logo
MPL

MPL

ކުޅިވަރު

ޗެލްސީގެ ފެއިލްވެފައިވާ ޕްރޮޖެކްޓް ނަގާ ކޮޅަށްޖެހުމަށް ޒަބީ އެލަންސޯ ގެންނަނީ

އަބްދުﷲ ޣާނިމް
11 މޭ 2026 - 23:41
ޗެލްސީގެ ފެއިލްވެފައިވާ ޕްރޮޖެކްޓް ނަގާ ކޮޅަށްޖެހުމަSq ޒަބީ އެލަންސޯ ގެންނަނީ

ފާއިތުވެދިޔަ ތިން ސީޒަންތެރޭގައި ބިލިޔަނުން ޚަރަދުކޮށް މާބޮޑު ކާމިޔާބެއް ނިލިބިވާ އިނގިރޭސި ޕްރިމިއާ ލީގުގެ ކުލަބު ޗެލްސީގެ ކޯޗުކަމުގެ މަގާމަށް ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒަބީ އޮލޮންސޯ ގެނައުމަށް އެ ކްލަބުން މަސައްކަތް ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. ނޫސްވެރިޔާ ބެން ޖޭކޮބްސްއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޗެލްސީގެ ވެރިން (ބްލޫކޯ) އިން މިހާރު ވަނީ އޮލޮންސޯއާ ގުޅައި މަޝްވަރާތައް ފަށާފައެވެ.

ޗެލްސީގެ ކޯޗުކަމުގެ މަގާމު ހުސްވީ މިދިޔަ ޖެނުއަރީ މަހު އެންޒޯ މަރެސްކާ ވަކިވުމާ ގުޅިގެން އައްޔަންކުރި ލިއަމް ރޮސެނިއޯ މިދިޔަ އޭޕްރީލް މަހު މަގާމުން ވަކިކުރުމުންނެވެ. މިވަގުތު ޓީމުގެ އިންޓަރިމް ކޯޗެއްގެ ގޮތުގައި ހުރީ ކެލަމް މެކްފާލޭންއެވެ. ޒަބީ އޮލޮންސޯ އަކީ މިހާރު ޗެލްސީގެ ކޯޗުކަމަށް އެންމެ ބޮޑަށް ވާދަކުރާ އެއް ކެންޑިޑޭޓެވެ.

Ad by Hajj Corporation

Ad by Hajj Corporation

އޮލޮންސޯ އަކީ 2023/24 ވަނަ އަހަރުގެ ސީޒަނުގައި ބަޔާ ލެވަކޫސަނަށް ޖަރުމަނު ލީގު ކާމިޔާބުކޮށްދީފައިވާ ކޯޗެކެވެ. އޭނާ ރެއާލް މެޑްރިޑްގެ ކޯޗުކަމާ ހަވާލުވީ މިދިޔަ ސީޒަނުގެ ނިމުމުގައެވެ. ނަމަވެސް، މިއަހަރުގެ ޖެނުއަރީ މަހު އޭނާ ވަނީ އެ މަގާމުން ވަކިވެފައެވެ. އޮލޮންސޯއާ ބެހޭގޮތުން އިތުރަށް ދެކެވޭ ވާހަކައަކީ، މި ސީޒަން ނިމުމުން ލިވަޕޫލްގެ ކޯޗު އާން ސްލޮޓްގެ ބަދަލުގައި އޭނާ އެ ކްލަބާ ހަވާލުވެދާނެ ކަމުގެ އަޑުތަކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބްރެންޓްފޯްޑް އަތުންބަލިވެ ޗެލްސީ ތާވަލުގެ 7 ވަނައަށް ވެއްޓިއްޖެކުޅިވަރު | 17 ދުވަސް ކުރިންރޯޖާސް އަދި ޕާމާގެ މޮޅުކުޅުމާއެކު ފަހަތުން އަރައި ލީޑްސް ބަލިކޮށް ޗެލްސީ އިނގިރޭސި ލީގުކަޕްގެ ހަތަރުވަނަ ބުރަށްކުޅިވަރު | މަހެއް ކުރިންޕްރީމިއަރ ލީގުގެ ޗެންޕިއަން އާސެނަލުން ފަހަތުން އަރައި ވޯލްޑް ޗެންޕިއަން ޗެލްސީ ބަލިކޮށްފިކުޅިވަރު | މަހެއް ކުރިންޗެލްސީއިން ބޭނުންނުވެގެން އެއްލާލި ޖެކްސަން 65 މިލިޔަން ޕައުންޑަށް ވިލާއަށްކުޅިވަރު | މަހެއް ކުރިން