logo
Bank of Maldives

Bank of Maldives

ޚަބަރު

ހިތަދޫ އުތުރު ޕީއެންސީގެ ޕްރައިމަރީގައި 727 މެމްބަރުން ވޯޓު ލާނެ

މުހައްމަދު މޫސާމުހައްމަދު މޫސާ
21 އޭޕްރީލު 2026 - 16:39
ޕީއެންސީގެ ''ދިވެހީންގެ ރާއްޖެ'' ބޮޑު ޖަލްސާގެ ތެރެއިން، ފޮޓޯ: ޕީއެންސީ
ޕީއެންސީގެ ''ދިވެހީންގެ ރާއްޖެ'' ބޮޑު ޖަލްސާގެ ތެރެއިން، ފޮޓޯ: ޕީއެންސީ

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާ ޕްރައިމަރީގައި ވޯޓުލުމުގެ ފުރުސަތު 727 މެމްބަރުންނަށް ލިބިގެންވާ ކަމަށް އެ ޕާޓީން މިއަދު ހާމަކޮށްފިއެވެ.

މި ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ހޮނިހިރު ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕީއެންސީން ބުނި ގޮތުގައި ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. ވޯޓުލުމަށްޓަކައި ހިތަދޫ އުތުރު ދާއިރާގެ އިތުރުން މާލޭގައި ވެސް ވޯޓުފޮށި ބެހެއްޓުމަށް ވަނީ ނިންމާފައެވެ.

ވޯޓުލާ މީހުން ރަޖިސްޓަރީ ކުރެވިފައިވާ ގޮތަށް ބަލާއިރު، މި މަހުގެ ހަތަރު ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ހިތަދު އަށް ވޯޓުލާން ރަޖިސްޓަރީ ކުރި މީހުންނަށް ވޯޓުލެވޭނީ ހިތަދޫގައި ބަހައްޓާ ފޮށިތަކަށެވެ. އަދި މާލެ އާއި އެހެނިހެން ރަށްރަށުގައި ވޯޓުލާން ރަޖިސްޓަރީކުރި މީހުންނަށް ވޯޓުލެވޭނީ މާލޭގައި ބަހައްޓާ ފޮށިތަކަށް ކަމަށް އެ ޕާޓީން މައުލޫމާތު ދެއެވެ.

މި ޕްރައިމަރީގައި ވާދަކުރައްވަނީ ދެ ކެންޑިޑޭޓުންނެވެ. އެއީ ރައްޔިތުންގެ މަޖިލިހުގެ އެ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ސިނާނާއި، ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އެވެ. ޕްރައިމަރީއަށް ކުރިމަތިލުމުގެ މުއްދަތު ހަމަވީ މިދިޔަ އާދިއްތަ ދުވަހުއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިތަދޫ އުތުރު ޕީއެންސީގެ ޕްރައިމަރީގައި 727 މެމްބަރުން ވޯޓު ލާނެޚަބަރު | 2 ގަޑިއިރު ކުރިންހިތަދޫ އުތުުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ އަންނަ ހޮނިހިރު ދުވަހު ބާއްވަނީ ޚަބަރު | 14 ގަޑިއިރު ކުރިންހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ އަންނަ ހޮނިހިރު ދުވަހުޚަބަރު | 2 ދުވަސް ކުރިންޕީއެންސީގެ އެސްޖީ އަކަށް ފަތުހީ ހަމަޖައްސައިފިޚަބަރު | 2 ދުވަސް ކުރިން