logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޓައިޓޭނިކް އަޑިޔަށްދިޔަފަހުން ޗެލްސީ ފުރަތަމަ ފަހަރަށް ޖެހިޖެހިގެން 5 މެޗުން ގޯލެއް ނުޖެހި ބަލިވެއްޖެ

އަބްދުﷲ ޣާނިމް
22 އޭޕްރީލު 2026 - 03:03
ޓައިޓޭނިކް އަޑިޔަށްދިޔަފަހުން ޗެލްސީ ފުރަތަމަ ފަހަރަށް ޖެހިޖެހިގެން 5 މެޗުން ގޯލެއް ނުޖެހި ބަލިވެއްޖެ

1912 ވަނަ އަހަރުގައި ޓައިޓޭނިކް އަޑިޔަށް ދިޔަފަހުން ޗެލްސީ އިނގިރޭސި ލީގުގައ ފުރަތަމަ ފަހަރަށް ޖެހިޖެހިގެން 5 މެޗުން ގޯލެއް ނުޖެހި ބަލިވެއްޖެއެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ބްރައިޓަން އަތުން 3-0 އިން ބަލިވެ، ލިއަމް ރޮސީނިއޯގެ އިރުޝާދުގެ ދަށުން ކުޅޭ ޗެލްސީ ތާވަލުގެ ގަދަ ހައެއްގެ ބޭރަށް ވެއްޓި އަންނަ ސީޒަނުގައި ޔޫރަޕުގެ ޖާގައެއް ހޯދުމަށް ކުރަމުންގެންދާ މަސައްކަތަށް އިތުރު ހުރަހެއް ވަނީ ކުރިމަތިވެފައެވެ. ރޭގެ މެޗުގައި ޗެލްސީއަށް ބްރައިޓަންގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއް ނުވެއެވެ. މި ނަތީޖާއާއެކު ބްރައިޓަން ވަނީ ޗެލްސީ ފަހަތަށް ޖައްސާލުމަށްފަހު ތާވަލުގެ ހަވަނަ މަގާމަށް ކުރިއަށް ޖެހިލާފައެވެ.

ބްރައިޓަންގެ އެމެރިކަން އެކްސްޕްރެސް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އެ ޓީމުން ވަނީ މުޅި މެޗު ކޮންޓްރޯލްކޮށްފައެވެ. މެޗުގެ ތިންވަނަ މިނެޓުގައި ބްރައިޓަންއަށް ލީޑު ނަގައިދިނީ ފާޑީ ކަޑިއޮގްލޫއެވެ. މިއީ އެ ޓީމުގެ ކައޯރޫ މިޓޯމާ ފޮނުވާލި ހަމަލާއަކުން ލިބުނު ކޯނަރެއްގެ ބޭނުން ހިފައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑު ވަނީ ޗެލްސީގެ ވެސްލީ ފޮފާނާގެ ގައިގައި ޖެހިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ 56 ވަނަ މިނެޓުގައި ބްރައިޓަންގެ ދެވަނަ ލަނޑު ޖަހައިދިނީ ޖެކް ހިންޝެލްވުޑްއެވެ. އޭނާ މި ލަނޑު ކާމިޔާބުކުރީ ޖޯޖީނިއޯ ރަޓާ ދިން ރީތި ޕާހަކުންނެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޑެނީ ވެލްބެކް ވަނީ ބްރައިޓަންގެ ތިންވަނަ ލަނޑު ޖަހައި މެޗުގެ ނަތީޖާ ކަށަވަރުކޮށްދީފައެވެ.

 

ޗެލްސީ މިހާރު އޮތީ ތާވަލުގެ ހަތްވަނައިގައި ލިބުނު ބައްޔާއެކުގައެވެ. ގަދަ ހަތަރަކަށް އަރައި ޗެމްޕިއަންސް ލީގުގެ ފުރުސަތު ހޯދުމަށް އެ ޓީމަށް އޮތް އުންމީދު މިހާރު ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ. ފަސްވަނައިގައި އޮތް ލިވަޕޫލާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް އޮތްއިރު، ޗެލްސީއަށް ބާކީ އޮތީ އެންމެ ހަތަރު މެޗެވެ.

އަނެއްކޮޅުން ބްރައިޓަން ވަނީ މި މޮޅާއެކު ޔޫރަޕުގެ މުބާރާތަކުން ޖާގަ ހޯދުމުގެ އުންމީދު އާކޮށްފައެވެ. އެ ޓީމު މިހާރު އޮތީ ޗެލްސީއަށްވުރެ ދެ ޕޮއިންޓު ކުރީގައެވެ. ބް

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޓައިޓޭނިކް އަޑިޔަށްދިޔަފަހުން ޗެލްސީ ފުރަތަމަ ފަހަރަށް ޖެހިޖެހިގެން 5 މެޗުން ގޯލެއް ނުޖެހި ބަލިވެއްޖެކުޅިވަރު | ގަޑިއިރެއް ކުރިންވޯލްޑް ޗެންޕިއަން ޗެލްސީ ބަލިކޮށް ޔުނައިޓެޑުން އަންނަ ސީޒަނުގެ ޗެންޕިއަންސް ލީގުގެ ޖާގައެއް ކަށަވަރުކުރުމާއި ގާތަށްކުޅިވަރު | 3 ދުވަސް ކުރިންއާސެނަލް ސަޕޯޓަރުންސަޕޯރޓްކުރިނަމަވެސް ޗެލްސީއިން ބުނީ ނޫނެކޭ، ސިޓީއަށް ފަސޭހަކަމާއެކު މެޗުދީފިކުޅިވަރު | 9 ދުވަސް ކުރިންޗެލްސީ ޖެހިޖެހިގެން ހަތަރު މެޗުން ބަލިވުމުގެ ހުރިހާ ރުޅިގަނޑެއް ތިންވަނަ ޑިވިޝަނުގެ ރެލިގޭޝަން ކުލަބަކަށްކުޅިވަރު | 17 ދުވަސް ކުރިން