އޭޕްރީލު 2026 - 04:06
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ އަންނަ ހޮނިހިރު ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.

އެ ޕާޓީން މިއަދު ބުނީ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރަން ހުޅުވާލި ފުރުސަތުގައި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ފުރިހަމަވަނީ އެ ދާއިރާގެ މެމްބަރު ކަމުގައި ކުރިން ހުންނެވި މުހައްމަދު ސިނާނާއި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އަށް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕީއެންސީން ބުނިގޮތުގައި ޕްރައިމަރީ އޮންނާނީ އަންނަ ހޮނިހިރު ދުވަހު ހެނދުނު 9:00 އިން ހަވީރު 4:00 އަށެެވެ. މި ޕްރައިމަރީގައި ވޯޓުލެވޭނީ އިންތިހާބުގައި ވޯޓުލުމަށް ހިތަދޫ އުތުރު ދާއިރާ އަދި ވެރިރަށް މާލޭގައި ޕާޓީގެ ފަރާތުން ބަހައްޓާ ވޯޓު ފޮށިތަކުގައި ކަމަށް ޕީއެންސީން ބުނެފައިވެއެވެ.

އެ ޕާޓީން ބުނިގޮތުގައި ޕްރައިމަރީގެ އެންމެހާ ކަންކަން ރާވައި ހިންގާނީ އިންތިހާބާ ބެހޭ ކޮމިޓީންނެވެ. އަދި ޕްރައިމަރީ ބޭއްވުމަށް ބޭނުންވާ އިންތިޒާމުތަކާއި އަމަލު ކުރަން ޖެހޭ އުސޫލުތައް ކޮމިޓީގެ ފަރާތުން އިއުލާން ކުރާނެއެވެ.

ހުސްވެފައިވާ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ޕީއެންސީއިން ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވާއިރު އެމްޑީޕީގެ ޓިކެޓު ޢަބްދުﷲ ޞާދިޤަށް ވަނީ ޕްރައިމަރީއަކާ ނުލާ ކަށަވަރުވެފައެވެ. އެއީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ހުޅުވާލެވުނު މުއްދަތު ހަމަވިއިރު ކުރިމަތިލާފަވާނީ، އޭނާ އެކަނިކަމަށް ވާތީއެވެ.

މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ ސިނާންގެ މެމްބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މި މަހުގެ 12 ގައި ހުކުމް ކުރުމުންނެވެ. އެ ދާއިރާގެ ބައިއިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ ހުޅުވާލާފައެވެ. މި ފުރުސަތު ހުޅުވާލީ، މި މަހުގެ 29ވާ ބުދަ ދުވަހުގެ މެންދުރު 3:00 އާ ހަމައަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ އަންނަ ހޮނިހިރު ދުވަހުޚަބަރު | 2 ގަޑިއިރު ކުރިންޕީއެންސީގެ އެސްޖީ އަކަށް ފަތުހީ ހަމަޖައްސައިފިޚަބަރު | 3 ގަޑިއިރު ކުރިންއިންތިހާބުގެ ދާއިމީ ނަތީޖާ: ޕީއެންސީއަށް 584 ގޮނޑި، އެމްޑީޕީއަށް 563 ގޮނޑިޚަބަރު | 19 ގަޑިއިރު ކުރިންކައުންސިލް އަދި ޑަބްލިޔުޑީސީ އިންތިޚާބުގެ ދެވަނަ ބުރުން ވެސް ކުރި ހޯދީ ޕީއެންސީޚަބަރު | ދުވަހެއް ކުރިން