ޗެލްސީގެ ކޯޗުކަން އެލަންސޯއަށް ހަވާލުކޮށް މިއަދު އެކަން އިޢުލާންކުރަނީ
16 މޭ 2026 - 22:02

ޗެލްސީގެ އައު ހެޑް ކޯޗުގެ މަގާމަށް ޒަބީ އޮލޮންސޯ އައްޔަންކުރިކަންމިއަދު އެ ކްލަބުން ރަސްމީކޮށް އިއުލާން ކުރާނެކަމަށް ރިޕޯޓްތައްބުނަންފަށައިފިއެވެ.
މިދިޔަ ޖެނުއަރީ މަހު ރެއާލް މެޑްރިޑުން ވަކިވި ފަހުން އެއްވެސް ކްލަބަކާ ހަވާލުނުވެ ހުރި އޮލޮންސޯއާއެކު ޗެލްސީން މިހާރު ވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމަކަށް އައިސްފައެވެ. މިއީ ބްލޫކޯ އޭރާގައި އެ ކްލަބުގެ ނިންމުންތައް ނިންމުމުގައި ކޯޗަކަށް އެންމެ ބޮޑު ބާރެއް ލިބިގެންދާނެ ފަހަރު ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

Ad by Hajj Corporation
އޮލޮންސޯއަށް ކްލަބުގެ ނިންމުންތަކުގައި މުހިންމު ދައުރެއް ދިނުމަށް ހަމަޖެހިފައިވީ ނަމަވެސް، ކްލަބުގެ މިހާރުގެ އޮނިގަނޑަށް ބޮޑު ބަދަލެއް އަންނާނެ ކަމަކަށް ނުބެލެވެއެވެ. "އޮލޮންސޯއަށް ކްލަބުގެ ނިންމުންތައް ނިންމުމުގައި އޭނާގެ ކުރިން އެ މަގާމުގައި ތިބި ކޯޗުންނަށްވުރެ ބޮޑު އިސްކަމެއް ދެވޭނެ،" މެޓް ލޯ ފާހަގަކޮށްފައިވެއެވެ.
މިދިޔަ ސީޒަނުގައި އެއްވެސް ތައްޓެއް ނުލިބި ނިންމާލަން ޖެހުމާ ގުޅިގެން، ޗެލްސީން އަންނަނީ ކުރިއަށް އޮތް ސީޒަނަށް ޓީމު ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މަދުވެގެން ދެތިން ތަޖުރިބާކާރު ކުޅުންތެރިން ޓީމަށް ގެނައުމަށް އެ ކްލަބުން ވަނީ ރާވާފައެވެ.


