logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވޯލްޑް ޗެންޕިއަން ކަމުން ބޮޑު މަލާމާތަކަށް، އެއް އަހަރު ތެރޭގައި މޫސުން ބަދަލުވެ ސަޕޯޓަރުން ހިމޭންވެއްޖެ

އަބްދުﷲ ޣާނިމް
4 މޭ 2026 - 17:32
ވޯލްޑް ޗެންޕިއަން ކަމުން ބޮޑު މަލާމާތަކަށް، އެއް އަހަރު ތެރޭގައި މޫސުން ބަދަލުވެ ސަޕޯޓަރުން ހިމޭންވެއްޖެ

ކުރިޔަށް އޮތް ހަތަރު އަހަރަށް ވޯލްޑް ޗެންޕިއަންސް ބެޖު ޖޯޒީގައި ޖަހައިގެން އުޅޭނެ ޗެލްސީ ފުޓްބޯޅައިގެ މަލާމާތަކަށްވެއްޖެއެވެ. އެގޮތުން ޗެލްސީ ލީގުގައި އެންމެ ފަހުން ކުޅުނު 7 މެޗުން ބަލިވެފައިވާއިރު، އެޓީމަށް ޖެހިފައިވަނީ އެންމެ ގޯލެކެވެ. އަދި މިރޭ ވީ ބައްޔާއެކު އެޓީމަށް އަންނަ ސީޒަނުގެ ޗެންޕިއަންސް ލީގުން ޖާގައެއް ނުލިބޭނެކަން މިހާރުވަނީ ޔަޤީންވެފައެވެ. މިއީ މާލީ ބޮޑު އަނދަވަޅަކަށް ވެއްޓިފައިވާ ޗެލްސީއަށް ވަރަށް އުނދަގޫ ނަތީޖާއެކެވެ. އެގޮތުން 2024-25 ވަނަ އަހަރުގެ ސީޒަނުގައި ޗެލްސީ ފުޓްބޯޅަ ކްލަބަށް 342 މިލިއަން ފައުންޑްގެ ބޮޑު ގެއްލުމެއް ވެފައިވާކަން ޔޫއެފާގެ އެންމެ ފަހުގެ މާލީ ރިޕޯޓުން ވަނީ ހާމަވެފައެވެ. މިއީ އިނގިރޭސި ފުޓްބޯޅަ ކްލަބަކުން މިހާތަނަށް ރެކޯޑު ކުރެވުނު އެންމެ ބޮޑު މާލީ ގެއްލުމެވެ.

އެންމެ ފަހުން ލީގުގައި ޗެލްސީއަށް މޮޅެއް މީގެ ދެމަސްކުރިން ލިބިފައިވާއިރު، މިރޭގައި ޗެލްސީ ބަލިވެފައިވަނީ ރެލިގޭޝަނުން ސަލާމަތްވުމަށް މަސައްކަތް ކުރަމުންގެންދާ ނޮޓިންގްހަމް ފޮރެސްޓާއި ވާދަކޮށެވެ. ޗެލްސީގެ އަމިއްލަ ދަމޑުގައި ކުޅުނު މިމެޗު ފޮރެސްޓުން ކާމިޔާބުކުރީ 3-1 އިންނެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ނޮޓިންހަމް ފޮރެސްޓުން ޗެލްސީގެ މައްޗަށް 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ރެލިގޭޝަން ޒޯނާ ހަ ޕޮއިންޓް ދުރަށް ޖެހިލައިފިއެވެ. މި މޮޅާއެކު ފޮރެސްޓުން ވަނީ ބަލިނުވެ ހަތް މެޗު ހަމަކޮށް، ޖެހިޖެހިގެން ތިންވަނަ މޮޅު ހޯދާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މި މެޗު ފެށިގެން 97 ވަނަ ސިކުންތުގައި ޑިލޭން ބަކްވާ ނަގައިދިން ހުރަހަކުން އަވޮނިޔީ ވަނީ ބޮލުން ގޯލެއް ޖަހައި ފޮރެސްޓަށް ކުރިހޯދައިދީފައެވެ. މެޗުގެ 15 ވަނަ މިނެޓުގައި ޗެލްސީގެ މާލޯ ގުސްޓޯ، އަވޮނިޔީގެ ޖާޒީއަށް ދަމައި ފައުލްކުރުމުން ލިބުނު ޕެނަލްޓީއަކުން އިގޯ ޖީސަސް ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްފައެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީއަށް ފަރަގު ކުޑަކުރަން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، ކޯލް ޕާމާ ފޮނުވާލި ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. ދެވަނަ ހާފު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް، މޯގަން ގިބްސް-ވައިޓް ތަނަވަސްކޮށްދިން ފުރުސަތަކުން އަވޮނިޔީ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ފޮރެސްޓަށް ތިން ލަނޑުގެ ލީޑެއް ހޯދައިދީފައެވެ.

މެޗުގެ ފަހުކޮޅު ޗެލްސީގެ ޔާއޯ ޕެޑްރޯ ބޮލުން ޖެހި ލަނޑެއް އޮފްސައިޑް ކަމަށް ނިންމި ނަމަވެސް، އިތުރު ވަގުތުގެ ތެރޭގައި އޭނާ ވަނީ ރީތި ބައިސިކަލް ކިކަކުން ލަނޑެއް ޖަހައި ޗެލްސީގެ 634 މިނެޓުވީ ގޯލް ހުސްކަމަށް ނިމުމެއް ގެނެސްދީފައެވެ. ނަމަވެސް، މިއީ ލީގުގައި ޗެލްސީ ޖެހިޖެހިގެން ބަލިވި ހަވަނަ މެޗެވެ.
ކޮންމެއަކަސް ވޯލްޑް ޗެންޕިއަން ކަމުގެ ބެޖު މީގެ އެއްއަހަރު ކުރިން ހިފައިގެން މަގުމަށްޗަށް ނިކުތް ޗެލްސީގެ ސަޕޯޓަރުން މިހާރު ވަނީ ހިމޭންވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވޯލްޑް ޗެންޕިއަން ކަމުން ބޮޑު މަލާމާތަކަށް، އެއް އަހަރު ތެރޭގައި މޫސުން ބަދަލުވެ ސަޕޯޓަރުން ހިމޭންވެއްޖެކުޅިވަރު | 2 ގަޑިއިރު ކުރިންނިއުކާސަލް މޮޅުވެ ޗެލްސީއަށް ޔޫރަޕުގެ ޖާގައެއް ލިބުމާއި ގާތަށްކުޅިވަރު | 2 ދުވަސް ކުރިންބަލިވުމުގެ ރެކޯޑުތަކާއެކު ޗެލްސީގެ ކޯޗު ލިއަމް ރޮސީނިއޯއަށް 24 މިލިޔަން ދީފައި ކޯޗުކަމުން ވަކިކޮށްފިކުޅިވަރު | 12 ދުވަސް ކުރިންޓައިޓޭނިކް އަޑިޔަށްދިޔަފަހުން ޗެލްސީ ފުރަތަމަ ފަހަރަށް ޖެހިޖެހިގެން 5 މެޗުން ގޯލެއް ނުޖެހި ބަލިވެއްޖެކުޅިވަރު | 13 ދުވަސް ކުރިން